Roadha Mihaaru
އިންޑިއާގެ "ރަނުގެ މީހާ" މަރާލައިފި

އިންޑިއާގެ "ރަނުގެ މީހާ" މަރާލައިފި

16 ޖުލައި 2016

ޕޫނާ (ޖުލައި 16) - ދުނިޔޭގެ އެންމެ އަގު ބޮޑު ރަނުގެ ހެދުން ގަނެގެން "ރަނުގެ މީހާގެ" ގޮތުގައި އިންޑިއާގައި މަޝްހޫރުވި ދައްތާ ފާޖު މަރާލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ޕޫނާ (ޖުލައި 16) - ދުނިޔޭގެ އެންމެ އަގު ބޮޑު ރަނުގެ ހެދުން ގަނެގެން "ރަނުގެ މީހާގެ" ގޮތުގައި އިންޑިއާގައި މަޝްހޫރުވި ދައްތާ ފާޖު މަރާލައިފި ކަމަށް ފުލުހުން ބުނެފި އެވެ.

ފާޖް މަޝްހޫރުވީ 2013 ވަނަ އަހަރު ތިން ކިލޯގެ ރަނުން ހަދާފައިވާ ގަމީހެއް ގަތުމުންނެވެ. އެ ގަމީހުގެ އަގު 250،000 ޑޮލަރަށް އަރަ އެވެ.

ފުލުހުން ބުނީ ފާޖުގެ މަރާ ގުޅިގެން ސުވާލު ކުރުމަށް ހަތަރު މީހުން ހައްޔަރުކޮށްފައިވާ ކަމަށެވެ. ފުލުހުން ތުހުމަތު ކުރަނީ ފާޖު މަރާލާފައި ވަނީ ފައިސާގެ މައްސަލަތަކެއްގައި އުފެދުނު ދެބަސްވުމެއްގައި ކަމަށް ބެލެވޭ ކަމަށެވެ. ފުލުހުން ބުނީ ފާޖު، 48، އަށް 12 މީހުން ހަމަލާ ދިން ކަމަށް ބެލެވޭ ކަމަށެވެ. ޕޫނާގައި މި ހަމަލާ ދީފައި ވަނީ ބުރާސްފަތި ދުވަހު ރެ އެވެ.

އިންޑިއާގެ "ރަނުގެ މީހާ" އަބަދުވެސް ރަނުގެ އަގު ބޮޑު ގަހަނާ ބޭނުން ކުރޭ. --ފޮޓޯ:ޕީޓީއައި

އިންޑިއާގެ "ރަނުގެ މީހާ" އަބަދުވެސް ރަނުގެ އަގު ބޮޑު ގަހަނާ ބޭނުން ކުރޭ. --ފޮޓޯ:ޕީޓީއައި

ހަމަލާގައި ބައިވެރިވި އެކަކު ވަނީ އޭނާގެ ދަރިފުޅުގެ 22 ވަނަ އުފަން ދުވަހުގެ އިހުތިފާލުގައި ފާޖު ބައިވެރިވުމަށް ދައުވަތު ދީފަ އެވެ. ހާމަ ތަނެއްގައި ބޭއްވި އުފަން ދުވަހުގެ ހަރަކާތްތަކަށް ފާޖު ދިއުމުން ބައެއް މީހުން އޭނާ އަށް ވަނީ ގަލުންނާއި ތޫނު އެއްޗެހިން ހަމަލާދީފަ އެވެ.

ފުލުހުން ބުނީ ފާޖަށް ހަމަލާ ދިން މަންޒަރު އޭނާގެ ދަރިއަކަށް ފެނިފައިވާ ކަމަށެވެ.

"އެހެން ނަމަވެސް ފާޖް މަރާލި ހާމަ ބިމަށް އޭނާ ދިޔަ ގޮތް މިދަނީ ތަހުގީގު ކުރަމުން،" ޕޫނާގައި ފާޖް ދިރިއުޅޭ ސަރަހައްދުގެ ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރަކު ޕްރެސް ޓްރަސްޓް އޮފް އިންޑިއާ (ޕީޓީއައި) އަށް ބުންޏެވެ.

އިންޑިއާގެ "ރަނުގެ މީހާ" މަރާލީ ފައިސާގެ ދެބަސްވުމެއްގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނޭ. --ފޮޓޯ:ޕީޓީއައި

އިންޑިއާގެ "ރަނުގެ މީހާ" މަރާލީ ފައިސާގެ ދެބަސްވުމެއްގައި ކަމަށް ތުހުމަތު ކުރެވޭ ކަމަށް ފުލުހުން ބުނޭ. --ފޮޓޯ:ޕީޓީއައި

ފާޖު އާއްމުކޮށް އޭނާގެ މުޅި ހަށިގަނޑުގައި ވެސް ރަނުގެ ގަހަނާ ބޭނުން ކުރެ އެވެ. އަތުގައި ރަނުގެ ތަނޑު އަޅާ ކަރުގައި ރަން ފަށް އަޅާ އަދި އިނގިލީގައި ވެސް ރަނުގެ އަގު ބޮޑު އަނގޮޓި އަޅާ އުޅެ އެވެ.

"ބައެއް މީހުން އަހަންނާ ސުވާލު ކުރޭ އެހާ ގިނައިން ރަނުގެ ގަހަނާ އަޅައިގެން އުޅެނީ ކީއްވެތޯ. އެކަމަކު އެއީ އަހަރެންގެ ހުވަފެނެއް. އެކި މީހުންގެ ހުންނާނީ އެކި އުއްމީދުތައް. ބައެއް މުއްސަނދިން ބޭނުން ވެދާނެ އައުޑީއެއް ނުވަތަ މާސިޑީޒެއް. އެ ގޮތުން އަހަރެން މި އިޚްތިޔާރު ކުރީ ރަން،" ފާޖް 2013 ވަނަ އަހަރު ބީބީސީ އަށް ބުންޏެވެ.