29 ނޮވެމްބަރ 2018
ޕެރިސް (ނޮވެމްބަރު 29) - ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލަށް ދެ ވަނަ ބުރުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ޕެރިސް (ނޮވެމްބަރު 29) - ޗެމްޕިއަންސް ލީގުގައި ރޭ ޕީއެސްޖީ އަތުން 2-1 އިން ބަލިވެ މިދިޔަ އަހަރުގެ ރަނަރަޕް ލިވަޕޫލަށް ދެ ވަނަ ބުރުގެ ފުރުސަތު ހަނިވެއްޖެ އެވެ.
ގްރޫޕް ސީގެ އެއް ވަނައިގައި އޮތީ ރޭ ސާބިއާގެ ރެޑްސްޓާ ބެލްގްރޭޑް އަތުން 3-1 އިން މޮޅުވި އިޓަލީގެ ނަޕޯލީ އެވެ. އެ ޓީމަށް ފަސް މެޗުން ނުވަ ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީ ދެ ވަަނަ އަށް އެރީ ފަސް މެޗުން އަށް ޕޮއިންޓް ހަމަކޮށްގެންނެވެ. ލިވަޕޫލް ތިން ވަނައިގައި އޮތީ ފަސް މެޗުން ހަ ޕޮއިންޓާ އެކު އެވެ. ގްރޫޕްގެ އެންމެ ފުލުގައި އޮތް ރެޑްސްޓާގެ އޮތީ ހަތަރު ޕޮއިންޓެވެ.
ލިވަޕޫލަށް މުބާރާތުގެ ދެ ވަނަ ބުރުން ފުރުސަތު ލިބެން އޮތީ ފަހު މެޗުގައި އަންނަ މަހު 11 ވަނަ ދުވަހު ނަޕޯލީ އަތުން މޮޅުވެގެންނެވެ. ލިވަޕޫލް ދަނޑުގައި ކުޅޭ މި މެޗުން 1-0 އިން މޮޅުވެގެން ވެސް ލިވަޕޫލަށް ދެ ވަނަ ބުރަށް ދެވޭނެ އެވެ. އެކަމަކު ނަޕޯލީ އިން ލަނޑެއް ޖަހައިިފިނަމަ ލިވަޕޫލަށް ދެ ވަނަ ބުރުގެ ފުރުސަތު ލިބެން އޮތީ ދެ ގޯލުގެ ތަފާތުން މޮޅުވެގެންނެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް ނަޕޯލީ އަަށް ދެ ވަނަ ބުރުގެ ފުރުސަތު އެބައޮތެވެ.
މިއީ ޔޫރަޕްގައި މުއްސަނދި ތާރީހެއް އޮންނަ ލިވަޕޫލް މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ރަށުންބޭރުގައި ކުޅުނު ތިން މެޗުން ވެސް ބަލިވި ފުރަތަމަ ފަހަރެވެ. ރޭގެ މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ވަނީ ޕީއެސްޖީން ދެއްކި ހިތްވަރަށް ތައުރީފްކޮށްފަ އެވެ. އަދި ރޭގެ ނަތީޖާ ނުކުތްގޮތުން ލިވަޕޫލަށް ހުރިހާ ދޮރެއް ބަންދުނުވާ ކަމަށާއި ފަހު މެޗުގައި ރަނގަޅު ނަތީޖާއެއް ނެރެ ދެ ވަނަ ބުރަށް ދެވޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަަށެވެ.
ރޭގެ މެޗު ފަށައިގެން ފުރަތަމަ މިނިޓުން ފެށިގެން ޕީއެސްޖީން ދިޔައީ ލިވަޕޫލް ފަހަތަށް ބާރު ބޮޑުކުރަމުންނެވެ. ނޭމާ އާއި ކިލިއަން އެމްބާޕޭ އަށް ލިބޭ ބޯޅަތަކުގައި ލިވަޕޫލް ޑިފެންޑަރުންނަށް ހިފަހައްޓަން އުނދަގޫވި އެވެ. މި ދެ ކުޅުންތެރިން ވަނީ އަނިޔާއިން ރަނގަޅުވެ ރޭގެ މެޗުގައި ރަނގަޅު ކުޅުމެއް ދައްކައިފަ އެވެ. ޕީއެސްޖީން ލީޑުނެގީ މެޗުގެ 13 ވަނަ މިނިޓްގައި ސްޕެއިނުގެ ފުލްބެކް ހުއާން ބަނާޓް ޖެހި ގޯލުންނެވެ.
ޕީއެސްޖީގެ ދެ ވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓްގައި ޖެހީ ނޭމާ އެވެ. ޕީއެސްޖީގެ އެޑިސަން ކަވާނީ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ އަތުގައި ޖެހިފައި ނުކުތް ވަގުތު ނޭމާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. މި ލަނޑާ އެކު ނޭމާ ވެފައިވަނީ ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ލަނޑު ޖެހި ބްރެޒިލްގެ ކުޅުންތެރިއާ އަށެވެ.
ފުރަތަމަ ހާފުގެ ފަހު މިނިޓްގައި ލިވަޕޫލަށް އުއްމީދެއް ހޯދައިދިނީ ޖޭމްސް މިލްނާ އެވެ. ލިވަޕޫލްގެ ސަޑިއޯ މާނޭ އަށް ޕީއެސްޖީގެ އެންހެލް ޑި މާރިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ މިލްނާ ވަނީ ޕީއެސްޖީގެ ތަޖުރިބާކާރު ކީޕަރު ޖިއަންލުއީޖީ ބުފޮން އަށް ފުރުސަތެއް ނުދީ ކާމިޔާބުކޮށްފަ އެވެ.
ޗެމްޕިއަންސް ލީގުގެ ގްރޫޕް ޑީގައި ރޭ ޕޯޓޯ ވަނީ ކުޅުނު މެޗުން 3-1 އިން ޖަރުމަނުގެ ޝާލްކާ ބަލިކޮށް ދެ ވަނަ ބުރުން ޖާގަ ޔަގީންކޮށްފަ އެވެ. މި މެޗުން ބަލިވި ޝާލްކާ އަށް ވެސް ވަނީ ދެ ވަނަ ބުރުން ފުރުސަތު ލިބިފަ އެވެ. މި ގްރޫޕުގައި ރޭ ކުޅުނު އަނެއް މެޗުން ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ ވަނީ 2-0 އިން ތުރުކީގެ ގަލަސަތަރާއި ބަލިކޮށްފަ އެވެ.
ޕީއެސްޖީ އަތުން ބާސާ ކަޓައިފި، ލިވަޕޫލް ކުއާޓާ އަށް
ލިވަޕޫލް ބަލިވުމުގެ ފައިދާ ނަޕޯލީން ނަގައިފި
ލިވަޕޫލަށް މޮޅެއް، ޑި މާރިއާ ޕީއެސްޖީ ސަލާމަތްކޮށްދީފި
ނަޕޯލީން ފަހު ވަގުތު ލިވަޕޫލް ބަލިކޮށްފި
ޕީއެސްޖީގައި ނެތީ މުއްސަނދި ތާރީހެއް: ކްލޮޕް
ޗެމްޕިއަންސް ލީގު: ބޮޑު މެޗުތަކާއި ތަފާތު ވާހަކަތައް!
ލިވަޕޫލް އެއް ވަނައިގައި، ރެއާލް ޕްރެޝަރުގައި
ސިޓީ، އާސެނަލް، އަދި ބާސެލޯނާ އަށް ކާމިޔާބު ރެއެއް
އެމްބާޕޭ ރެއާލާ އެކު ޗެމްޕިއަންސް ލީގު ފެށީ ގޯލަކުން
ޕީއެސްޖީގެ ނާކާމިޔާބުގެ ޒިންމާ އެމްބާޕޭ ނަގައިފި