27 ނޮވެމްބަރ 2018
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އިލްމީ ދިރާސާ ފޮތެއް ރޭ ނެރެފި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބަސްމޮށުންތެރިކަމާ ގުޅޭ ގޮތުން ތައްޔާރުކުރި އިލްމީ ދިރާސާ ފޮތެއް ރޭ ނެރެފި އެވެ.
"ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމް ކުރުމުގައި ބަހުގެ ދައުރު"ގެ ނަމުގައި ނެރުނު ފޮތް ލިޔުއްވީ، ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ގ. އައިނާ އެޑަމްސް، އާމިނަތު އިބްރާހީމެވެ. އެ ފޮތް ނެރެދެއްވީ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތެއްގައި ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ.
ފޮތް ނެރެދިނުމަށް ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ނަޝީދު ވިދާޅުވީ ދިވެހި ބައެއް ބަސްތައް ވިދާޅުވުމުން ހިތުގައި ބިންވަޅު ނެގިގެންދާ ކަމަށެވެ. އެ ބަސްތައް މީގެ ކުރިން ވެސް އަޑުއިވި އަދި ހަނދާންތައް ގެނެސްދޭ ބަސްތަކަކަށް ވެގެންދާ ކަމަށް ވިދާޅުވި އެވެ.
"ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމްކުރުމުގައި ބަހުގެ ދައުރު"ގެ ނަމުގައި އާމިނަތު އިބްރާހިމް (ވ) ލިޔުއްވި ފޮތް، ނަޝީދު ނެރެދެއްވަނީ-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ކިޔަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ދެކެމުން އައީ ދިވެހީންނަށް މިނިވަންކަން ހޯދުމާއި މިނިވަންކަން ލިބުމަށް ދިވެހިން އެންމެ ބޮޑަށް ކަސްތޮޅު އަޅުވާފައިވަނީ ދިވެހި ބަހުން ކަމަށެވެ. ދިވެހި ބަސް މިނިވަންވެގެން މެނުވީ ދިވެހީންނަށް މިނިވަންކަން ނުލިބޭނެ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"އަޅުގަނޑުމެން އެއްޗެއް ދެނެގަންނަނީ ބަސްތަކުން. އަޅުގަނޑުމެންގެ ހިތަށް އެއްޗެއް މި ގެންނަނީ، ވިސްނުމެއް މި ވިސްނަނީ މަންޒަރުތަކަކަށް ވުރެ ބޮޑަށް ބަސްތަކުން. ބޭނުންކުރާ ބަސްތައް މިނިވަން ނުވަނީ ނަމަ އަޅުގަނޑުމެންނަށް މިނިވަންވުމަށް، އަޅުގަނޑަށް އަބަދު ވެސް ފެނިފައި އޮންނަނީ އުނދަގޫވާނެކަން،" ނަޝީދު ވިދާޅުވި އެވެ.
"ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމްކުރުމުގައި ބަހުގެ ދައުރު"ގެ ނަމުގައި ފޮތް ލިޔުއްވި އާމިނަތު އިބްރާހިމް. --ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
ސިޔާސީ އެކި ޕޯޑިއަމްތަކުގައި ނަޝީދު ބޭނުންކުރައްވާ ދިވެހި ބައެއް ބަސްތަކަކީ ވަރަށް ބޮޑަށް ވައިގައި ހިފާފައިވާ ބަސްތަކެވެ. އެގޮތުން "އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ހޯދުން" އަދި "ބިރު ފަހަނައަޅައި ދިއުން" ފަދަ ބަސްތަކަކީ އެކި ޕޯޑިއަމްތަކުގައި އެ މަނިކުފާނު ބޭނުން ކުރައްވާފައިވާ އަދި އާއްމުންގެ މެދުގައި މަގުބޫލު ބަސްތަކެވެ.
"ޕޮލިޓިކަލް އައިޑެންޓިޓީ" ގާއިމްކުރުމުގައި ބަހުގެ ދައުރުގެ ނަމުގައި ލިޔުނު ފޮޮތް ނެރުމަށް ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ނަޝީދު ވާހަކަދައްކަަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އެ ބަސްތަކަކީ، އެހެން ބަސްބަހުގައި ވެސް އާއްމުކޮށް ބޭނުންކުރާ ވާހަކަތަކެއް ކަމަށާއި ނަމަވެސް ދިވެހި ބަހަށް ގެނައުމުން، އެހެން ބަސްބަހަށް ވުރެ ރީތިވެގެންދާކަން ފާހަގަކުރެއްވި އެވެ.
"މިހާރު"އާ ވާހަކަދައްކަމުން އާމިނަތު ވިދާޅުވީ 2005 ވަނަ އަހަރުން ފެށިގެން ދިވެހި ބަހުގެ ތެރެއަށް ވަރަށް ގިނަ އާ ބަސްތައް ވަންނަމުން އައި ކަމަށެވެ. އޭގެ ތެރޭގައި 2008 ވަނަ އަހަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދުވަސްވަރު ނަޝީދުގެ ވާހަކަފުޅުތަކުގައި ބޭނުންކުރެއްވި ބަސްފުޅުތައް ވެސް ފާހަގަކޮށްލެވުނު ކަމަށް ވިދާޅުވި އެވެ.
ޕޮލިޓިކަލް އައިޑެންޓިޓީ" ގާއިމްކުރުމުގައި ބަހުގެ ދައުރުގެ ނަމުގައި ލިޔުނު ފޮޮތް ނެރުމަށް ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ބައިވެރިިވި ބައެއް މީހުން.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އޭނާ ވިދާޅުވީ އެކި ހަފުލާތަކުގައި ނަޝީދު ދައްކަވާފައިވާ ވާހަކަފުޅުތަކުގެ ތެރެއިން ވަރަށް މަދު ވާހަކަފުޅެއް ނޫނީ އަޑުއަހާފައިވާ ކަމަށާއި އަދި އެ އަޑުއެހުމުގައި ތަފާތު ބަސްތައް ނޯޓު ކޮށްފައިވާ ކަމަށެވެ. ދިވެހި ބަހުގެ މާސްޓާސް ހެދި އިރު އޭނާގެ ތީސިސް ލިޔުއްވާފައިވަނީ ވެސް ޕޮލިޓިކަލް އައިޑެންޓިޓީ ނުވަތަ ސިޔާސީ ކާކުވަންތަ ގާއިމްކުރުމާ ގުޅޭ ގޮތުންނެވެ. އެއަށް ޑިސްޓިންކްޝަން ލިބިފައިވެ އެވެ.
އެ ފޮތުގެ ދިރާސާގައި މައިގަނޑު ގޮތެއްގައި ބަލާފައިވަނީ ނަޝީދުގެ ތަގުރީރުތަކަށެވެ.
ޕޮލިޓިކަލް އައިޑެންޓިޓީ" ގާއިމްކުރުމުގައި ބަހުގެ ދައުރުގެ ނަމުގައި ލިޔުނު ފޮޮތް ނެރުމަށް ރޭ ގަލޮޅު މަދަރުސާގައި ބޭއްވި ރަސްމިއްޔާތުގައި ކުރީގެ ރައީސް ނަޝީދު (މ) އަދި ދިވެހި ބަހުގެ އެކަޑެމީގެ ރައީސް އަޝްރަަފު ބައިވެރިވެވަޑައިގަންނަވަނީ.--ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު
އާމިނަތަކީ ދިވެހި ބަހުން ގިނަ ވާހަކަތައް ލިޔުއްވާފައިވާ އަދި ދިވެހި ބަހަށް ގިނަ ހިދުމަތްތަކެއް ކޮށްދީފައިވާ ބޭފުޅެކެވެ. ކުޑަކުދިންނާއި ބޮޑެތި މީހުންގެ ވާހަކަ ފޮތާއި އިލްމީ ދިރާސާތަކާ ގުޅޭ ތިރީހަކަށް ފޮތް މިހާރު ވެސް ޗާޕުކޮށްފައިވެ އެވެ.
ޕޮލިޓިކަލް އައިޑެންޓިޓީ ގާއިމްކުރުމުގައި ބަހުގެ ދައުރު" އަޝްރަފީ ބުކްޝޮޕުން 200ރ. އަށް ލިބެން ހުންނާނެ އެވެ. އަދި 123 ސޮފްހާގެ ފޮތް އޮންލައިންކޮށް ވެސް ލިބޭނެ ކަމަށް ބުންޏެވެ.
އެމްއެންޔޫ ގްރާންޓުގެ ދަށުން ދެ ފޮތެއް ނެރެފި
ނަޝީދަށް ގްލޯބަލް ސިޓިޒަން އެވޯޑު ލިބިވަޑައިގެންފި
ފަރުވާދެނިކޮށް ނަޝީދުގެ ވިންދު ހުއްޓުނު: ޑރ.ނިޔާފް
މާލީއެހީ އަވަސްކޮށްދިނުމަށް ކުދި ގައުމުތަކުން ގޮވާލައިފި
ބޭރުގެ ފާމުން މާލީ ލަފާ ނުހޯދާތީ ނަޝީދުގެ ތައުރީފް
އިސްލާމްވިތާ 900 އަހަރު ފާހަގަކުރަން ކައުންޓްޑައުނެއް
ރާއްޖެ-އިންޑިއާ ގުޅުން ރަނގަޅުވުމުން އުފާވޭ: ނަޝީދު
ނޮވެލްޓީ ބުކްފެއާ އަންނަ ބުރާސްފަތި ދުވަހު ފަށަނީ
ކުޅުދުއްފުށީގައި އާއްމުންނަށް ލައިބްރަރީއެއް ހުޅުވައިފި
ގައުމިއްޔަތުގެ މަތީ ޝަރަފު ސަލާހުއްދީނުގެ ހަނދާނަށް