24 ނޮވެމްބަރ 2018
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ގޯވިންދޫޕޫރީގައި، ކުޅޭ އެއްޗެހި ވިއްކާ މީހަކު އާދަޔާ ހިލާފަށް ވައްކަން ކުރަނިކޮށް ފަޅާއަރައިފިއެވެ.
އިންޑިއާގެ ވެރިރަށް ނިއު ދިއްލީގެ ގޯވިންދޫޕޫރީގައި، ކުޅޭ އެއްޗެހި ވިއްކާ މީހަކު އާދަޔާ ހިލާފަށް ވައްކަން ކުރަނިކޮށް ފަޅާއަރައިފިއެވެ.
ސާލިމް، 25، ދިއްލީގެ ފުލުހުން ހައްޔަރު ކުރީ މި މަހުގެ 20 ވަނަ ދުވަހު އެވެ.
ފުލުހުން ބުނި ގޮތުގައި އެ މީހާ ހައްޔަރުކުރީ ޝައްކު ކުރެވޭ ކަހަލަ ގޮތަކަށް ކޮތަޅުތަކަކަށް އެއްޗެހިތަކެއް އަޅައިގެން ރޭގަނޑު އުޅޭތީ ބަލައި ފާސްކުރުމުގެ ތެރޭގަ އެވެ. ފާސްކުރުމުގެ ތެރޭގައި ސާލިމްގެ އަތުން ވަނީ ވެހިކަލްތަކުގެ ގިނަ އަދަދެއްގެ ބެޓެރި ފެނިފަ އެވެ. އޭގެ ތެރޭގައި ސައިކަލާއި ކާރާއި ރިކްޝާ ފަދަ ވެހިކަލްތަކުގެ ބެޓެރި ހިމެނެ އެވެ.
ފުލުހުން ސާލިމް ހައްޔަރު ކުރި އިރު، ގޯވިންދުޕޫރީގެ އެކި ސަރަހައްދުތަކުގައި ރޭގަނޑު ޕާކްކުރާ ވެހިކަލްތަކުގެ ބެޓެރި ވަގަށް ނަގާ މައްސަލަ ބޮޑުވެގެން ފުލުހުންނަށް ގިނަ ބަޔަކު ވަނީ މައްސަލަތަތަކެއް ވެސް ރިޕޯޓްކޮށްފަ އެވެ.
އޭނާ ހައްޔަރުކޮށް މައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ އިރު، ސާލިމް ފުލުހުންނަށް ދިން ބަޔާނުގައި ވަނީ ވެހިކަލްތަކުގެ ބެޓެރި ވަގަށް ނަގާ ކަމަށް އިއުތިރާފުވެފަ އެވެ. އަދި އެކަން ކުރަނީ ދުވާލު ގަޑީގައި ކުޅޭ އެއްޗެހި ވިއްކައިގެން ލިބޭ އާމްދަނީން ދެކޮޅު ނުޖެހޭތީ އާމްދަނީ ހޯދަން ކުރާ ކަމެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
އެގޮތުން ވެހިކަލްތަކުން ވަގަށް ނަގާ ބެޓެރިތައް ވިއްކާލައިގެން އާމްދަނީ ހޯދާތާ ދުވަސްތަކެއްވެފައިވާ ކަމަށް ބުނެފައިވެ އެވެ.
ސާލިމް ބުނި ގޮތުގައި އޭނާ އާމްދަނީ ހޯދަން ރޭގަނޑު ވަގަށް ނަގަނީ ބެޓެރި އެކަންޏެއް ނޫނެވެ. ގޭގޭގައި ބަހައްޓާފައި ހުންނަ ފެން މީޓަރު ވެސް ވަގަށް ނަގައިގެން ވިއްކާލާފައި ވާނެ ކަމަށް ބުނެފައިވެ އެވެ.
ސާލިމްގެ މައްސަލަ ތަހުގީގުކުރާ ސީނިއާ ފުލުސް އޮފިސަރު ޗިންމޯއީ ބިސްވާސް މީޑީއާތަކަށް ވިދާޅުވި ގޮތުގައި ސާލިމް ވަގަށް ނަގައިގެން ވިއްކައިލި ބައެއް ބެޓެރިތަކާއި ފެންތާނގީތައް މިހާރު ވަނީ ހޯދައިފަ އެވެ. އަދި އޭނާ ވިއްކި އިތުރު އެއްޗެހި ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ގެ ލޫޓުވާލާފައި ދަމުން ދިއްކޮށްލީ 100 ރުޕީސް
ނިއު ދިއްލީގައި އާދަޔާ ހިލާފަށް ވައި ނުސާފުވެއްޖެ
ދިވެހިންނަށް ފައިދާވާނެ ކަންތައްތަކެއް ކުރިއަށް ފެންނާނެ
16 ދަރިވަރުން ތަޖުރިބާ ދަތުރެއްގައި އިންޑިއާއަށް
ރައީސް ޝީ ބައިވެރިނުވިޔަސް މައްސަލައެއް ނެތް: އިންޑިއާ
ޝީއާ ބައްދަލުނުވެދާނެތީ ބައިޑެން ނާއުންމީދުވެފައި
ޕްރޮފެސަރުން ޕަޓާންގެ ލަވަޔަށް ނެށުމުން ޝާހް އުފަލުން
އެންމެ ވައި ނުސާފު ސަރަހައްދަކަށް ދެކުނު އޭޝިއާ
ޝަހީބުގެ ސަފީރުކަމުގެ ފަތްކޮޅު އިންޑިއާގެ ރައީސަށް
ޝްރެދާ މަރާލި ގޮތް އަފްތާބު ކިޔައިދީފި