ޑޮކްޓަރަށް ދައްކަން އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެހި އާއިލާއަކާ އެކު ގެންދިޔަ ނޭޕާލު މީހަކު، އެ މީހުން ކޮޓަރީގައި ބަހައްޓާފައި ހުރި 1،500 ޑޮލަރު ވަގަށް ނަގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
02 ޖުލައި 2025
ޑޮކްޓަރަށް ދައްކަން އިންޑިއާގެ ކޮޗިން އަށް ދިޔަ ދިވެހި އާއިލާއަކާ އެކު ގެންދިޔަ ނޭޕާލު މީހަކު، އެ މީހުން ކޮޓަރީގައި ބަހައްޓާފައި ހުރި 1،500 ޑޮލަރު ވަގަށް ނަގައި ފިލައިގެން އުޅެނިކޮށް ހައްޔަރުކޮށްފި އެވެ.
އެކަން ދިމާވި، ކުރީގެ ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ އަނބިކަނބަލުން ނަޒްރާ ނަސީމް ފޭސްބުކްގައި ލިޔުއްވާފައިވާ ގޮތުގައި އެކަން ހިނގީ މިދިޔަ މަހު ބައްޕަގެ އޮޕަރޭޝަނަކަށް ކޮޗިން އަށް ގޮސް އުޅެނިކޮށް ކަމަށެވެ.
އެކަަމަކު އޮޕަރޭޝަން ނުކުރެވި ކޮޗިންގައި މަޑުކުރަންޖެހޭ މުއްދަތު އިތުރުވުމުން، ބައްޕަގެ ކަންކަމުގައި އެހީތެރިކަން އެހީވާން ނޭޕާލުގެ އަންޖަން ނަމަކަށް ކިޔާ މީހަކު ރާއްޖެ ގެނެސް، ފަހުން އިންޑިއާއަށް ދިޔައީ އޭނާ ގޮވައިގެން ކަމަށް ނަޒޫ ލިޔުއްވާފައިވެ އެވެ.
ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި ކޮންމެ ރެއަކު ވެސް ބައްޕަ ކައިރީ ޑިއުޓީގައި ތިބެނީ ނަޒޫ އާއި ދައްތަގެ އިތުރުން އެ ނޭޕާލު މީހާ އެވެ. އެކަމަކު އެ މީހުން ތިބޭ އެޕާޓްމަންޓަށް، ފެންވަރައި ރީތިވާން އެ މީހާ އަބަދުވެސް ފޮނުވާ ކަމަށް ލިޔެފައިވެ އެވެ. އެކަމަކު އެއް ދުވަހު އެޕާޓްމަންޓަށް ދިޔަ ގޮތަށް އެނބުރި ނައިސްގެން ބެލި އިރު، ބައެއް ފައިސާއާ އެކު ފިލީކަން އެނގުނީ އެވެ.
"ކަންދިމާކުރި ގޮތުން އެ ދުވަހު ދިޔަގޮތަށް އޭނާގެ ޚަބަރެއް ނުވި އެވެ. ސީސީޓީވީ ފުޓޭޖު ބެލިއިރު ހަމަޖެހިލައިގެން ފިލަނީ އެވެ. ދެން އަތް ދަބަސް ބެލިއިރު އޭނާ ވަނީ ބޭސްފަރުވާގެ ކަންކަމަށް ގެންދިޔަ ފައިސާ އިން ގިނަ އަދަދެއް ހިފައިގެން ފިލާފަ އެވެ،"
ނަޒޫގެ ޕޯސްޓުގައި ވަނީ އެކަން އިންޑިއާގެ ފުލުހުންނަށް ހުށަހެޅުމުން، މައްސަލަ ބަަލައި އެހީތެރިވި ކަމަށެވެ.
އިންޑިއާގެ ނޫސްތަކުގައި ރިޕޯޓުކޮށްފައިވާ ގޮތުގައި މިދިޔަ ޖޫން މަހުގެ 13 ގައި ހިނގި އެ ހާދިސާއާ ގުޅިގެން 23 އަހަރުގެ އަންޖަން މިހާރު ވަނީ ހައްޔަރުކޮށްފަ އެވެ. އޭނާ ނެގި ފައިސާގެ އަދަދު 1،500 ޑޮލަރަށް އަރާ ކަމަށް ވެސް ބުންޏެެވެ.
ފޯނު ޓްރޭސްކޮށްގެން އޭނާ ހޯދީ މުމްބާއީގެ ބޭރުގައި އޮންނަ ސިޓީއެއް ކަމަށްވާ ތާނޭ އިންނެވެ. އެއީ ކޮޗިންއާ 1,439 ކިލޯ މީޓަރު ދުރެވެ. އެއްގަމު މަގުން ދަތުރުކުރާ ނަމަ ވެސް އެ ހިސާބަށް ދިއުމަށް 27 ގަޑިއިރު ހޭދަވެ އެވެ.
އޭނާ ހޯދަން ދެ ދުވަސްވަންދެން ކުރި މަސައްކަތަށް ފަހު ފެނުނީ އެތަނުގެ ރިސޯޓެއްގައި ކައްކާއެއްގެ ގޮތުގައި މަސައްކަތްކުރަނިކޮށް ކަމަށް ނޫސްތަކުގައިވެ އެވެ.
އޭނާ ވަނީ ވަގަށް ނެގި ފައިސާގެ އެއްބައި ނޭޕާލަށް ފޮނުވައި އަދި އަނެއް ބައި ބޭނުންކޮށްފައިވާ ކަމަށް ތަހުގީގުގައި އެއްބަސްވެފަ އެވެ.
އިންޑިއާގައި ބްރިޖެއް ވަގަށް ނަގައިފި
ވަގަށް ނެގުނު ފައިސާ ގިނަކަމުން ހާޓްއެޓޭކެއް ޖެހިއްޖެ
ލޯބިވެރިޔާއަށް ބުލީކުރާތީ ލެޕްޓޮޕް ވަގަށް ނަގާ މީހެއް
ވަގަށް ނެގި ފޯނާ ކުޅެން ނޭނގުމުން ހަވާލުކޮށްފި
ލޯބިވެރިޔާ ގެއްލުމުން ޑްރައިވަރުންގެ ފޯނު ވަގަށްނަގަނީ!
މަގުމައްޗަށް ކުޑަކަމުދާން އުޅެގެން ގެއްލުނީ ކާރު
ދެ އަނބު ކާލުމުން ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަނީ
ވައްކަމަކާ ގުޅިގެން އިންޑިއާ އަށް ބޮޑު ލަދެއް
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި
ކުޅޭ އެއްޗެހި ވިއްކާ އާދަޔާ ހިލާފު ވަގެއް