03 އެޕްރީލް 2021
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އޮފީހެއް ފަޅާލައިގެން ދެ މީހަކަށް ވަގަށް ނެގުނު ފައިސާ ގިނަކަމުން ލިބުނު އުފަލުގައި އޭގެ ތެރެއިން އެކަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
އިންޑިއާގެ އުއްތަރު ޕްރަދޭޝްގެ އޮފީހެއް ފަޅާލައިގެން ދެ މީހަކަށް ވަގަށް ނެގުނު ފައިސާ ގިނަކަމުން ލިބުނު އުފަލުގައި އޭގެ ތެރެއިން އެކަކަށް ހާޓްއެޓޭކެއް ޖެހިގެން ފަރުވާ ހޯދަން ފަށައިފި އެވެ.
ޓައިމްސް އޮފް އިންޑިއާ އިން ރިޕޯޓްކޮށްފައިވާ ގޮތުގައި މިދިޔަ ހަފުތާގައި ޔޫޕީގެ ބިޖްނޯރު ސިޓީގެ ސަރުކާރުގެ އޮފީހެއް ފަޅާލައިގެން ވަގުން ނެގީ ހަތް ލައްކަ ރުޕީސްގެ އިތުރުން އޮފީހުގައި ހުރި އަގު ބޮޑު ބައެއް މުދަލެވެ. އަދި ފައިސާ އާއި ތަކެތި ދެ ވަގުންގެ މެދުގައި ހަމަހަމައަށް ބަހާލި ނަމަވެސް، ބައި އެޅުމުން ވެސް ލިބުނު މިންވަރު ގިނަކަމުން އޭގެ ތެރެއިން އެއް ވަގަކަށް ހާޓްއެޓޭކެއް ޖެހުނީ އެވެ. އަދި އޭނާ އަށް މިހާރު އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ. ފަރުވާ އަށް ބޮޑު ހޭދައެއް ވެސް ކުރަން ޖެހޭ ކަމަށް މީޑިއާތަކުން ބުންޏެވެ.
މި ހާދިސާއާ ބެހޭ ހޮތުން ބިޖްނޯރް ފުލުހުންގެ ސްޕްރިންޑެންޓް ޑރ. ދަރަމް ވީރު ސިންގް މީޑިއާތަކަށް ވިދާޅުވީ ސަރުކާރުގެ އޮފީހެއް ވައްކަން ކުރި ދެ މީހުންނަކީ މީގެ ކުރިން ވެސް ވައްކަމުގެ ގިނަ ރެކޯޑްތަކެއް އޮތް ބައެއް ކަމަށެވެ. އަދި އެ މީހުންގެ މައްސަލަ އިތުރަށް ތަހުގީގުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ފުލުހުން ބުނިގޮތުގައި ވައްކަންކުރި ދެ މީހުންގެ ތެރެއިން ހާޓްއެޓޭކެއް ޖެހިގެން ފަރުވާދެނީ އަޖާޖް ކިޔާ މީހަކަށެވެ. އަދި ވައްކަމުގައި ހިމެނޭ ނައުޝާދު ކިޔާ މީހާ ވަގަށް ނެގި ފައިސާއާ އެކު ނިއު ދިއްލީ އަށް ގޮސްފައި ވަނިކޮށް އޭނާ ބުދަ ހައްޔަރުކޮށްފައިވެ އެވެ.
"ވަގަށް ފައިސާ ނެގުމަށް ފަހު އެ ފައިސާ އިން އުފާ ހޯދަމުން ދަނިކޮށް އަޖާޖަށް ހާޓްއެޓޭކެއް ވެސް ޖެހުނީ. އޭނާ މި ވަގުތު އޮތީ ޕްރައިވެޓް ހޮސްޕިޓަލެއްގައި،" ދަރަމް ވިދާޅުވި އެވެ.
ލޯބިވެރިޔާއަށް ބުލީކުރާތީ ލެޕްޓޮޕް ވަގަށް ނަގާ މީހެއް
ލޯބިވެރިޔާ ގެއްލުމުން ޑްރައިވަރުންގެ ފޯނު ވަގަށްނަގަނީ!
މަގުމައްޗަށް ކުޑަކަމުދާން އުޅެގެން ގެއްލުނީ ކާރު
ހެލްމެޓް އަޅައިގެން ފޭރުނު މީހުން ހައްޔަރުކޮށްފި
ގެޔަށްދާ ކޮންމެ ފަހަރަކު ސްކޫޓަރެއް ވަގަށް ނަގާ މީހެއް
އެފްއެސްއެމް މުވައްޒަފުންތަކެއްގެ ވައްކަމުގެ މައްސަލަ
ރަހީނުކުރި މައްސަލާގައި އިތުރު 4 މީހަކު ހައްޔަރުކޮށްފި
ފިހާރަ ފަޅާލައިގެން ނެގި ތަކެތީގެ އަގު ލައްކައަކަށް
ފިހާރަ ފަޅާލައި، މުދާތައް ގެންދިޔަ މީހާ ހައްޔަރުކޮށްފި
ފިހާރަ ފަޅާލައި މުދާތައް ގެންދިއީ އެންމެންގެ ކުރިމަތީ