Roadha Mihaaru
ދެ އަނބު ކާލުމުން ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަނީ

ދެ އަނބު ކާލުމުން ޖޫރިމަނާކޮށް ޑީޕޯޓްކޮށްލަނީ

26 ސެޕްޓެމްބަރ 2019

މީގެ ދެ އަހަރު ކުރިން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ކާގޯ ޝިޕްމަންޓަކުން ދެ އަނބު ނަގައިގެން ކެއި މައްސަލައެއްގައި އެތަނުގެ މުވައްޒަފެއްގެ މައްޗަށް ވައްކަމުގެ ދައުވާކޮށް، ބޮޑު އަދަބެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ ދެ އަހަރު ކުރިން ދުބާއީ އިންޓަނޭޝަނަލް އެއާޕޯޓުން ބޭރުކުރަން އުޅުނު ކާގޯ ޝިޕްމަންޓަކުން ދެ އަނބު ނަގައިގެން ކެއި މައްސަލައެއްގައި އެތަނުގެ މުވައްޒަފެއްގެ މައްޗަށް ވައްކަމުގެ ދައުވާކޮށް، ބޮޑު އަދަބެއް ދީފި އެވެ.

ދުބާއީގެ ކޯޓަކުން މި ހުކުމް ކުރީ އިންޑިއާ އަށް ނިސްބަތްވާ 27 އަހަރުގެ ފިރިހެން މީހާ އަށް ހޯމަ ދުވަހު އިއްވީ ތިން މަހުގެ ޖަލު ހުކުމަކާއި 5،000 ދިރުހަމް (1,361.30 ޑޮލަރު) ގެ ޖޫރިމަނާއަކާ އެކު ދުބާއީން ޑިޕޯޓްކޮށްލުމުގެ ހުކުމެކެވެ.

އެއާޕޯޓްގައ ލަގެޖް އުފުލާ މީހެއްގެ ވަޒީފާއަދާކުރަމުން ދިޔަ މީހާ އަނބު ޝިޕްޓްމަންޓަކުން ދެ އަނބު ނެގީ ޓާމިނަލް ތިނެއްގައި މަސައްކަތްކުރަމުން ދަނިކޮށް ވަރަށް ބޮޑަށް ކަރުހިއްކައިގެން ގަތުމުން އެ ވަގުތު ފެން ލިބޭނެ ގޮތެއް ނެތުމުން ކަމަށް ބުންޏެވެ. މި ހާދިސާ ހިނގާފައި ވަނީ އޮގަސްޓް 11، 2017 ގަ އެވެ. އޭނާ ކައިލި ދެ އަނބުގެ އަގަކީ 6 ދިރުހަމް (1.63 ޑޮލަރު) އެވެ.

ނަމަވެސް ހާދިސާތައް ހިނގިތާ ދެ އަހަރު ފަހުން ހުކުމް އިއްވި އިރު، އެ މައްސަލާގައި އޭނާއާ ސުވާލުކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ ތެރޭގަ އެވެ. އަދި އޭނާ ވަނީ އަނބު ކެއި ކަމަށް އެއްބަސްވެސް ވެފަ އެވެ.

ޑުބާއީ އިންޓަނެޝަނަލް އެއާޕޯޓްގެ ޓާމިނަލް 3.

ޑުބާއީ އިންޓަނެޝަނަލް އެއާޕޯޓްގެ ޓާމިނަލް 3.

މި މައްސަލާގައި އެ މީހާ ހައްޔަރުކޮށް ވަގަށް ނަގާފައިވާ އިތުރު އެއްވެސް އެއްޗެއް އޭނާ ދިރިއުޅުނު ތަނުގައި ހުރިތޯ ފުލުހުން ބަލައި ފާސްކޮށްފައިވެ އެވެ. ނަމަވެސް އެފަދަ އެއްވެސް އެއްޗެއް ފެނިފައެއް ނުވެ އެވެ.

އަނބު ވަގަށް ނެގި މައްސަލާގައި އިއްވި ހުކުމް އިސްތިއުނާފު ކުރަން 15 ދުވަހުގެ މުއްދަތެއް ދީފައިވެ އެވެ.