Roadha Mihaaru
ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި

ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި

23 ނޮވެމްބަރ 2018

ނައިބު ރައީސް ފައިސަލް ނަސީމް ހއ. ދިއްދުއަށް މިރޭ ވަޑައިގެންފި އެވެ. މިއީ ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންފަހުން ފައިސަލް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ނައިބު ރައީސް ފައިސަލް ނަސީމް ހއ. ދިއްދުއަށް މިރޭ ވަޑައިގެންފި އެވެ. މިއީ ނައިބު ރައީސްކަމާ ހަވާލުވެ ވަޑައިގެންފަހުން ފައިސަލް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ.

ނައިބު ރައީސް ފައިސަލް ދިއްދުއަށް ވަޑައިގަތީ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުލް ލަތީފް މުހައްމަދު އިންތިޒާމްކުރައްވާ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތުގެ ޝަރަފުވެރިކޮށްދެއްވުމަށެވެ. އެ ރަސްމިއްޔާތު އޮންނާނީ މިރެ އެވެ.

ނައިބު ރައީސްއާއެކު އެ ދަތުރުފުޅުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ބައިވެރިވެ ވަޑައިގަންނަވަ އެވެ.

ދިއްދޫ ރައްޔިތުންނަށް ބޭއްވި ގުރުއާން މުބާރާތުން އެއް ވަނަ ހޯދާ ދަރިވަރަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމު ދެ އެވެ. ހއ. އަތޮޅުން ބައިވެރިވި ކުދިންގެ ތެރެއިން އެއް ވަނައަށް ދާ ދަރިވަރަށް ދިނުމަށް ނިންމާފައިވަނީ 15،000ރ. އެވެ. ދެ ވަނަ އަދިނތިން ވަނައަށް ދާ ކުދިންނާއި އުމުރުފުރައިން ވަނަތައް ހޯދާ ބައިވެރިންނަށް ތައްޓާއި ސެޓްފިކެޓް ދޭނެ އެވެ.

މި ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ނައިބު ރައީސް މާލެ ވަޑައިގަންނަވާނީ މާދަމާ އެވެ.