27 ސެޕްޓެމްބަރ 2023
ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކ. ގާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެއްޖެ އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް އިއްޔެ ކ. ގާފަރަށް ވަޑައިގަތުމުން އެ މަނިކުފާނަށް މަރުހަބާ ކިޔަން ގިނަ ބަޔަކު ނުކުމެއްޖެ އެވެ.
ފައިސަލް ގާފަރަށް ވަޑައިގަތީ އެ ރަށު ކައުންސިލުގެ 8 ވަނަ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވުމަށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ކ. ގާފަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.
ގާފަރަކީ ފައިސަލް ކުރިން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ކާށިދޫ ދާއިރާގެ ރަށެކެވެ. އެހެންވެ، އޭރުއްސުރެ އެ ރަށާއި ފައިސަލްގެ ގާތް ގުޅުމެއް އަބަދުވެސް އޮވެ އެވެ. ފައިސަލަކީ އިޖުތިމާއީ އެކި ކަންކަމުގައި އުޅުއްވާ ބޭފުޅަކަށް ވެސް ވާތީ ދާއިރާގެ ރައްޔިތުންގެ ހިތުގައި އެ މަނިކުފާނަށް ހާއްސަ ލޯތްބެއް އޮވެ އެވެ. ކާށިދު އާއި ގާފަރަށް ވެސް ފައިސަލް ވަނީ ގިނަ ކަންތައްތަކެއް ކޮށްދެއްވައިފަ އެވެ.
ފައިސަލަށް މަރުހަބާ ކިޔަން ގާފަރުން ގިނަ ބަޔަކު އިއްޔެ ބަނދަރު ސަރަހައްދަށް ނުކުތީ ވެސް އެ ގާތް ގުޅުމުގެ ސަބަބުން ކަމަށް އެ މަނިކުފާނާ ގާތް ބޭފުޅަކު ވިދާޅުވި އެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ކ. ގާފަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.
"އެ ގުޅުމުގެ ސަބަބުން ކަމަށް ބެލެވެނީ މިހާ ގިނަ ބަޔަކު ނުކުތީ. 250 އެއްހާ މީހުން ސަލާންކުރަން ނުކުމެ ތިބި،" އޭނާ ވިދާޅުވި އެވެ.
ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެ ވަނަ ދައުރަކަށް ވާދަކުރައްވާއިރު، ދެ ވަަނަ ދައުރެއްގައި ވެސް އެ މަނިކުފާނުގެ ރަނިންމޭޓެއްގެ ގޮތުގައި ވާދަކުރެއްވުމުގެ ޝައުގުވެރިން ފައިސަލް ފާޅުކުރެއްވި އެވެ. ނަމަވެސް، ފަހުން ރައީސް ނިންމެވީ އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް ރަނިންމޭޓަކަށް ހަމަޖައްސަވާށެވެ.
ނައިބު ރައީސް ފައިސަލް ނަސީމް ކ. ގާފަރަށް ވަޑައިގަތުމުން މަރުހަބާ ކިޔުން.
ފައިސަލް ފަހުން ވިދާޅުވެފައި ވަނީ އެ މަނިކުފާނު އިސްކުރައްވާނީ ގައުމަށް ފައިދާ ހުރި ގޮތެއް ކަމަށެވެ. އަދި އޭގެ ފަހުން ސިޔާސީ މަސައްކަތްތަކުން އެހާ ބޮޑަށް ފައިސަލް ނުފެނެ އެވެ.
ސައުދީ މުބާރާތުގައި ބައިވެރިވި ކުދިންނާ ބައްދަލުކޮށްފި
ގުރުއާން މުބާރާތް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިފި
ގައުމީ ގުރުއާން މުބާރާތް ފަށައިފި
ގުރުއާން ކިޔަވައިދޭން އިސްކަމެއް ދޭނަން: ނައިބު ރައީސް
ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި
މެމްބަރު ފައިސަލް ނަސީމްގެ އެހީގައި ދަތުގެ ކޭމްޕެއް
މެމްބަރު ފައިސަލް ގާފަރަށް ޑަސްބިންތަކެއް ހަދިޔާކޮށްފި
މެމްބަރު ފައިސަލްގެ ގިނަ އެހީތަކެއް ދާއިރާގެ މީހުންނަށް
ފައިސަލްގެ މެޑިކަލް ކޭމްޕަށް ބޮޑު ތަރުހީބެއް
ކާށިދޫ އާއި ގާފަރުގައި ބޮޑު މެޑިކަލް ކޭމްޕެއް