Roadha Mihaaru
މެމްބަރު ފައިސަލް ގާފަރަށް ޑަސްބިންތަކެއް ހަދިޔާކޮށްފި

މެމްބަރު ފައިސަލް ގާފަރަށް ޑަސްބިންތަކެއް ހަދިޔާކުރައްވައިފި

24 ޑިސެމްބަރ 2017

ކ. ގާފަރު ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ޑަސްބިންތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ކ. ގާފަރު ރައްޔިތުންނަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ޑަސްބިންތަކެއް މިއަދު ހަދިޔާކޮށްފި އެވެ.

ފައިސަލް "މިހާރު" އަށް މިރޭ ވިދާޅުވި ގޮތުގައި ފައިސަލް ފައުންޑޭޝަންގެ ފަރާތުން ގާފަރަށް ހަދިޔާ ކުރީ މީހުން ދިރިއުޅޭ އެކިއެކި ސަރަހައްދުގައި ބެހެއްޓުމަށް 12 ޑަސްބިނެވެ. އަދި ކުރިއަށް އޮތް ތަނުގައި ކާށިދޫގެ އެކި ހިސާބުތަކުގައި ޑަސްބިންތައް ބަހައްޓާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިކަމުގެ ބޭނުމަކީ މި ރަށްރަށުގެ ގުދުރަތީ ރީތިކަން ދަމަހައްޓައި، ސާފުތާހިރު ތަނެއްގެ ގޮތުގައި މި ރަށްރަށް ބޭއްވުން. ރީތި މާހައުލެއް ފެނުމަކީ ރަށުގެ މީހުންނާއި ރަށަށް ޒިޔާރަތް ކުރާ އެންމެހާ މީހުންނަށް ހޯދައިދެވޭނެ އުފަލެއް،" ދާއިރާގެ މީހުންނަށް ގިނަ އެހީތަކެއް ވެދެްްވާ ފައިސަލް ވިދާޅުވި އެވެ.

ގުރުއާން މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނާއެކު ފައިސަލް ފޮޓޯއަކަށް ހުއްޓިވަޑައިގެން

ގުރުއާން މުބާރާތުން ވަނަވަނައަށް ދިޔަ ކުދިންނާއެކު ފައިސަލް ފޮޓޯއަކަށް ހުއްޓިވަޑައިގެން

ފައިސަލް ވިދާޅުވީ "ސާފު ވެށި، މަގޭ ޒިންމާ" މި ޝިއާރުގެ ދަށުން އަންނަ އަހަރު ނިމުމުގެ ކުރިން ކާށިދޫ އާއި ގާފަރުގައި ޕްލާސްޓިކް ކޮތަޅު ބޭނުން ކުރުން ހުއްޓާލައި، ތިމާވެއްޓާ ރައްޓެހި ކޮތަޅު ބޭނުން ކުރުމަށް ކުރަން ޖެހޭ ކަންކަން ކުރަމުން އަންނަ ކަމަށެވެ.

މީގެއިތުރުން ފައިސަލް ވަނީ ޝަހީދު އާދަމް ހަލީމްގެ ހަނދާނުގައި ބޭއްވި ގުރުއާން ކިޔެވުމުގެ މުބާރާތުން އެއްވަނަ އަށް ދިޔަ ގާފަރު، ވޭވްސް، އައިމިނަތު ނުއާޝާ އަށް އުމްރާ ދަތުރެއް ދެއްވައިފަ އެވެ.

މި މުބާރާތަކީ ދެ ރަށުގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ގުރުއާން ކިޔެވުމުގެ ފަންނު ދިރުވައި އާލާކުރުމާއި ދީނީ ހޭލުންތެރިކަން އިތުރު ކުރުމުގެ މަގްސަދުގައި ބާއްވާ މުބާރާތެކެވެ. އެގޮތުން ގާފަރަށް ހުޅުވާލައިގެން މިހާތަނަށް ފައިސަލް ފައުންޑޭޝަނުން ހަތަރު މުބާރާތެއް ބޭއްވި އެވެ.

ފައިސަލް ފައުންޑޭޝަނުން މިހާތަނަށް ގުރުއާން ކިޔެވުމުގެ އަށް މުބާރަތެއް ވަނީ ބައްވައިފަ އެވެ. ކާށިދޫ ދާއިރާގެ އިތުރުން ދެން މި މުބާރާތް ބޭއްވީ ފައިސަލްގެ އުފަން ރަށް ފުވައްމުލަކުގަ އެވެ. ފުވައްމުލަކުގައި އެ ފައުންޑޭޝަނުން މިހާތަނަށް ވަނީ ހަތަރު މުބާރާތެއް ބާއްވައިފަ އެވެ.