Roadha Mihaaru
ކޭބަލް ކާރު އަޅަން ކާށިދޫ ދާއިރާއަށް ބޭރުގެ ތަޖުރިބާކާރެއް

ކާށިދޫ ދާއިރާ ކޭބަލް ކާރުން ގުޅާލުމުގެ ދިރާސާ އަށް ބޭރުގެ ތަޖުރިބާކާރެއް

24 ނޮވެމްބަރ 2019

ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީ ކުންފުނީގެ ތަޖުރިބާކާރުންތަކެއް އެ ދާއިރާގެ ދެ ރަށަށް މިއަދު ހިނގައްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކާށިދޫ ދާއިރާގެ ރަށްތައް ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރުމަށް އިޓަލީ ކުންފުނީގެ ތަޖުރިބާކާރުންތަކެއް އެ ދާއިރާގެ ދެ ރަށަށް މިއަދު ހިނގައްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި އެ ދާއިރާ ތަމްސީލުކުރައްވާ މެމްބަރު އަބްދުﷲ ޖާބިރު ނިސްބަތްވެވަޑައިގަންނަވާ ޕާޓީ، ޑީއާރުޕީން ކުރި ޓްވީޓެއްގައި ބުނީ ގާފަރާއި ކާށިދޫ ކޭބަލް ކާރުން ގުޅާލުމުގެ މަސައްކަތް ދިރާސާކުރަން އައީ އިޓަލީގެ އެންމެ ބޮޑު އިންޖީނިއަރިން ކުންފުނި ކަމަށްވާ ސިންޓެކްނިކާ އިންޖީނިއަރިންގެ ރައީސް ލުކާ އަދި އެސޯސިއޭޓް މާކްސް އެވެ.

ނަމަވެސް އެ މަސައްކަތާ ގުޅޭ ތަފްސީލެއް އަދި ނުލިބެ އެވެ.

އެ ދެ ރަށް ކޭބަލް ކާރުން ގުޅުވާލުމަކީ، މިދިޔަ އޭޕްރީލް މަހު ބޭއްވި މަޖިލިސް އިންތިޚާބުގައި ޖާބިރު ވެވަޑައިގެންނެވި ވައުދެކެވެ. އޭގެ އިތުރުން ވެސް އެ ދެ ރަށުގައި ބޮޑެތި މަޝްރޫއުތައް ހިންގުމަށް ޖާބިރު ވައުދުވެވަޑައިގެންފައި ވެ އެވެ.