09 ޖެނުއަރީ 2018
މޫދަށް އެރިއުޅުމުގެ ތެރެއިން ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ލައިފް ބޯއީ ރިންގްތަކެއް މިއަދު ބަހައްޓައިދީފި އެވެ.
މޫދަށް އެރިއުޅުމުގެ ތެރެއިން ހިނގާފާނެ ނުރައްކާތެރި ހާދިސާތަކުން މީހުންގެ ފުރާނަ ސަލާމަތް ކުރުމުގައި އެހީތެރިވެދިނުމުގެ ގޮތުން، ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު ފައިސަލް ނަސީމްގެ ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކު ސިޓީގެ އެކި ސަރަހައްދުތަކުގައި ލައިފް ބޯއީ ރިންގްތަކެއް މިއަދު ބަހައްޓައިދީފި އެވެ.
ފުވައްމުލަކުގެ ފަސް ސަރަހައްދެއްގައި އެ ރިންގްތައް ބަހައްޓާފައިވާ އިރު އެ ތަކެތި އެ ރަށު ކައުންސިލާ ހަވާލުކޮށްދެއްވީ ފައިސަލް ފައުންޑޭޝަންގެ ޗެއާމަން ފައިސަލް ނަސީމެވެ.
އެ ފައުންޑޭޝަންގެ ޖެނެރަލް ސެކްރެޓަރީ ސާއިމް މޫސާ ވިދާޅުވީ "ރައްކާވެ، ތިބެމާ" ޕްރޮގްރާމްގެ ދަށުން އެ ރަށު ފަސް ސަރަހައްދެއްގައި ޖުމްލަ 20 ރިންގް ބަހައްޓާފައިވާ ކަމަށާއި އެ ތަކެތި ބަހައްޓާފައިވާނީ މޫދަށް އެރި އުޅުމުގެ ތެރެއިން މީހަކަށް ކަމެއް ދިމާވެއްޖެ ނަމަ އެ މީހަކު ސަލާމަތް ކުރުމަށް ބޭނުން ކުރެވޭނެހެން މޫދު ކައިރީގައި ކަމަށެވެ.
ފައިސަލް ފައުންޑޭޝަނުން ފުވައްމުލަކަށް ލައިފް ބޯއީ ރިންގްތައް ހަދިޔާ ކުރުމަށް ބޭއްވި ހަފްލާގައި ފައިސަލް ވާހަކަ ދައްކަވަނީ. -- ފޮޓޯ: ފައިސަލް ފައުންޑޭޝަން
މީގެ ކުރިން ފައިސަލް ފައުންޑޭޝަނުން ވަނީ، ފައިސަލް ތަމްސީލު ކުރައްވާ ކާށިދޫ ދާއިރާގެ ދެ ރަށް ކަމަށްވާ ގާފަރާއި ކާށިދޫ ގޮނޑުދޮށުގައި ވެސް އެފަދަ ރިންގްތައް ބަހައްޓައިދީފަ އެވެ.
ސާއިމް ވިދާޅުވީ އެ ރިންގްތައް ބެހެއްޓުމުގެ އިތުރުން ފުވައްމުލަކު ސިޓީގެ މަގުތަކުގައި ހިނގާ އެކްސިޑެންޓްތައް މަދު ކުރުމަށްޓަކައި އާންމުން ހޭލުންތެރިކުރުމަށް މަގުތަކުގައި ބިލްބޯޑްތަކެއް ވެސް ހަރުކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފައިސަލް ފައުންޑޭޝަނަކީ ހިލޭ ސާބަހަށް މުޖުތަމައަށް ފައިދާ ހުރި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ފައުންޑޭޝަނެކެވެ.
ފުވައްމުލަކުން ރަނގަޅު އިޖާބައެއް ދޭނެ: ފައިސަލް
ރައީސަށް ފުވައްމުލަކުން ހޫނު މަރުހަބާއެއް
ނައިބު ރައީސްގެ ފަންނުވެރިކަން "މިލޭނިއަމް"ގައި
"ތިމާވެއްޓާ ރައްޓެހި ދިރިއުޅުމަކަށް ބަދަލުވާންޖެހޭ"
"މިސްރާބަކީ ޓިނު ނެގުން ފަދަ ހުތުރު ކަންކަމެއް ނޫން"
"އެންމެ ފުޅާކޮށް ކުރާ މަސައްކަތަކީ ލާމަރުޒުކުރުން"
ނައިބު ރައީސް ފުވައްމުލަކާއި އައްޑުއަށް
ފައުޒާންގެ ގުރުބާނީން ގައުމު ރޮއްވާލި: ރައީސް
ނައިބު ރައީސް ފައިސަލް އައްޑޫގައި
ނައިބު ރައީސް، އެމްޓީސީސީގެ މަސައްކަތްތައް ބައްލަވައިފި