28 ސެޕްޓެމްބަރ 2022
ސައުދީ އަރަބިއްޔާގައި ބޭއްވި އިންޓަނޭޝަނަލް އެންމެ ބޮޑު ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ ދަރިވަރުންނާ، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
ސައުދީ އަރަބިއްޔާގައި ބޭއްވި އިންޓަނޭޝަނަލް އެންމެ ބޮޑު ގުރުއާން މުބާރާތުގައި ރާއްޖެ ތަމްސީލުކުރި ދެ ދަރިވަރުންނާ، ނައިބު ރައީސް ފައިސަލް ނަސީމް މިއަދު ބައްދަލުކުރައްވައިފި އެވެ.
މި މަހުގެ 10-21 ވަނަ ދުވަހާ ހަމައަށް "ކިންގް އަބްދުލް އަޒީޒް އިންޓަނޭޝަނަލް ހޯލީ ގުރުއާން" ގެ ނަމުގައި ބޭއްވި މުބާރާތުގައި ރާއްޖެއިން ބައިވެރިވީ، ސިވިއަ އޯޓިޒަމް ހުންނަ އަހުމަދު ނަބީހު އަބްދުލްގާދިރާއި އަރަބިއްޔާ ސްކޫލުގެ ދަރިވަރު މުހައްމަދު ޔޫޝައު އެވެ.
ރައީސް އޮފީހުގައި ނަބީހު އާއި ޔޫޝައުގެ އިތުރުން އެ ދެ ކުދިންގެ މައިންބަފައިންނާ ބައްދަލުކުރައްވައި ނައިބު ރައީސް ވިދާޅުވީ ސައުދީގެ ބޮޑު މުބާރާތުގައި އެ ކުދިން ބައިވެރިވުމަކީ ރާއްޖެއަށް ލިބުނު ރީތި ނަމަކާ ޝަރަފެއް ކަމަށެވެ. އެހެންވެ، އެ މަނިކުފާނު ވަނީ އެކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ހާއްސަކޮށް، މުބާރާތުގެ ފައިނަލުގައި ގުރުއާން ކިޔެވި ނަބީހުގެ ކާމިޔާބީ ފާހަގަކުރެއްވި އެެވެ.
އެ މުބާރާތުގައި 112 ގައުމަކުން، 153 ކުދިން ބައިވެރިވި އެވެ.
ނައިބު ރައީސް ވިދާޅުވީ ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނީ ގުރުއާނަށް ކުދިން ހިތްޖައްސައި އެ ކުދިންނަށް ވީހާވެސް ގިނަ ފުރުސަތުތައް ހޯދައިދީ އެހީތެރިކަން ދިނުމަށް ކަމަށެވެ. އެ ބައްދަވުމުގައި މި ދެ ދަރިވަރުންގެ ބެލެނިވެރިން ވަނީ އެ ކުދިންގެ ކަންކަމުގައި ސަރުކާރުން ދޭ އެއްބާރުލުމާއި އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.
ސައުދީގެ އެންމެ ބޮޑު މުބާރާތުގައި ބައިވެރިވި ދެ ކުދިންނާ ނައިބު ރައީސް ބައްދަލުކުރެއްވިއިރު، އެ މުބާރާތުގެ ފައިނަލުގައި ކިޔެވުމަށްފަހު ނަބީހު ރާއްޖެ އައުމުން އެކަން ސަރުކާރުން ފާހަގަނުކުރުމުން އާއިލާއިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ފައިސަލް ގާފަރަށް ވަޑައިގަތުމުން ހޫނު މަރުހަބާއެއް
ގުރުއާން މުބާރާތް ކުރިއަށްދާ ގޮތް ރައީސް ބައްލަވައިފި
ގައުމީ ގުރުއާން މުބާރާތް ފަށައިފި
ގުރުއާން ކިޔަވައިދޭން އިސްކަމެއް ދޭނަން: ނައިބު ރައީސް
ނައިބު ރައީސް ދިއްދުއަށް ވަޑައިގެންފި
މިއަދު ވިސްނަންވީ ހަރަދު ކުޑަކުރަން: ފައިސަލް
ގުރުއާން ހިތުދަސްކުރި 32 ހާފިޒަކަށް ތާޖު
ހާފިޒުން ދަސްވެނިވުމުގެ ހަފުލާ ކުލަގަދަކޮށް ބާއްވަނީ
ގުރުއާންގެ އިލްމު ކުރިއަރުވަން ރައީސްގެ ނިންމެވުންތަކެއް
ގުރުއާން ހިތުދަސްކުރަން ބާރުއަޅަން އެލަވަންސެއް ދެނީ