21 ނޮވެމްބަރ 2018
ޕެރިސް (ނޮވެމްބަރު 21) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބުނު ނަމަވެސް އެއީ ފްރާންސް މާޔޫސްވާންޖެހޭ ސަބަބެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ޕެރިސް (ނޮވެމްބަރު 21) - ޔުއެފާ ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބުނު ނަމަވެސް އެއީ ފްރާންސް މާޔޫސްވާންޖެހޭ ސަބަބެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.
ނޭޝަންސް ލީގުގެ ސެމީ ފައިނަލުން ފްރާންސް އޮތް ގްރޫޕުން ސެމީގެ ފުރުސަތު ހޯދީ ނެދަލެންޑްސް އެވެ. ފްރާންސާ އެއްވަރަށް ޕޮއިންޓް ލިބުނު ނަމަވެސް ނެދަލެންޑްސް އަށް ކުރިލިބުނީ ފައިދާ ލަނޑުންނެވެ. އަނެއްކޮޅުން ފްރާންސުން ބަލިނުވެ ދަމަހައްޓަމުން އައި 15 މެޗުގެ ސިލްސިލާ އަށް ނިމުން ގެނައީ ވެސް ނެދަލެންޑްސް އިންނެވެ.
އަންނަ އަހަރު އޮންނަ ނޭޝަންސް ލީގުގެ ސެމީގައި ނެދަލެންޑްސްގެ އިތުރުން ކުޅެނީ އިންގްލެންޑާއި ސްވިޒަލެންޑް އަދި ޕޯޗުގަލް އެވެ. ރޭ ޕޯޗުގަލް ކުޅުނު ނޭޝަންސް ލީގު ފަހު މެޗުން ވަނީ ޕޮލެންޑާ 1-1 އިން އެއްވަރުވެފަ އެވެ.
ރޭ ފްރާންސް ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ އޮލިވިއޭ ޖިރޫޑްގެ ގޯލުން 1-0 އިން އުރުގުއޭ ބަލިކޮށްފަ އެވެ. އެ މެޗަށް ފަހު ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެމުން ޑެޝޯމްޕްސް ވަނީ ނޭޝަންސް ލީގު ސެމީން ފުރުސަތު ނުލިބުމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
"އަހަރެމެން އަތުގައި އޮތް ފުރުސަތެއް ގެއްލުނީ. އެކަމަކު މާޔޫސްނުވަން. އެއީ މީގެ ހަތަރު މަސް ކުރިން އަހަރެމެން ވާނީ ދުނިޔޭގެ ޗެމްޕިއަންކަން ހޯދާފައި. އަހަރެމެންނަށް މި މުބާރާތުގައި ފަރުޖައްސާލެވޭވަރުގެ ނަތީޖާއެއް ނެރެވިއްޖެ،" ޑެޝޯމްޕްސް ބުންޏެވެ.
އޭނާ ބުނީ އާ ފެށުމަކުން ފަށަން ރޭ އުރުގުއޭ އަތުން ލިބުނީ ރަނގަޅު މޮޅެއް ކަމަށެވެ. ރޭގެ މެޗުގައި ކޮނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން ފްރާންސްގެ ޒުވާން ފޯވާޑް ކިލިއަން އެމްބާޕޭ ވަނީ ބަދަލުކޮށްފަ އެވެ. ޑެޝޯމްޕްސް ބުނީ އެމްބާޕޭ އަށް ސީރިއަސް އަނިޔާއެއް ނުލިބޭ ކަމަށެވެ.
ރޭ ބްރެޒިލް ކުޅުނު އެކުވެރިކަމުގެ މެޗުން ވަނީ އެވަޓަންގެ ފޯވާޑް ރިޗާލިސަން ޖެހި ހަމައެކަނި ގޯލުން 1-0 އިން ކެމަރޫން ބަލިކޮށްފަ އެވެ. މި މެޗުގައި ބްރެޒިލްގެ ތަރި ނޭމާ އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވަނީ ބަދަލުކޮށްފަ އެވެ.
ލިއޮނަލް މެސީ ނެތި އާޖެންޓީނާ ކުޅުނު މެޗުން ވަނީ ރޭ 2-0 އިން މެކްސިކޯ ބަލިކޮށްފަ އެވެ. މި މެޗުގައި އާޖެންޓީނާގެ ލަނޑުތައް ޖެހީ ޕައޮލޯ ޑީބަލާ އާއި މައުރޯ އިކާޑީ އެވެ. މެޗަށް ފަހު އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ބުނީ އޭނާ ހަވާލުވި ފަހުން އާޖެންޓީނާ އިން ކުރިއެރުން ހޯދަމުން އަންނަ ކަމަށާއި މިހާރު އެ ޓީމު އޮތީ ރަނގަޅު މިސްރާބުގައި ކަމަށެވެ.
ބެންޒެމާގެ ވާހަކަ ދައްކަން ޑިޝޯމްޕްސް ބޭނުމެއް ނުވި
ފްރާންސް އެފްއޭގެރައީސް ހޮވީ އެމެޗާ ކްލަބްތަކުގެ ވޯޓުން
ބޯޑޯއާއެކު ކެރޯލް ފްރާންސްގެ ހަތަރު ވަނަ ޑިވިޝަނުގައި
ބޯޑޯގެ އާ ފެށުން؛ ސަލާމަތްވީ ކީޕަރު ޖެހި ގޯލުން
އޮލިމްޕިކްސްގެ ފައިނަލަށް ފްރާންސާއި ސްޕެއިން
އޮލިމްޕިކްސްގެ ފެށުން ދިޔައީ ހައިޖާނު ބޮޑުކޮޮށް
އެންމެ ގިނަ ގޯލްގެ ރެކޯޑާއެކު ޖިރޫ ގައުމީ ޓީމާ ދުރަށް
ގިނަ މީހުން ބުނަނީ މިރޭ ސްޕެއިން މޮޅުވާނެ ކަމަށް
ފްރާންސް ސެމީއަށް، ރޮނާލްޑޯ ހުސްއަތާ ނިންމާލައިފި
ޔޫރޯގައި ފްރާންސްގެ ކީޕަރު ކުއްލިއަކަށް ގެއްލުން