Roadha Mihaaru
"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އެޕްރީލްގައި

"ގޭމް އޮފް ތުރޯންސް" ގެ ފަހު ސީޒަން އަންނަ އެޕްރީލްގައި

15 ނޮވެމްބަރ 2018

ޓީވީ ސިލްސިލާތަކަށް ބޮޑު އިންގިލާބެއް ގެނައި އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފު ތުރޯންސް" ގެ ފަހު ސީޒަން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޓީވީ ސިލްސިލާތަކަށް ބޮޑު އިންގިލާބެއް ގެނައި އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފު ތުރޯންސް" ގެ ފަހު ސީޒަން އަންނަ އެޕްރީލް މަހުގެ ތެރޭގައި ފަށަން ނިންމައިފި އެވެ.

ފަހު ސީޒަންގެ ޕްރޮމޯއެއް ވެސް ބެލުންތެރިންނަށް މިހާރު ވަނީ ދައްކާލައިފަ އެވެ. ނަމަވެސް "ގޭމް އޮފް ތުރޯންސް" ގެ އަށް ވަނަ ސީޒަން ދައްކަން ފަށާނެ ސީދާ ތާރީހެއް އަދި އިއުލާނެއް ނުކުރެ އެވެ.

މި ސިލްސިލާގެ އަހުލުވެރިން ކެތްތެރިކަމެއް ނެތި، މިއަށް އިންތިޒާރު ކުރަމުން އަންނަ އިރު، ފަހު ސީޒަން ވެސް ވެގެން ދާނީ ކުރީގެ ހަތް ސީޒަންގެ ހަނދާންތަކާ އެކު، "ގޭމް އޮފު ތުރޯންސް" ގެ ރަސްކަމުގެ ތެރެއިން ބެލުންތެރިން ކައްކުލައިވާނެ ސީޒަނަކަށެވެ.

މި ވަގުތު އާ ސީޒަނުގެ ޕްރޮމޯ އިން ފުއްދާލައިގެން ދުވަސް ގުނާލަގުނާލައި ތިބެންވީ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ އާ ސީޒަންގެ ޕްރޮމޯ.

"ގޭމް އޮފް ތުރޯންސް" ފަހު ސީޒަންގެ ހަ އެޕިސޯޑާ އެކު މީގައި ސިއްކަ ޖަހާއިރު، މި ފަހަރު މި ލިޔެފައި ވަނީ ޑޭވް ހިލް އެވެ. ޑައިރެކްޓަރަކީ ޑޭވިޑް ނަޓާ އެވެ. އަދި ކުރީގެ ސީޒަންތަކުން ވެސް ފެނިގެން ދިޔަ މައިގަނޑު ކާސްޓުން މި ފަހަރު ވެސް ފެނިގެން ދާނެ އެވެ.

"ގޭމް އޮފް ތުރޯންސް" ގެ ޓްވީޓެއް.

"ގޭމް އޮފު ތުރޯންސް" ގެ ހަތް ވަނަ ސީޒަން ނިންމައިލީ މިދިޔަ އަހަރުގެ އޮގަސްޓް މަހުގެ 27 ގަ އެވެ. ދެހާސް އެގާރައިގައި ގެނެސް ދޭން ފެށި ސިލްސިލާގެ 67 އެޕިސޯޑް މިހާތަނަށް ގެނެސް ދީފައިވެ އެވެ. އާ ސީޒަންގެ މަސައްކަތް ފެށީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ. އަދި ޝޫޓިން ނިންމައިލީ މަސައްކަތް ފެށިތާ 10 މަސް ތެރޭގަ އެވެ.

މި ސިލްސިލާވެގެން ގޮސްފައި ވަނީ އެތަކެއް އެވޯޑެއް ވެސް ހޯދި ވަރަށް މަގުބޫލު ސިލްސިލާއަކަށެވެ. "ގޭމް އޮފް ތުރޯންސް" އިން ވަނީ ގޯލްޑެން ގްލޯބާއި ޕްރައިމްޓައިމް އެމީ އެވޯޑް ވެސް ހާސިލުކޮށްފަ އެވެ.

"Game of Thrones" ge prequel eh genes dhenee

"Game of Thrones" ge prequel eh genes dhenee

The most trusted news source in the Maldives

Mihaaru

"ގޭމް އޮފް ތުރޯންސް" ގެ ޕްރިކްއެލް އިއުލާން ކުރީ މިދިޔަ ޖޫންގައި.

"ގޭމް އޮފް ތުރޯންސް" އަށް އަންނަ އަހަރު ނިމުމެއް އަޔަސް އުފާވެރި ހަބަރަކީ މީގައި ކިޔައިދޭ ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާ ކަންތައްގަނޑެއްގެ ވާހަކަ ޕްރިކްއެލްއެއްގެ ގޮތުގައި ވެސް ގެނެސް ދޭން ނިންމާފައިވުމެވެ.