13 ނޮވެމްބަރ 2018
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކުރުމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން، ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން އައްޔަން ކުރުމަށް މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ.
ފާރިސް ޖޭއެސްސީގެ މެމްބަރު ކަމަށް އައްޔަން ކުރަން ފާސް ކުރީ، ކުރިން އެ މަގާމުގައި ހުންނެވި ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާގެ މައްޗަށް އިތުބާރު ނެތް ކަމުގެ ވޯޓު ނަގައި މަގާމުން ދުރު ކުރުމަށް ފަހު އެވެ. ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަ ކުރައްވައިފަ އެވެ.
ޖޭއެސްސީގެ މެމްބަރުކަމަށް ފާރިސް އައްޔަން ކުރަން ފެންނަ ކަމަށް ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 68 މެމްބަރުންގެ ތެރެއިން 67 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ. ފާރިސް އެ މަގާމަށް އައްޔަން ކުރަން ނުފެންނަ ކަމަށް މެމްބަރަކު ވޯޓު ނުދެއްވަ އެވެ.
ފާރިސްގެ އިތުރުން، ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދުގެ ނަން ވެސް ހުށަހެޅުއްވި އެވެ. ނަމަވެސް، އަހުމަދު ރަޝީދު ވަނީ ނަން އަނބުރާ ގެންދަވައިފަ އެވެ.
ޖަލްސާގައި އަހުމަދު ރަޝީދު ވިދާޅުވީ މިހާރުގެ މަސްރަހު ހުރި ގޮތުން، އެ މަގާމު އަދާ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންވެ، ފާރިސަށް ޖޭއެސްސީގެ މެމްބަރު ކަން ކުރެއްވުމުގެ ފުރުސަތު ދެއްވައި އެ މަގާމުން ތަނާޒުލުވެވަޑައިގަތުމަށް ނިންމެވީ ކަމަށް އޭނާ ވިދާޅުވި އެވެ.
އިދިކޮޅު ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ފަރާތުން ފާރިސްގެ ނަން ހުށަހެޅުއްވީ ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އަދި އެ ނަމަށް ތާއީދު ކުރެއްވީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ރޮޒައިނާ އާދަމެވެ.
ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވި މައްސަލަ އެ ގޮތަށް ފާސްވުމާ ގުޅިގެންނެވެ. ރިޒާ ވަކި ކުރި އިރު، އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ ޖޭއެސްސީގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާ އެކު ކަމަށެވެ.
ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ މަޖިލީހުން ކަނޑައަޅާ މެމްބަރެވެ.
ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
ފާރިސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި
ޖޭއެސްސީއަށް ފާރިސް އާއި އަހުމަދުގެ ރަޝީދުގެ ނަން
ޖޭއެސްސީއަށް އިދިކޮޅު ކޯލިޝަނުން ހަތަރު ބޭފުޅެއްގެ ނަން
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކޮށްފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ފަނޑިޔާރު ޑީޑީއަށް އޮތީ ޖަލުގެ ގޮޅި:ބައެއް މެމްބަރުން
ފަނޑިޔާރު ޑީޑީ ވަކިކުރަން ނިންމައި މައްސަލަ ތަޅުމަށް
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!