12 ނޮވެމްބަރ 2018
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ ކޮމިޝަނުން ވަކިކުރުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން އެ މަގާމަށް ހަތަރު ބޭފުޅެއްގެ ނަން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅަން ނިންމައިފި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ ކޮމިޝަނުން ވަކިކުރުމާ ގުޅިގެން، އިދިކޮޅު ކޯލިޝަނުން އެ މަގާމަށް ހަތަރު ބޭފުޅެއްގެ ނަން ޖޮއިންޓް ޕާލަމެންޓްރީ ގުރޫޕަށް ހުށަހަޅަން ނިންމައިފި ކަމަށް "މިހާރު" އަށް އެނގިއްޖެ އެވެ.
އެއީ ދިއްގަރު ދާއިރާގެ މެމްބަރު އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަހުމަދު ފާރިސް މައުމޫނާއި ކެންދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަލީ ހުސައިނާއި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އަދި ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރެވެ.
އެ ހަތަރު ބޭފުޅުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް ހުށަހަޅާނެ ނަމެއް، އިދިކޮޅު ކޯލިޝަންގެ ޕާލަމެންޓްރީ ގުރޫޕުގެ މިރޭގެ ބައްދަލުވުމުގައި ކަނޑައަޅަން ކުރިން އޮތީ ނިންމައިފަ އެވެ. އެކަމަކު، އެކަން މިހާރު ވަނީ މާދަމާގެ ވަގުތަކަށް ފަސްކޮށްފަ އެވެ.
މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީއަށް ބޭފުޅަކު ކަނޑައެޅުން މަޖިލީހުގެ މާދަމާގެ ޖަލްސާގައި އޮންނާނެ އެވެ.
މިދިޔަ ސެޕްޓެމްބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ކާމިޔާބު ކުރެއްވުމުން، ރާއްޖޭގެ ސިޔާސީ މަސްރަހަށް އައިސްފައިވާ ބޮޑު ބަދަލާ އެކު، ރައްޔިތުންގެ މަޖިލީހުގައި މިހާރު އޮތީ އިދިކޮޅު ފަރާތްތަކުގެ އަޣުލަބިއްޔަތެވެ. އެހެންވެ، މަޖިލީހުން މިހާރު ކަންކަން ފާސްވަނީ އެ ކޯލިޝަނުން ބޭނުންވާ ގޮތަކަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ޖޭއެސްސީގެ މެމްބަރުކަމުން ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު ރިޒާ ވަކިކުރީ އޭނާގެ އިތުބާރު ނެތްކަމަށް ބުނެ، އިދިކޮޅު ކޯލިޝަންގައި ހިމެނޭ ވައިކަރަދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް ހުށަހެޅުއްވުމުންނެވެ. އިދިކޮޅު ކޯލިޝަންގެ މެމްބަރުންގެ ވޯޓުން ރިޒާ ވަކި ކުރިއިރު، އޭނާ ވިދާޅުވަމުން ގެންދެވީ އޭނާ ޖޭއެސްސީގައި މަސައްކަތް ކުރެއްވީ އަމާނާތްތެރިކަމާ އެކު ކަމަށެވެ.
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކުރީ، މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 42 މެމްބަރުންގެ ވޯޓުންނެވެ. ރިޒާ މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ޖޭއެސްސީގައި ތިއްބަވާ 10 މެމްބަރުންގެ ތެރެއިން ތިން މެމްބަރުންނަކީ ސީދާ މަޖިލީހުން ކަނޑައަޅާ މެމްބަރުންނެވެ. އެއީ މަޖިލީހުގެ ރައީސާއި މަޖިލީހުން ކަނޑައަޅާ މެމްބަރުގެ އިތުރުން އާންމުންގެ ތެރެއިން އެ ކޮމިޝަނަށް ކަނޑައަޅާ މެމްބަރެވެ. އާންމުންގެ ތެރެއިން އެ ކޮމިޝަނަށް މެމްބަރުން ކަނޑައަޅަނީ ވެސް މަޖިލީހުންނެވެ.
ޖޭއެސްސީގައި ދެން ބާކީ ތިއްބަވާ ހަތް މެމްބަރުންނަކީ ރައީސުލްޖުމްހޫރިއްޔާގެ މެމްބަރަކާއި ބަންޑާރަ ނައިބާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ އިތުރުން ވަކީލުންގެ ތެރެއިން އިންތިޚާބުކުރާ މެމްބަރަކާއި ތިން މަރުހަލާގެ ކޯޓުތަކުގެ ތިން ފަނޑިޔާރެކެވެ.
ލަތީފާ ޖޭއެސްސީއަށް ހޮވީ ފަނޑިޔާރުންގެ ވޯޓުން: އިންތި
ފާރިސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި
ޖޭއެސްސީ އަށް ފާރިސް އައްޔަން ކުރަން ފާސްކޮށްފި
ޖޭއެސްސީއަށް ފާރިސް އާއި އަހުމަދުގެ ރަޝީދުގެ ނަން
ގިނަ މެންބަރުންގެ ޚިޔާލަކީ ދެ ޔުނިވަސިޓީ އެއްކޮށްލުން
ސުޕްރީމް ކޯޓު އޮތީ ފެއިލްވެފައި، އުވާލަންވީ:މެމްބަރުން
ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކޮށްފި
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
ފަސް އަހަރުގެ މަސައްކަތާ މެދު ހިތްހަމަޖެހުމާއި ޝުކުރު!