17 ޖޫން 2019
ވަކީލުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތަމްސީލް ކުރައްވާ ލަތީފާ ގާސިމަކީ ފަނޑިޔާރުންގެ ވޯޓުން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
ވަކީލުންގެ ފަރާތުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ތަމްސީލް ކުރައްވާ ލަތީފާ ގާސިމަކީ ފަނޑިޔާރުންގެ ވޯޓުން އެ މަގާމަށް އިންތިހާބުވެވަޑައިގެންނެވި މެމްބަރެއް ކަމަށް މާފަންނު އުތުރު ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ސްޕޯކްސްޕާސަން އިމްތިޔާޒް ފަހުމީ (އިންތި) މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ފަންނުގެ ބިލް އޮތް ގޮތުން، ވަކީލުންގެ ވޯޓަކުން ޖޭއެސްސީގައި އިންނަވާ މެމްބަރު ލަތީފާގެ ދައުރު ހަމަވުމުގެ ކުރިން އޭނާގެ މެމްބަރުކަން ގެއްލެ އެވެ. އެ ބިލް ގާނޫނަކަށް ވުމާ އެކު ލަތީފާގެ މެމްބަރުކަން ގެއްލި، ވަކީލުންގެ ފަރާތުން އާ މެމްބަރަކު ޖޭއެސްސީއަށް ހޮވަން މުއްދަތެއް ވަނީ ކަނޑައަޅައިފަ އެވެ.
ގާނޫނުއަސާސީގެ 161 ވަނަ މާއްދާގެ ހ. ބުނާ ގޮތުން ޖޭއެސްސީގައި ވަކީލުންގެ ފަރާތުން އިންނަވާ މެމްބަރަކީ ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކޮށްފައިވާ މެމްބަރެއް ކަމަށް ވާއިރު، ލަތީފާގެ ޖޭއެސްސީގެ މެމްބަރު ކަމުގެ އެ ދައުރު ހަމަވަނީ އަންނަ ނޮވެމްބަރު މަހަށެވެ.
މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) ކޮމިޓީގެ ބައްދަލުވުމެއްގައި މެމްބަރުންނާ މަޝްވަރާ ކުރައްވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު
ގާނޫނީ ފަންނުގެ ބިލަށް ބަހުސް ކުރައްވަމުން އިންތި ވިދާޅުވީ ލަތީފާ އަކީ ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން އެ ކޮމިޝަނަށް އައްޔަން ކުރައްވާފައިވާ މެމްބަރެއް ނޫން ކަމަށެވެ. އެހެންކަމުން ބިލުގެ ތެރެއިން މިކަމަށް ހައްލެއް ގެންނަން ޖެހޭނެ ކަމަށް ވެސް އިންތި ވިދާޅުވި އެވެ.
"ވަކީލް އިންތިހާބު ކުރެވުނީ ކުއްލިއަކަށް ފަނޑިޔާރުން ވަކީލުންނަށް ވެވަޑައިގަތީމަ. ފަނޑިޔާރުކަން ދޫކޮށްލާފައި ވަކީލުންނަށް ވަޑައިގެން ވޯޓު ދެއްވީ. އެހެންވީމަ ފެށުން މުޅިން ނުބައިކޮށް އޮތީ،" ލަތީފާ އައްޔަން ކުރީ ގާނޫނުއަސާސީއާ މުޅިން ހިލާފަށް ކަން ފާހަގަ ކުރައްވައި އިންތި ވިދާޅުވި އެވެ.
ގާނޫނީ ފަންނުގެ ބިލް އޮތް ގޮތުން ލަތީފާގެ މަގާމު ގެއްލިދާނެ ކަމަށް ބައެއް މެމްބަރުން ވިދާޅުވި ވާހަކަތަކަށް ރައްދު ދެއްވައި އިންތި ވިދާޅުވީ މީގެކުރިން ގާނޫނެއް ފާސްކޮށް، ކޮމިޝަންގެ މެމްބަރެއްގެ މަގާމު ގެއްލިފައިވާ ކަމަށެވެ. އެކަމަކު، އިންތިގެ ވާހަކައިގައި މަގާމު ގެއްލުނީ ކޮން ބޭފުޅެއްގެ ކަމެއް ވިދާޅެއް ނުވެ އެވެ.
މަޖިލިހުގައި ކުރިން ބޭއްވި ޖަލްސާއެއްގައި މި ބިލަށް ބަހުސް ކުރައްވަމުން ތުޅާދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހިސާން ހުސެއިން ވެސް ވިދާޅުވި ގޮތުގައި ލަތީފާ ޖޭއެސްސީ އަށް ވަޑައިގެންނެވީ ގާނޫނުއަސާސީގެ ރޫހާ ހިލާފަށެވެ. އަދި ބިލްގެ ބޭނުމަކީ އެ ގޯސް ރަނގަޅު ކުރުން ކަމަށް ވިދާޅުވި އެވެ.
އެކަމަކު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ ވިދާޅުވީ ބިލްގެ ބައެއް މާއްދާތައް ހުރީ ގާނޫނުއަސާސީއާ ފުށުއަރާ ގޮތަށް ކަމަށެވެ.
ކ. ގުރައިދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހިމް ރިޒާ. --- ފޮޓޯ: މަޖިލިސް
އެގޮތުން ގާނޫނުއަސާސީގައި ޖޭއެސްސީގެ މެމްބަރުންނަށް ފަސް އަހަރުގެ ދައުރެއް ލިބިގެންވާ ކަން އެނގެން އޮންނަ ކަމަށާއި ޖޭއެސްސީ އަށް އައްޔަން ކުރެވޭ މީހުން މަގާމުން ވަކިކުރާނީ އެ ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުން ކަމަށް ގާނޫނުއަސާސީގައިވާ އޮންނަކަން އޭނާ ފާހަގަކުރެއްވި އެވެ.
އެހެންވެ، ލަތީފާގެ މަގާމު ގެއްލޭ ގޮތަށް ގާނޫނީ ފަންނުގެ ބިލްގައި ހިމެނި މާއްދާ އުނިކުރުން މުހިންމު ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ. އަދި ލަތީފާ އަކީ ވަކީލުންގެ ތެރެއިން ސިއްރު ވޯޓަކުން އައްޔަންކޮށްފައި ހުންނެވި މެމްބަރެއް ކަމަށް ވެސް ރިޒާ ވިދާޅުވި އެވެ.
ރިޒާ ވިދާޅުވި ގޮތުގައި ގާނޫނުއަސާސީ އާއި ގާނޫނުތަކާ އެއްގޮތަށް ޖޭއެސްސީގެ މެމްބަރަކު އަމަލު ނުކުރައްވާ ނަމަ، އޭނާ ވަކި ކުރަން ޖެހޭނީ އައްޔަން ކުރި ފަރާތުންނެވެ. އެގޮތުން ލަތީފާ އަކީ ގާބިލް ބޭފުޅެއް ނޫން ކަން ކަނޑައަޅަން ޖެހޭނީ ވަކީލުންގެ މެޖޯރިޓީ ލިބިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނު ހެދުމުގެ ބާރު މަޖިލިހަށް ލިބިގެންވާ ނަމަވެސް، ގާނޫނުއަސާސީއާ އެއްގޮތްވާ ގޮތުގެ މަތިން. ގާނޫނުއަސާސީއާ ހިލާފުވާ ގޮތަކަށް އެއްވެސް ގާނޫނެއް ނުހެދޭނެ،" ރިޒާ ވިދާޅުވި އެވެ.
ލަތީފާ 2014 ވަނަ އަހަރު ކޮމިޝަނަށް އިންތިހާބުުކުރުމުގެ ކުރިން ސުޕްރީމް ކޯޓުން ވަނީ ފަނޑިޔާރުންނަކީ ވެސް ވަކީލުންގެ ގޮތުގައި ބެލެވޭނެ ބައެއް ކަމަށް ކަނޑައަޅައި، އެ އިންތިހާބުގައި ފަނޑިޔާރުންނަށް ވޯޓު ލެވޭ ގޮތް ހަދައިފަ އެވެ.
ޖޭއެސްސީއަށް އިދިކޮޅު ކޯލިޝަނުން ހަތަރު ބޭފުޅެއްގެ ނަން
ސުޕްރީމް ކޯޓު އޮތީ ފެއިލްވެފައި، އުވާލަންވީ:މެމްބަރުން
ޖޭއެސްސީގެ މެމްބަރުން ކޮމިޓީ އަށް ހާޒިރުކުރަނީ
ފާރިސް ޖޭއެސްސީގެ މެމްބަރުކަމުގެ ހުވާ ކުރައްވައިފި
ޖޭއެސްސީ އަށް ފާރިސް އައްޔަން ކުރަން ފާސްކޮށްފި
ޖޭއެސްސީއަށް ފާރިސް އާއި އަހުމަދުގެ ރަޝީދުގެ ނަން
ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިކޮށްފި
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
ދެ ފަނޑިޔާރުންގެ މައްސަލަ:މަޖިލީހާއި ޖޭއެސްސީ ކޯޅެނީ
މުއުތަސިމާއި ސުއޫދު ސުޕްރީމް ކޯޓަށް އައްޔަންކޮށްފި