ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރަން މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރުމާ އެކު، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިވީ އެވެ.
12 ނޮވެމްބަރ 2018
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާފައިވާ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރަން މަޖިލީހުން ދެންމެ ފާސްކޮށްފި އެވެ. މިގޮތަށް ފާސްކުރުމާ އެކު، ޖޭއެސްސީގެ މެމްބަރުކަމުން ރިޒާ ވަކިވީ އެވެ.
ޖޭއެސްސީގައި ރައްޔިތުންގެ މަޖިލިސް ތަމްސީލް ކުރައްވާ، ގުރައިދޫ ދާއިރާގެ މެމްބަރު ރިޒާ މަގާމުން ވަކި ކުރަން މަޖިލީހަށް ހުށަހެޅުއްވީ ވައިކަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު ނާޒިމެވެ. ޖޭއެސްސީގެ މެމްބަރު ކަމުން ރިޒާ ވަކި ކުރަން ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 67 މެމްބަރުންގެ ތެރެއިން 42 މެމްބަރުން ވޯޓު ދެއްވި އެވެ. ރިޒާ މަގާމުން ވަކި ކުރަން ނުފެންނަ ކަމަށް 24 މެމްބަރުން ވޯޓު ދެއްވި އެވެ. އަދި ވަކި ގޮތަކަށް ވޯޓު ނުދެއްވާ އެއް މެމްބަރަކު އިންނެވި އެވެ.
ގާނޫނުއަސާސީގައިވާ ގޮތުން، ޖޭއެސްސީއަށް އައްޔަން ކުރެވޭ މީހުން އެ މަގާމުން ވަކި ކުރާނީ އެ މީހަކު ކޮމިޝަނަށް އައްޔަން ކުރި ފަރާތަކުންނެވެ. މަޖިލީހުގެ ގަވައިދުގައިވާ ގޮތުން މިނިވަން މުސްތަގިއްލު މެމްބަރުންނާއި މިނިވަން މުސްތަގިއްލު މަގާމުތަކުގައި ތިބޭ މީހުން މަގާމުން ވަކިވެއްޖެ ކަމަށް ބަލާނީ އެ މީހެއްގެ އިތުބާރު ނެތް ކަމަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ.
މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ އަށް ބަހުސް ކުރެއްވި އިދިކޮޅު މެމްބަރުން ރިޒާ އަށް ފާޑު ވިދާޅުވި އިރު، ޕީޕީއެމްގެ މެމްބަރުން ވާހަކަ ދެއްކެވީ އޭނާގެ ދިފާއުގަ އެވެ.
އިދިކޮޅު ބައެއް މެމްބަރުން ވިދާޅުވި ގޮތުގައި ޖޭއެސްސީ އަކީ ޝަރުއީ ނިޒާމުގެ މައި ތަނބު ކަމަށްވާ އިރު، ރައީސް އަބްދުﷲ ޔާމީންގެ އަނިޔާވެރިކަން ހިންގުމުގައި ބައިވެރިވެވަޑައިގެންނެވި އެއް މެމްބަރަކީ ރިޒާ އެވެ. އެގޮތުން ޝަރުއީ ނިޒާމުގެ ތެރެއަށް "އަތް ބާނައިގެން" ހުރިހާ ކަމެއް ކުރިއަށް ދިޔައީ ރިޒާގެ އެއްބާރުލުމާ އެކު ކަމަށާއި އެކަމާ ފިޔަވަޅު އަޅަން ޖެހޭނެ ކަމަށް މެމްބަރުން ވިދާޅުވި އެވެ.
ނަމަވެސް، ވެރިކަން ކުރާ ޕާޓީ ޕީޕީއެމްގެ މެމްބަރުން ވިދާޅުވީ ރިޒާ އަކީ މިހާރު ތިއްބެވި މަޖިލީހުގެ މެމްބަރުންގެ ތެރެއިން ޖޭއެސްސީގައި މަސައްކަތް ކުރައްވަން ވަރަށް އެކަށީގެންވާ، އިހްލާސްތެރި، ކުޅަދާނަ، ތެދުވެރި، އަމާނާތްތެރި ބޭފުޅެއް ކަމަށެވެ. ރިޒާ ވަކިކުރަން މަޖިލީހަށް ހުށަހެޅީ ސިޔާސީ ކުލަ ޖެހިގެން ކަމަށް ވިދާޅުވި އެވެ.
ޖޭއެސްސީގައި މަޖިލިސް ތަމްސީލް ކުރައްވާ ރިޒާ އެ މަގާމުން ވަކިކުރުމަށް މަޖިލީހަށް ހުށަހެޅި މައްސަލައިގައި ޖަވާބުދާރީވެވަޑައިގަތުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ރިޒާ ވިދާޅުވީ، ޖޭއެސްސީން މަގާމުން ވަކިކުރަން އުޅެނީ އަދާކުރައްވަން ޖެހޭ ޒިންމާ އަދާނުކުރައްވައިގެން ނޫން ކަމަށެވެ. ޖޭއެސްސީގެ މެމްބަރަކަށް ހުންނަވައިގެން އަދާކުރެއްވީ އަމާނާތްތެރި މަސައްކަތެއް ކަމަށް އޭނާ ވިދާޅުވި އެވެ. ޖޭއެސްސީން ވަކިކުރަން ހުށަހެޅި ސަބަބުތަކާ މެދު ހިނި އަންނަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ރިޒާ ވަނީ ޖޭއެސްސީގެ މެމްބަރެއްގެ ގޮތުގައި ހަތަރު އަހަރު ހޭދަކުރައްވައިފަ އެވެ.
އިދިކޮޅުގެ ނުރުހުން ރިޒާއަށް، ޕީޕީއެމް ދިފާއުގައި
ޖޭއެސްސީ ބަދަލުކުރަން މި ފަހަރު ވެސް ފާހެއް ނުވި!
އަންހެން ފަނޑިޔާރުން ގެންނަން ގިނަ މެންބަރުން ތާއީދު
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޝަރުތު ހަމަވޭތޯ ބަލަނީ
ޑީޑީގެ މައްސަލާގައި މަޖިލިހުގެ ތަޅުމުން ގޮތެއް ނިންމަނީ
ޖޭއެސްސީއަށް ހިސާން އައްޔަންކުރަން އެމްޑީޕީން ނިންމައިފި
ގަވައިދަށް ގެންނަ ބަދަލަށް ކޯޓުގެ ލަފަޔަށް އެދެފި
ޓެކްސް ފިޔަވައި އެހެން ކަންކަން ހުށަހެޅޭ ގޮތް ހަދައިފި
ޖަލްސާތައް މުއްދަތެއް ނެތް ގޮތަށް މެދުކަނޑާލައިފި
ކަރުދާހުގައި ކުރަހާނަމަ ވޯޓު ބާތިލްވާ ގޮތަށް ފާސްކޮށްފި