28 އޯގަސްޓް 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ (ޑީޑީ) ވަކިކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީން ނިންމައި އެ މައްސަލަ މަޖިލިހުގެ ތަޅުމަށް ރޭ ފޮނުވައިފި އެވެ.
ޑީޑީ ވަކިކުރަން ނިންމީ ޖުޑިޝަރީ ކޮމިޓީގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި އަށް މެމްބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާ އަށް އެޖެންޑާކޮށްފައިވާ އިރު، ފަނޑިޔާރު ޑީޑީ ވަކިކުރުމާ މެދު މި ޖަލްސާގައި ގޮތެއް ނިންމާނެ ކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.
ގާނޫނުއަސާސީ ބުނާގޮތުން ފަނޑިޔާރަކު މަގާމުން ވަކި ކުރެވޭނީ ޖޭއެސްސީން ހުށަހަޅާ ހުށަހެޅުމަކަށް ބިނާކޮށް މަޖިލީހުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވާ މެމްބަރުންގެ ތެރެއިން ތިން ބައި ކުޅަ ދެ ބައި މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްވުމުންނެވެ. މަޖިލިހުގައި މިހާރު 87 މެމްބަރުން ތިއްބަވާ އިރު، އެ މެމްބަރުންގެ ތެރެއިން 58 މެމްބަރުންގެ ވޯޓު ލިބިއްޖެ ނަމަ، ޑީޑީ މަގާމުން ވަކި ކުރި ކަމަށް ނިންމޭނެ އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ބަލަމުންދިޔަ މައްސަލައަކާ ގުޅިގެން ފަނޑިޔާރު ޑީޑީ ވަކިކުރަން މަޖިލީހަށް ފޮނުވީ ވެސް އެ ކޮމިޝަނުންނެވެ. ގާނޫނުއަސާސީގައިވާ ގޮތުން ފަނޑިޔާރުން އައްޔަން ކުރުމާއި ވަކިކުރުމުގެ ބާރު ދީފައި އޮތީ ޖޭއެސްސީއަށެވެ. ޖޭއެސްސީން ފަނޑިޔާރުންގެ މައްސަލައިގައި ގޮތެއް ނިންމިޔަސް، އެކަން ތަންފީޒު ވާނީ މަޖިލިހުގެ މެމްބަރުންގެ މެދުގައި ނަގާ ވޯޓަކުންނެވެ.
ޖޭއެސްސީ އިން ބަލާ މައްސަލައާ ގުޅިގެން ފަނޑިޔާރު ޑީޑީ މިހާރު ހުރީ ސަސްޕެންޑްކޮށްފަ އެވެ.
ޑީޑީގެ މައްޗަށް ކުރާ އެންމެ ބޮޑު ތުހުމަތަކީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލާގެ ތުހުމަތު ކުރެވޭ މީހަކު ވަކި ގޮތަކަށް ހުކުމްތައް ނެރުމަށް ފަނޑިޔާރުންނަށް ފައިސާ ދިން އިރު ފަނޑިޔާރު ޑީޑީ އަށް ވެސް ފައިސާ ލިބިފައި އޮތް ކަމަށް ތުހުމަތުކުރެވުމެވެ. ޑީޑީ ވަނީ ރިޝްވަތުގެ އެއްވެސް އަމަލެއް އަދި ޖިނާއީ އެއްވެސް އަމަލެއް ދުވަހަކު ވެސް ހިންގަވާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ޑީޑީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމާފައި ވަނިކޮށް ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ކުރުން ފަސްކޮށް، އިތުރު ފިޔަވަޅެއް އެ މައްސަލާގައި ނާޅަން އަމުރުކޮށްފަ އެވެ. އެކަމަކު ޖޭއެސްސީން ވަނީ އެ އަމުރު ގަބޫލު ނުކޮށް، ސަސްޕެންޝަން ދެމި އޮންނާނެ ކަމަށް ނިންމައިފަ އެވެ. ޑީޑީ ވަނީ ކުރިން ހައި ކޯޓުގެ އިސް ފަނޑިޔާރު ކަން ކުރައްވައިފަ އެވެ.
ޑީޑީ ފަނޑިޔާރުކަމުން ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ތިނަދޫ މެޖިސްޓްރޭޓް މަގާމުން ވަކިކުރަން ފާސްކޮށްފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޖޭއެސްސީގެ އާންމު މެމްބަރުކަމަށް ހަ މީހެއްގެ ނަން
ފަނޑިޔާރު ޑީޑީއަށް އޮތީ ޖަލުގެ ގޮޅި:ބައެއް މެމްބަރުން
ފަނޑިޔާރު ޑީޑީ ވަކިކުރުމުގެ މައްސަލަ ކޮމިޓީ އަށް
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް
ނަޒީރާއި މާޖިދު ވަކިވާ ގޮތަށް މަޖިލިހުން ފާސްކޮށްފި