26 އޯގަސްޓް 2019
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވައިފި އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރުމުގެ މައްސަލަ ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ޖުޑިޝަރީ ކޮމިޓީ އަށް މިރޭ ފޮނުވައިފި އެވެ.
ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ހުށަހަޅުއްވައި، ޖޭއެސްސީން ވެސް ރުހުން ދީފައިވާ މި ދެ ބޭފުޅުންގެ އިތުރުން، ގާނޫނުގައިވާ ގޮތުގެ މަތިން އާންމުކޮށް ކުރި އިއުލާނާ ގުޅިގެން ފަނޑިޔާރުކަމަށް ކުރިމަތިލެއްވި ހަތަރު ބޭފުޅުންގެ ތެރެއިން ތިން ބޭފުޅެއްގެ ނަން ވެސް ފަނޑިޔާރުންގެ ގާނޫނުގައިވާ ގޮތުގެ މަތިން ރައީސް ވަނީ މަޖިލީހަށް ފޮނުއްވައިފަ އެވެ. އެއީ ހައި ކޯޓުގެ ފަނޑިޔާރުން ކަމަށްވާ ޝުއައިބް ހުސައިން ޒަކަރިއްޔާ، އާއި މުހައްމަދު ނިޔާޒުގެ އިތުރުން އަލީ ސަމީރެވެ. ފަނޑިޔާރު އަބްދުﷲ ހަމީދު ކުރިމަތިލެއްވި ނަމަވެސް ރޭ އިންޓަވިއު އަށް ވަޑައި ނުގަންނަވާ ކަމަށް އެނގިފައިވެ އެވެ.
އަޒްމިރަލްދާ އަކީ ހައި ކޯޓުގެ ބެންޗުގައި މިހާތަނަށް ހިމެނުނު ހަމައެކަނި އަންހެން ފަނޑިޔާރެވެ. ފަނޑިޔާރުކަމުން 2016 ގައި އިސްތިއުފާ ދެއްވި އަޒްމިރަލްދާ އަކީ ޕީއެޗްޑީއެއް ހާސިލް ކުރައްވައިގެން ރާއްޖޭގައި ފަނޑިޔާރު ކަން ކުރެއްވި ދެ ބޭފުޅުންގެ ތެރެއިން އެކަކެވެ.
ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަދި ބާ ކައުންސިލްގެ މެމްބަރު ޝުޖޫނަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވި އަންހެން ދެ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އޭނާ ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވީ 2015 ވަނަ އަހަރު އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުގެ އަދަދު ހަތަކަށް އިތުރުކުރަން ކޯޓުތަކުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ދެ މަގާމަށް ޝުޖޫނާއި އަލްމިރަލްދާ އައްޔަން ކުރަން ނިންމެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގެ ލަފައަކަށް ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގައި އެދިވަޑައިގެންފަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ހައި ކޯޓުގެ ހަތަރު ފަނޑިޔާރަކު ވެސް ކުރިމަތިލެއްވި އެވެ. އެއީ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި ފަނޑިޔާރު ޝުއައިބު ހުސައިން ޒަކަރިއްޔާގެ އިތުރުން ފަނޑިޔާރު މުހައްމަދު ނިޔާޒެވެ.
ނަމަވެސް ޖޭއެސްސީން ބުނީ އެ މަގާމަށް ޝަރުތު ހަމަވާ ބޭފުޅުން ކަނޑައަޅަން އެކުލަވާލި ކޮމެޓީން އަޒްމިރަލްދާ އާއި ޝުޖޫން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރަން ފެންނަ ކަމަށް ނިިންމި ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަނެ، އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރަން ފެންނަ ކަމަށް ރައީސަށް ލަފާ ދެއްވުމަށް އެ ކޮމިޝަނުން މިއަދު ނިންމާފައިވާ ކަމަށެވެ. އަދި އެގޮތަށް ރައީސަށް މިހާރު މަޝްވަރާ ދެއްވާފައިވާ ކަމަށް ވެސް ޖޭއެސްސީން ބުންޏެވެ.
އަންހެން ދެ ބޭފުޅުން ސުޕްރީމް ކޯޓަށް އައްޔަންކުރުމާ މެދު އިލްމުވެރިންގެ މެދުގައި ވަނީ ދެ ބަސްވުންތަކެއް އުފެދިފަ އެވެ. ބައެއް އިލްމުވެރިން ދަނީ އިސްލާމް ދީނުގައި އަންހެނުން ފަނޑިޔާރުކަން ކުރުން ހުއްދަ ނޫން ކަމަށް ބުނަމުންނެވެ. އެކަމަކު، އެއަށް ރައްދުދީ އެހެން ބައެއް އިލްމުވެރިންނާއި އެހެން ބައެއް ބޭފުޅުން ވިދާޅުވަނީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމަކީ ދީނުގެ އަސްލަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ގޮތުގައި މިހާރު ތިއްބަވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ އިތުރުން ފަނޑިޔާރު އަބްދުﷲ ދީދީ އަދި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ފަނޑިޔާރު މައްސަލާގައި މުހިންމީ ފިގުހުގެ ބަސް: ނަޝީދު
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް މައްސަލައެއް
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
ޝުޖޫނާއި އަޒްމިރަލްދާ އަށް މަޖިލިހުން ރުހުން ދީފި
އަންހެނުންގެ ދިފާއުގައި އީވާ އާއި ޖީހާން!
ޖުޑިޝަރީ އަށް އެންމެން ނުފޫޒު ފޯރުވާ: އާދަމް ޝަރީފް
ވަގުތު ބޭކާރުނުކޮށް ފަނޑިޔާރުން ވަކިކޮށްދީ: ޔައުގޫބް