26 އޯގަސްޓް 2019
ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެންމެ "އައުލާކަން ބޮޑީ" ފިގުހު އެކަޑަމީގެ ބަހެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ކޯޓުތަކަށް އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުންތަކާ ގުޅިގެން އެންމެ "އައުލާކަން ބޮޑީ" ފިގުހު އެކަޑަމީގެ ބަހެއް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ދެ ބޭފުޅަކު އައްޔަން ކުރަން އުޅޭތީ އެކަމާ ދެކޮޅަށް ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ހުށަހެޅުއްވި ކުއްލި މައްސަލައާ ގުޅިގެން ނަޝީދު ވިދާޅުވީ ފަތުވާ މަޖިލިހުގެ ބަހެއް އެކަމުގައި ލިބިފައި އޮތަސް، މުހިންމީ ފިގުހުގެ ބަހެއް ކަމަށެވެ. ނަޝީދު މީގެ ކުރިން ވަނީ އަންހެން ފަނޑިޔާރުން ސުޕްރީމް ކޯޓަށް އައްޔަން ކުރަން އުޅޭތީ މަރުހަބާ ދަންނަވައިފަ އެވެ.
After giving careful consideration to the views of many Islamic scholars from Maldives and abroad, HEP @ibusolih nominated two highly qualified and competent women to the Supreme Court bench. I congratulate the President for this decision
— Mohamed Nasheed (@MohamedNasheed) August 25, 2019
ނަޝީދު ރޭ ކުރެއްވި ޓުވީޓު.
އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން ބުރަވެފައި އޮތީ އަންހެނުންނަށް ފަނޑިޔާރުކަން ނުކުރެވޭނެ ކަމަށް ބުނާ ރައުޔުއަށެވެ. ފަތުވާ ދޭ އެންމެ މަތީ މަޖިލިހުން އެގޮތަށް ނިންމީ އިސްލާމީ އިލްމުވެރިންގެ މެދުގައި އޮތް ތިން ރައުޔަކަށް ބެލުމަށް ފަހު އެވެ. އެއީ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތާއި އިލްމުވެރިންގެ އިޖުމާއު އާއި އިލްމުވެރިންގެ ބަސްފުޅުތަކުގެ އަލީގައި ފެންނަން އޮތް ތިން ރައުޔު ކަމަށް ނިންމުމުގައިވެ އެވެ.
ފަތުވާ މަޖިލިހުން ބުނީ އެ ތިން ރައުޔުގެ ތެރެއިން އެންމެ ހަރުދަނާ ރައުޔަކީ އިލްމުވެރިންގެ ޖުމްހޫރުންގެ ރައުޔު ކަމަށެވެ. އެއީ އޭގައި ހިމެނޭ ހުއްޖަތުތަކާއި ދަލީލުތަކުގެ ވަރުގަދަ ކަމުންނާއި ގުރުއާނާއި ރަސޫލާގެ ސުންނަތުން ވެސް ސާބިތުވާ ރައުޔަކަށް ވާތީ ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް މަޖިލިހުގައި ނަޝީދު ވިދާޅުވީ އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ގުޅޭ ގޮތުން "ފެން ހިފޭ" ޖަމާއަތުން މިހާތަނަށް ވަކި އެއްޗެއް ބުނެފައި ނުވާ ކަމަށެވެ. މި މައްސަލާގައި ބަޔާނެއް ނެރެފައިވާ ފަތުވާ މަޖިލީހަކީ އިސްލާމިކް މިނިސްޓްރީގެ ދަށުގައިވާ މަޖިލީހެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"މިފަދަ މައްސަލަތަކުގައި ބަހެއްް ބުނުމަށް އައުލާކަން އެންމެ ބޮޑީ ފިގުހު އެކަޑަމީން،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އެގޮތަށް ވިދާޅުވި އިރު، އޭޕްރީލް 25، 2016 ގައި ތަސްދީގުކޮށް، އަމަލުކުރަން ފެށި ދީނީ އެއްބައިވަންތަކަމާ ބެހޭ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން އޭރު އޮތް ފިގުހު އެކަޑަމީ ވަނީ "އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލިސް" އަށް ބަދަލުކޮށްފަ އެވެ.
ފިގުހު އެކަޑަމީގެ ނަމުގައި މިހާރު އެއްވެސް އިދާރާއެއް ނެތެވެ.
އެކަމަކު ފިގުހު އެކަޑަމީ އުވާލި ފަހުން، އެ ނަމުގައި ރައްޔިތުންގެ މަޖިލިހަށް ބައެއް ބޭފުޅުން ވަޑައިގެން އަބުރު ރައްކާތެރިކުރުމަށް ބުނެ ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހުއްޓުވަން ކުރީގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބިލަށް ހިޔާލު ދެއްވި އެވެ.
ސުޕްރީމް ކޯޓުގައި ތިބޭ ފަނޑިޔާރުންގެ އަދަދު ފަހަކުން ހަތަކަށް ބަދަލުކުރުމާ އެކު އަލަށް ބެންޗަށް އިތުރުކުރަން ޖޭއެސްސީ އަށް ރައީސް ފޮނުއްވީ ހައި ކޯޓުގެ ކުރީގެ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ސިވިލް ކޯޓުގެ ކުރީގެ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދުގެ ނަމެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އަންހެން ބޭފުޅުން އައްޔަން ކުރަން އުޅޭތީ އިލްމުވެރިންގެ މެދުގައި ވަނީ ހިލާފު އުފެދިފަ އެވެ.
ރާއްޖޭގައި އެންމެ ފުރަތަމަ އަންހެން ފަނޑިޔާރުން އައްޔަންކުރެއްވީ މީގެ ގާތްގަނޑަކަށް ދިހަ އަހަރު ކުރިން، އޭރުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގަ އެވެ. ޝުޖޫން އަކީ އެގޮތުން އެންމެ ފުރަތަމަ ފަނޑިޔާރުކަން ކުރެއްވި އަންހެން ދެ ގާޒީންގެ ތެރެއިން އެއް ބޭފުޅެވެ.
ޝުޖޫނާއި އަޒްމިރަލްދާއާ މެދު ގޮތެއް ނިންމުން މާދަމާ
ޝުޖޫނާއި އަޒްމިރަލްދާ އަށް ކޮމިޓީން ރުހުން ދީފި
ޝުޖޫނާއި އަޒްމިރަލްދާ އައްޔަންކުރާ މައްސަލަ ކޮމިޓީ އަށް
އަންހެނުންނަށް ފުރުސަތު ދޭން ތެދުވަންޖެހޭ: ރޮޒެއިނާ
އަންހެނުން ފަނޑިޔާރުކަން ކުރުމާ ދެކޮޅަށް މައްސަލައެއް
ޝުޖޫނާއި އަޒްމިރަލްދާ އަށް މަޖިލިހުން ރުހުން ދީފި
ފަނޑިޔާރު ޣަނީ ވަކިކުރަން މަޖިލިހުން ފާސްކޮށްފި
އުއްތަމަ ފަނޑިޔާރާއި އާދަމް ވަކިކުރަން ފާސްކޮށްފި
އުއްތަމަފަނޑިޔާރާއި އާދަމް ވަކި ކުރުން ހޯމަ ދުވަހު
ރިޕޯޓުގައި ނަން ހުރި ފަނޑިޔާރުންނަށް ފިޔަވަޅު އަޅާނެ