13 ނޮވެމްބަރ 2018
ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމު ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމު ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.
ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި ބަޖެޓުގައި، ހައުސިން މިނިސްޓްރީގެ ބަޖެޓުގެ ތެރޭގައި ވަނީ ސިނަމާލެ ބްރިޖުގައި ޓޮލް ކަލެކްޝަން ސިސްޓަމެއް ހަރުކުރަން ހިމަނައިފަ އެވެ. ނަމަވެސް، އެކަމުގެ ތަފްސީލެއް ބަޖެޓުން އެނގޭކަށް ނެތެވެ.
ބްރިޖުގެ ފީ ނިޒާމް ގާއިމުކުރަން 56 މިލިއަން ރުފިޔާ ކަނޑައެޅިއިރު، ސިނަމާލެ ބްރިޖު މަޝްރޫއަށް އިތުރު 13 މިލިއަނަށް ވުރެ ގިނަ ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ. އަދި މާލެ ތަރައްގީ ކުރުމުގެ މަޝްރޫއަށް 15 މިލިއަން ރުފިޔާ، މާލޭގެ މަގުތައް ތަރައްގީ ކުރުމަށް 25 މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.
ސިނަމާލެ ބްރިޖުގައި ޓޮލް ކަލެކްޝަން ސިސްޓަމެއް ގާއިމުކުރަން މި އަހަރުގެ ބަޖެޓުގައި 62 މިލިއަން ރުފިޔާ ކަނޑައެޅި އެވެ. އެކަމަކު، މިހާތަނަށް އައިއިރު، އެ ސިސްޓަމް ގާއިމުކޮށްފައެއް ނުވެ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވި ގޮތުގައި ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމް ޑިޒައިން ކުރުމަށް ބްރިޖުގެ މަސައްކަތްކުރާ ޗައިނާގެ ސީސީސީސީގެ ދަށުން ހިންގާ ކުންފުންޏަކާ ވަނީ ހަވާލުކޮށްފަ އެވެ.
ފީއެއް ނުނަގައި، ބްރިޖުގެ ދަތުރުތައް ކުރިއަށް ގެންދިއުމަކީ އެންމެ އެދެވޭގޮތް ކަމަށް ނުވާތީ، ފީއެއް ނެގުމުގެ މަޝްވަރާތައް ސަރުކާރުން ކުރިއަށް ގެންދިޔަ އެވެ. އެ މަޝްވަރާތައް ކުރީ ހައުސިން މިނިސްޓްރީ އާއި ފުލުހުންނާއި ޓްރާންސްޕޯޓް އޮތޯރިޓީ ވެސް ގުޅިގެންނެވެ. އެ މަޝްވަރާތައް މަޑުޖައްސާލައި، ފީ ނެގުމުގެ ކަންކަން ކުރިއަށް ގެންދިއުން އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ)ގެ ސަރުކާރަށް ދޫކޮށްލާފައިވާ ކަމަށް ވެސް މުއިއްޒު ވަނީ ވިދާޅުވެފަ އެވެ.
ބްރިޖުގެ ޓޮލް ނިޒާމް ގާއިމްކުރަން ވިސްނާފައި އޮތީ ބްރިޖުން ވެހިކަލްތައް ދަތުރުކުރާއިރު ޓްރެފިކަށް މަޑުކުރަން ނުޖެހޭ ގޮތަށެވެ. އިލެކްޓްރޯނިކް އެ ނިޒާމާ އެކު ވެހިކަލްތަކަށް އެއްވެސް އުނދަގުލެއް ނެތި ދަތުރުކުރެވޭނެ ކަމަށް ހައުސިން މިނިސްޓްރީން ވަނީ ބުނެފަ އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ގޮތުގައި ފީއެއް ނުނަގައި، ބްރިޖުގެ ދަތުރައް ހުޅުވާލާފައި ބޭއްވުމަކީ އެންމެ އެދެވޭނެ ގޮތެއް ނޫނެވެ. އެކަން، އެމްޑީޕީގެ ސަރުކާރުގެ ފުރަތަމަ ތިން އަހަރުގެ ތެރޭގައި ގެންގުޅުނު ރަސްމީ ލިޔެކިޔުންތަކުގައި ވެސް ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާއިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ގުޅުވާލައިފި
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖު ހުޅުވުމުގެ މަޝްވަރާ އަށް މިނިސްޓަރު ޗައިނާ އަށް
ބްރިޖުގެ ތާރީޚީ ކަމެއް: މައި ދެ ތަނބެއް ގުޅުވާލައިފި
ބްރިޖުގެ ފީ ނިޒާމް ގާއިމުކުރަން 62 މިލިއަން ރުފިޔާ
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖު ސައިޓަށް ވަދެ ބަލައިލުމުގެ ފުރުސަތު އާއްމުންނަށް
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ