03 މެއި 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ސުޕަސްޓްރަކްޗާ އިން ގުޅުވާލައިފި އެވެ. އެއާ އެކު ބްރިޖުގެ މާލެކޮޅުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ގާތްގަނޑަކަށް ނިމުނީ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މާލެކޮޅުގެ ތަނބުތައް ސުޕަސްޓްރަކްޗާ އިން ގުޅުވާލައިފި އެވެ. އެއާ އެކު ބްރިޖުގެ މާލެކޮޅުގެ ކޮންކްރީޓް މަސައްކަތްތައް ވެސް ގާތްގަނޑަކަށް ނިމުނީ އެވެ.
ބްރިޖަށް ހާއްސަކޮށް ޗައިނާގައި ހަދައިގެން ގެނައި ސުޕަސްޓްރަކްޗާ އިން ތަނބުތައް ގުޅުވާލަން ފެށީ މި މަހު 1 ގަ އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގެ މައި ތަނބުތަކާ ހަމައަށް، މާލެ ކޮޅުން ހުރިހާ ތަނބެއް ގުޅުވާ ނިމިފައިވާ ކަމަށެވެ. އެއީ، މާލެކޮޅުން ޖުމްލަ 540 މީޓަރު ދިގުމިނުގެ ރާސްތާއެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
CMFBridge ge mai thanbu thakaa hamayah Male kolhun huri hurihaa thanbeh concrete bridge deck alhaa gulhuvaa nimifai. Male kolhun jumla 540m dhiguminuge raasthaaeh. pic.twitter.com/1aUwuP8mXo
— Dr.Mohamed Muizzu (@MMuizzu) May 3, 2018
ތަނބުތައް ގުޅުވާލުމަކީ ބްރިޖުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކެވެ.
ބްރިޖުގެ ތަނބުތައް ސުޕަސްޓްރަކްޗާ އިން ގުޅުވާލާފައި. --ފޮޓޯ: ހައުސިން މިނިސްޓްރީ
ސުޕަސްޓަރަކްޗާގެ މަސައްކަތް މި ފެށީ، މެއިން ބްރިޖުގެ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިންމުމަށް ފަހު އެވެ. މިހާރު ވަނީ ބްރިޖުގެ މައި ހަތް ތަނބުގައި، ވީ އަކުރެއްގެ ސިފައިގައި ކެޕިން ވެސް އަޅައި ނިންމައިފަ އެވެ.
މިހާރު ކުރިއަށް ދާ ސުޕަސްޓްރަކްޗާގެ މަސައްކަތުން އަތް ދޫކޮށްލާ ހިސާބުން، ބްރިޖުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުނީ އެވެ. އޭގެ ފަހުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅައިބަލާއިރު ކިތަންމެ ގޮންޖެހުން ބޮޑުވިއަސް ޝެޑިއުލަށް ވުރެ މާ އަވަހަށް މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ އިން ވަނީ ދީފަ އެވެ. އެކަން ފާހަގަކުރައްވައި މިނިސްޓަރު މުއިއްޒު ވެސް ވިދާޅުވީ، ހުރިހާ މަސައްކަތެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ.
ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން ބްރިޖް ނިންމައި، ޖުލައި 26 ގައި ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖުގެ ފީ ނިޒާމަށް 56 މިލިއަން ކަނޑައަޅައިފި
ބްރިޖު: ގޮންޖެހުން ބޮޑު މަޝްރޫއު ތާރީޚުގެ ތެރެއަށް
ބްރިޖުގެ ޑެކު ނިންމަން މާ ގިނަ ދުވަހެއް ދެން ނުނަގާނެ
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"
ބްރިޖުގައި "ހިތުހުރި ގޮތަކަށް"، ޒިންމާ ކޮބާ؟
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ
ބްރިޖާ ދިވެހި ސަރުކާރުން ހަވާލުވާނީ ދެ އަހަރު ފަހުން
ބްރިޖާ ގުޅޭ މާލޭގެ ބޮޑު މަގުގައި ތާރު އަޅައިފި