01 އެޕްރީލް 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ދެ ތަނބެއް ރޭ ގުޅުވާލައިފި އެވެ. މިއީ، ބްރިޖުގެ އުނދަގޫ، އަދި ގޮންޖެހުން ބޮޑު މަސައްކަތުގައި އަނެއްކާ ވެސް ތާރީޚީ ކުރިއެރުމެކެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖުގެ މައި ދެ ތަނބެއް ރޭ ގުޅުވާލައިފި އެވެ. މިއީ، ބްރިޖުގެ އުނދަގޫ، އަދި ގޮންޖެހުން ބޮޑު މަސައްކަތުގައި އަނެއްކާ ވެސް ތާރީޚީ ކުރިއެރުމެކެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ބްރިޖުގެ މައި ތަނބުތަކުގެ ތެރެއިން، އެންމެ ފުރަތަމަ ސުޕަ ސްޓްރަކްޗާ އިން ގުޅުވައިލެވޭ ދެ ތަނބު ރޭ ގުޅުވާލާފައިވާ ކަމަށެވެ. އެއީ، 22 ވަނަ ތަނބާއި 23 ވަނަ ތަނބެވެ. ބްރިޖުގައި ހިމެނޭނީ މައި ހަތް ތަނބެވެ. އޭގެ ތެރެއިން އެންމެ ވަރުގަދަވެފައި އެންމެ އުސް ވާނީ ބްރިޖުގެ މެދު ތަނބެވެ.
CMFB ge mai thanbu thakuge therein emme furathama superstructure in gulhuvaalevey 2 thanbu ( Pier 22 adhi Pier 23) reygai vanee gulhuvaalaafai. Bridge ge masakkai dhanee schedule aa eggothah kuriyah. pic.twitter.com/p4qYhlJhUd
— Dr.Mohamed Muizzu (@MMuizzu) April 1, 2018
ބްރިޖުގެ ދެ ތަނބެއް ގުޅުވާލުން، ތާރީޚީ ކަމަކަށް ވަނީ، އެ މަސައްކަތަކީ ބްރިޖުގެ އެންމެ ފަހު މަރުހަލާގެ މަސައްކަތްތަކުގެ ފެށުން ކަމަށް ވާތީ އެވެ.
ބްރިޖުގެ މަސައްކަތް ކުރިއަށް ދަނީ --ފޮޓޯ/ހައުސިން މިނިސްޓްރީ
ބްރިޖަށް ހާއްސަކޮށް ޗައިނާގައި ހަދައިގެން ގެނައި ސުޕަ ސްޓަރަކްޗާގެ މަސައްކަތް މި ފެށީ، މެއިން ބްރިޖުގެ 35 ތަނބާއި އެޕްރޯޗް ބްރިޖުގެ 88 ތަނބަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މުޅިން ނިންމުމަށް ފަހު އެވެ. މިހާރު ވަނީ ބްރިޖުގެ މައި ހަތް ތަނބުގައި، ވީ އަކުރެއްގެ ސިފައިގައި ކެޕިން ވެސް އަޅައި ނިންމައިފަ އެވެ.
ދެ ތަނބު ގުޅުވާލުމުގެ މަސައްކަތް ސީސީސީސީން ކުރަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ
މިހާރު ކުރިއަށް ދާ ސުޕަސްޓްރަކްޗާގެ މަސައްކަތުން އަތް ދޫކޮށްލާ ހިސާބުން، ބްރިޖުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުނީ އެވެ. އޭގެ ފަހުން ދެން އޮންނާނީ، ބްރިޖުގެ ލޭންތަކާއި އެ ނޫން ވެސް ކަންކަން ފުރިހަމަ ކުރުމުގެ މަސައްކަތެވެ.
ބްރިޖުގެ ދެ ތަނބު ގުޅުވާލަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ
ދުނިޔޭގެ އެކި ގައުމުތަކުގައި އެ ކުންފުނިން ހަދާފައިވާ މަޝްހޫރު ބްރިޖްތަކާ އަޅައިބަލާއިރު ކިތަންމެ ގޮންޖެހުން ބޮޑުވިއަސް ޝެޑިއުލަށް ވުރެ މާ އަވަހަށް މަސައްކަތް ނިންމައިދޭނެ ކަމުގެ ޔަގީންކަން އެ މަސައްކަތް ކުރާ ޗައިނާގެ ސީސީސީސީ އިން ވަނީ ދީފަ އެވެ. އެކަން މިނިސްޓަރު މުއިއްޒު ވެސް ފާހަގަކުރައްވައި ވިދާޅުވީ، ހުރިހާ މަސައްކަތެއް ވެސް ޝެޑިއުލާ އެއްގޮތަށް ކުރިއަށް ދާ ކަމަށެވެ.
ބްރިޖުގެ ދެ ތަނބު ގުޅުވާލުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. --ފޮޓޯ/ހައުސިން މިނިސްޓްރީ
ބްރިޖުގެ މަސައްކަތް ނިންމަން ސީސީސީސީއާ އެކު އެއްބަސްވީ ސެޕްޓެމްބަރު 2018ގެ ނިޔަލަށެވެ. އެކަމަކު އޭގެ ކުރިން ބްރިޖް ނިންމައި، ޖުލައި 26 ގައި ހުޅުވަން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުވާ އިރު އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ.
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު
ބްރިޖުގެ ހިތްގައިމު މަންޒަރުތަކާއި ޝުއޫރުތައް
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ބްރިޖް ނިންމުން ލަހެއް ނުވޭ: މުއިއްޒު
ޖުލައި 9ގައި ބްރިޖް ގުޅާލައި، ނިމޭނެ: މުއިއްޒު
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
މައްސަލައެއް ނޫޅޭ، ބްރިޖްގެ މަސައްކަތް ކުރިއަށް އެބަދޭ