03 މާޗް 2018
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގައި، މާލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބަޔާއި ހުޅުލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބައި އެކުގައި ގުޅާލެވި ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖްގައި، މާލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބަޔާއި ހުޅުލޭ ކޮޅުން ކޮންކްރީޓް ކުރަމުންދާ ބައި އެކުގައި ގުޅާލެވި ބްރިޖްގެ ކޮންކްރީޓް މަސައްކަތްތައް އަންނަ ޖުލައި މަހުގެ ނުވަ ވަނަ ދުވަހަށް ނިމޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ބްރިޖްގެ މަސައްކަތް ގޮސްފައިވާ ހިސާބުގެ ތަފްސީލުތައް ދެއްވަމުން މުއިއްޒު ވިދާޅުވީ މާލެއާ ވީ ފަރާތުން މިހާރު އަޅަމުންދާ ކޮންކްރީޓް އައި ބީމްތަކުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ ކަމަށާއި ބްރިޖްގެ ޑެކްތަކުގެ މަސައްކަތް ވެސް މެއި މަހާ ހަމައަށް ނިމޭނެ ކަމަށެވެ. އެގޮތަށް މަސައްކަތް ހިނގަމުން ގޮސް، ޖުލައި މަހު ނުވަ ވަނަ ދުވަހު މާލެއާ ހުޅުލެއާ ދެމެދު ބްރިޖު އެއްކޮށް ގުޅާލެވޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"ބްރިޖް އެއްކޮށް ކަނެޓްކޮށް ނިމޭނީ ޖުލައި މަހުގެ ނުވަ ވަނަ ދުވަހު. ކޮންމެ ގޮތަކަށް ވެސް، ހިނގާފައި ވިޔަސް ދާން ބޭނުން ވެއްޖިއްޔާ ދެވޭނެ ގޮތަށް ފިޒިކަލީ އެއްކޮށް ބްރިޖް އޮންނާނީ ކަނެޓް ވެފައި. ކޮންކްރީޓްގެ މަސައްކަތް އެއްކޮށް ނިމި." މުއިއްޒު ވިދާޅުވި އެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި އޭގެ ފަހުން ދެން ކުރިއަށް ދާނީ ބްރިޖްގެ އެންމެ ފަހުގެ މަސައްކަތްތަކެވެ. އެގޮތުން ތާރު އެޅުމާއި ލައިޓް ހަރު ކުރުން ފަދަ ކަންކަން އެ ހިސާބުން ފެށިގެން ކުރިއަށް ދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބްރިޖްގެ މަސައްކަތް ކުރިއަށް ދަނީ ޝެޑިއުލާ އެއްގޮތަށް ކަމަށް ވިދާޅުވެ، މުއިއްޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިޚާބު އައުމުގެ ކުރިން ބްރިޖް މަތިން ދަތުރު ކުރެވޭނެ ކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.
ޗައިނާ ސަރުކާރުުގެ ލޯނާއި ހިލޭ އެހީގައި ކުރިއަށް ގެންދާ އެ މަޝްރޫއުގެ މަސައްކަތް ކުރަނީ ޗައިނާ ކުންފުންޏެއް ކަމަށްވާ ސީސީސީސީ އިންނެވެ. ޖުމްލަ 200 މިލިއަން ޑޮލަރު ޚަރަދުވާ އެ މަޝްރޫއަށް ޗައިނާ އިން 100 މިލިއަން ޑޮލަރުގެ ހިލޭ އެހީއެއް ދޭއިރު ބާކީ ބަޔަކީ އެ ގައުމުން ދޭ ލޯނެކެވެ.
ބްރިޖު ހުޅުވުމުން އުފަލާއެކު ރާޅާ އެޅޭނެ: މުއިއްޒު
ބްރިޖުގެ ހިތްގައިމު މަންޒަރުތަކާއި ޝުއޫރުތައް
"މާލޭގައި ތާރު އެޅުން ދެ ދުވަސްތެރޭ ނިންމާނަން"
"ތާރު އަޅާ މަގުތައް ބްރިޖު ހުޅުވެންވާއިރަށް ނިމޭނެ"
ބްރިޖް ނިންމުން ލަހެއް ނުވޭ: މުއިއްޒު
ބްރިޖުގެ ތާރީޚީ ކަމެއް: މައި ދެ ތަނބެއް ގުޅުވާލައިފި
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި
ބްރިޖުގެ މަސައްކަތުގެ ސްޕީޑު ހަގީގަތުގައި ވެސް އަވަސް
ބްރިޖުގެ ފީ ނެގުން އާ ސަރުކާރަށް ދޫކޮށްލައިފި
"ބްރިޖްގެ ލޭނެއް ބަންދުކުރަން ހުއްދައެއް ނުދެން"