ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލާފައި ވަނިކޮށް، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު މި މަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަސް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ހއ. ދިއްދޫއަށް ފުރާވަޑައިގެންފި އެވެ.
09 ނޮވެމްބަރ 2018
ޓެރަރިޒަމްގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި ޖަލަށް ލާފައި ވަނިކޮށް، ބޭސް ފަރުވާ އަށް ރާއްޖޭން ބޭރަށް ވަޑައިގެން އިނގިރޭސި ވިލާތުން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު މި މަހު ރާއްޖެ ވަޑައިގެންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އައްޑުއަސް ކުރެއްވި ދަތުރުފުޅަށް ފަހު މިއަދު ހއ. ދިއްދޫއަށް ފުރާވަޑައިގެންފި އެވެ.
ނަޝީދަށް ތާއީދު ބޮޑު އައްޑޫ އަށް ކުރެއްވި ދަތުރުފުޅަށް ފަހު އެ މަނިކުފާނު މާލެ ވަޑައިގަތީ ރޭގަ އެވެ.
ރައީސް ނަޝީދާއި އަނބިކަނބަލުން ލައިލާ އަލީގެ އިތުރުން އެމްޑީޕީގެ އިސް ބޭފުޅުން ދިއްދޫއަށް ވަޑައިގަންނަވާނީ މިއަދު ހަވީރެވެ. ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވެސް މި ދަތުރުގައި ބައިވެރިވެ ވަޑައިގަންނަވަ އެވެ. މަތިންދާބޯޓުގައި ހަނިމާދޫ އަށް ވަޑައިގަންނަވާއިރު އެ ރަށުން މަރުހަބާ ކިޔުމަށާއި ދިއްދޫން މަރުހަބާ ކިޔުމަށް އެ ދެ ރަށް ވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފަ އެވެ.
ނަޝީދު ދިއްދޫއަށް ވަޑައިގެން އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައި އޮންނާނީ ބަނދަރުގައި ހަދާފައިވާ "ޖަޒީރާ ޕާކް" ހުޅުވުމެވެ. އޭގެ ފަހުން ސަޕޯޓަރުންނާ ވާހަކަ ދައްކަވާނެ އެވެ. ރައީސް ނަޝީދާއި ޓީމަށް ދިއްދޫ ރައްޔިތުން ދޭ ޖާފަތެއް މިރޭ އޮންނާނެ އެވެ.
ނަޝީދު މާދަމާ، ދިއްދޫގައި ތިބި އެމްޑީޕީގެ މެމްބަރުންނާއި ރަށު ކައުންސިލާ ބައްދަލުކުރައްވާ ގޮތަށް ވެސް ވަނީ ހަމަޖައްސައިފަ އެވެ. ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މާލެ ވަޑައިގަންނަވާނީ މާދަމާ މެންދުރު އެވެ.
ކުރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ގާނޫނާ ހިލާފަށް ހައްޔަރު ކުރި މައްސަލާގައި 13 އަހަރުގެ ޖަލު ހުކުމެއް ނަޝީދުގެ މައްޗަށް އިއްވި އެވެ. ނަމަވެސް ބޭރަށް ވަޑައިގެން ހިމާޔަތް ހޯއްދަވައިގެން އުޅުއްވުމަށް ފަހު ރާއްޖެ ވަޑައިގަތީ އެ ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން އަލުން ބަލަން ނިންމައި ހުކުމް ތަންފީޒުކުރުން ފަސްކުރަން ނެރުނު އަމުރަކަށް ފަހުގަ އެވެ.
ނަޝީދު ދެއްކެވީ ދިއްދޫގެ ފްލެޓްތަކުގެ ވާހަކަ
ދެމިހުންނާނީ އިބޫ އާއި ނަޝީދާ އެކު: މެމްބަރު ލަތީފް
ނަޝީދުގެ އާދޭސް: އެއާޕޯޓު އެޅުމުގެ ވާހަކަ ނުދައްކާ!
މައްސަލައަކީ ރިޝްވަތު ދޭ މަހުޖަނު: ނަޝީދު
ނަޝީދު، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒާ ބައްދަލުކޮށްފި
ނަޝީދު ރިޔާސީ ރޭހަށް ނުކުންނަވާތީ ނިޔާގެ ނުރުހުން!
އިންތިހާބުގައި ވާދަކުރައްވަން ނަޝީދު ހިޔާލު ހޯއްދަވަނީ
ވަކާލަތު ކުރަނީ ޕްރިފެރެންޝަލް ވޯޓިން އަށް: ރައީސް
އޮގަސްޓްގައި އެމްޑީޕީގެ ކޮންގްރެސް ބާއްވަނީ
ރަނގަޅު ގޮތަކީ އެމްޑީޕީ/ޑިމޮކްރެޓްސް ގުޅުން: ނަޝީދު