ރާއްޖެ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގއ. އަތޮޅުން ގެދޮރު ގެއްލުނު މީހުންނަށް އެންމެ ފަހުން އެޅި ގެތަކަށް ހޭދަވާން ޖެހޭ ވަރަށް ވުރެ އިތުރަށް 144.6 މިލިޔަން ރުފިޔާ ހަރަދުވެ، ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
08 ނޮވެމްބަރ 2018
ރާއްޖެ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގއ. އަތޮޅުން ގެދޮރު ގެއްލުނު މީހުންނަށް އެންމެ ފަހުން އެޅި ގެތަކަށް ހޭދަވާން ޖެހޭ ވަރަށް ވުރެ އިތުރަށް 144.6 މިލިޔަން ރުފިޔާ ހަރަދުވެ، ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.
އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު މިއަދު ނެރުއްވި ރިޕޯޓެއްގައި ބުނީ ސުނާމީގައި ހާލުގައި ޖެހުނު މީހުންނަށް ގއ. އަތޮޅުގެ ހަތަރު ރަށެއްގައި އެޅި ޖުމްލަ 298 ހައުސިން ޔުނިޓް އެޅުމަށް 382.53 މިލިޔަން ރުފިޔާ ހަރަދުވި އިރު އޭގެ ތެރެއިން 144.60 މިލިޔަން ރުފިޔާ ހަރަދުވެފައި ވަނީ އިސްރާފުގެ ގޮތުގައި ކަމަށެވެ.
އެ މަޝްރޫއުގައި ގެއްލުންވި ފައިސާގެ ތެރޭގައި ވަކި ހިސާބަކުން މަސައްކަތް ހުއްޓާލާފައި ދިޔަ ފިލިޕީންސްގެ ކުންފުންޏަކުން ދައުލަތުގެ އިދާރާތަކަށް ދައްކަން ޖެހި ނުދައްކާ އޮތް 43.2 މިލިޔަން ރުފިޔާ ހިމެނެއެވެ. މަސައްކަތާ ފަހުން ހަވާލުވި ވިމްލާ ކޮންސްޓްރަކްޝަނަށް ދައުލަތުން ފައިސާ ދީފައި ވަނިކޮށް، ސައުދީ ފަންޑުން ވެސް ފައިސާ ނަގައި، އެ ފައިސާ އަނބުރާ ނުދެއްކި ގެއްލުންވި 8.15 މިލިޔަން ރުފިޔާ ވެސް އޭގެ ތެރޭގައި ހިމެނެއެވެ.
ގެއްލުންވި ފައިސާގެ ތެރޭގައި ގެތައް އެޅުމުގެ މަޝްރޫއަށް އެމްޓީސީސީން ގެނައި މުދަލަށް ދައުލަތުން ދެއްކި 65.08 މިލިޔަން ރުފިޔާއަކާއި އެ ކުންފުންޏަށް ދެ ގުނަކޮށް ދީފައިވާ 3.73 މިލިޔަން ރުފިޔާއާ އެކު އެ ކުންފުނިން ދައުލަތަށް ދައްކަން ޖެހޭ 68.81 މިލިޔަން ރުފިޔާ ހިމެނެއެވެ.
ގެތައް އެޅުމުގެ ތެރޭގައި ހިނގާފައިވާ ނަހަމަ އެހެން ބައެއް ކަންތައް ވެސް ރިޕޯޓުގައި ފާހަގަކޮށްފައި ވެއެވެ. އެގޮތުން މަޝްރޫއުގެ ކުރީގެ ކޮންސަލްޓެންޓްގެ ޕްރޮޖެކްޓް މެނޭޖަރެއްގެ ގޮތުގައި ހައުސިން މިނިސްޓްރީގެ އިސް މަގާމެއްގައި ހުރި މުވައްޒަފަކު ހުރުން ހިމެނެއެވެ. އަދި އެގޮތުން މަސައްކަތް ކުރި ފަރާތުން މަސައްކަތް ރަނގަޅަށް ނުބެލުމުގެ ސަބަބުން ދެވަނަ ފަހަރަށް ބައެއް މަސައްކަތްތައް ކުރުމަކީ ވެސް ދައުލަތަށް ލިބުނު ގެއްލުމެއްކަން ރިޕޯޓުން އެނގެއެވެ.
ފާހަގަކޮށްފައިވާ އަނެއް ކަމަކީ މަސައްކަތް ނިންމަން ޖެހޭ މުއްދަތަށް ވުރެ އެތައް ގުނައެއް ލަސްވެގެން ދިއުމެވެ.
ރާއްޖެއަށާއި ސަރަހައްދީ އެހެން ގައުމުތަކަށް 2004 ވަނަ އަަހަރު އެރި ސުނާމީގައި ގއ. އަތޮޅުން ގެދޮރު ގެއްލުނު މީހުންނަށް އެޅި ގެތައް ނިމުނީ 2015 ވަނަ އަހަރުއެވެ.
ބޮޑު އުފަލެއް؛ ރަށްވެހިންނަށްވެ، ގެތައް ރަޖިސްޓްރީވަނީ!
ފްލެޓުތައް އަންނަ މަހު ހަވާލުކުރަން ފަށަނީ
4،000 ފްލެޓުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި
ގެދޮރުވެރިޔާ ސްކީމްގެ މައްސަލާގައި ވަގުތީ އަމުރެއްނުދިން
ގެދޮރުވެރިޔާ މަޝްރޫއާ ގުޅިގެން ދައުވާކުރަން ފޮނުވައިފި
ހިޔާވެހި ސްކީމް: 2،200 މީހުން ލޯނަށް އެދެފި
ބައިވެރިޔާގެ ގޯއްޗެއް އޮތްނަމަ ފްލެޓް ނުލިބޭނެ
ސެޕްޓެމްބަރުގެ ނިޔަލަށް 4،000 ފްލެޓް ހަވާލުކުރަނީ
ނޮވެމްބަރު 2023 ގެ ލިސްޓަށް ފްލެޓް ހަވާލުކުރަނީ
ހައްގުވެރިންނަކީ ކުރީގެ 4000 ފްލެޓް ލިސްޓް: އަލީ ހުސެއިން