11 ނޮވެމްބަރ 2018
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި، އެކި ފަހަރު މަތިން ހުކުމްކޮށް، އަރުވާލައި ނުވަތަ އެހެން ވެސް ބަންދެއްގައި ނުބެހެއްޓި ނަމަ ސިޔާސީ ލީޑަރަކަށް ވެވަޑައިގެންނެވީސް ބާވަ އެވެ؟ މި ސުވާލުގެ ޖަވާބަކީ "ނޫނެކޭ" ނަމަ، މައުމޫންގެ ވެރިކަމާ ދެކޮޅަށް އެހާ ހިތްވަރުގަދަކޮށް ނުކުންނާނީ ކާކު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ "ނަޝީދު ނޫން ދެން އެހެން ކާކު ހެއްޔޭ" ކަމަށް ވެއްޖެ ނަމަ، އެމަނިކުފާނަކީ، ހަމަ ޔަގީނުން ވެސް، ހައްގުތައް ހޯއްދެވުމުގެ ތެރެއިން އުފެދިގެން އައި ވަރުގަދަ ސިޔާސީ ލީޑަރެކެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ޖަލަށް ލައި، އެކި ފަހަރު މަތިން ހުކުމްކޮށް، އަރުވާލައި ނުވަތަ އެހެން ވެސް ބަންދެއްގައި ނުބެހެއްޓި ނަމަ ސިޔާސީ ލީޑަރަކަށް ވެވަޑައިގެންނެވީސް ބާވަ އެވެ؟ މި ސުވާލުގެ ޖަވާބަކީ "ނޫނެކޭ" ނަމަ، މައުމޫންގެ ވެރިކަމާ ދެކޮޅަށް އެހާ ހިތްވަރުގަދަކޮށް ނުކުންނާނީ ކާކު ހެއްޔެވެ؟ މި ސުވާލުގެ ޖަވާބަކީ "ނަޝީދު ނޫން ދެން އެހެން ކާކު ހެއްޔޭ" ކަމަށް ވެއްޖެ ނަމަ، އެމަނިކުފާނަކީ، ހަމަ ޔަގީނުން ވެސް، ހައްގުތައް ހޯއްދެވުމުގެ ތެރެއިން އުފެދިގެން އައި ވަރުގަދަ ސިޔާސީ ލީޑަރެކެވެ.
ނަޝީދަކީ، އެމަނިކުފާނަށް ފާޑުކިޔާ ބައެއް މީހުން ބުނާހެން، ސިޔާސީ ކަންކަމުގައި ނޫނީ ކާމިޔާބު ބޭފުޅެއް ނޫނެވެ. ސިޔާސީ ލީޑަރަކަށް ކޮންމެހެން އެހެން ދާއިރާތަކުން ކާމިޔާބު ވާކަށް ވެސް ނުޖެހެ އެވެ. ނަޝީދުގެ ކިބާގައި ހުރީ އަނިޔާއާ ދެކޮޅަށް ތެދުވެންނެވުމާއި ހައްގުތަކަށް ގޮވާލެއްވުމުގެ ހިތްވަރެވެ. އެކަން ފެށިގެން އައީ އުމުރުން އެންމެ 25 އަހަރުގެ ނޫސްވެރިއެއްގެ ގޮތުގައި، "ސަންގު" އުފައްދައިގެންނެވެ.
އެކަމަކު ރާއްޖޭގެ ވެރިކަމާ ހަމައަށް ނަޝީދަށް ވަޑައިގެންނެވިދާނެ ކަމަށް އޭރު ގަބޫލުކުރާނީ ވަރަށް މަދު މީހެކެވެ. ނަޝީދުގެ ޖެހިލުން ކުޑަ ސުވާލުތަކާއި ލިއުއްވުންތައް ގަބޫލުކުރި ބައެއް މީހުންގެ ހިތުގައި އެމަނިކުފާނަކީ ކުރިމަގުގެ ލީޑަރެއްގެ ސިފަ ކުރެހިފައި އޮވެދާނެ އެވެ. މައުމޫންގެ ބާރު އެންމެ ގަދަ ދުވަސްވަރު، ކުރިމަތިން ޖަލު ފެނިވަޑައިގަންނަވާ ހާލަތުގައި ވެސް، އެ ދެއްކެވި ހިތްވަރަކީ ލީޑަރެއްގެ ކިބައިން ނޫނީ ނުފެންނާނެ ޝަރުތެއް ކަމަށް، ބައެއް އާންމުން އޭރު ވެސް ބުނެފައިވެ އެވެ.
އެއީ އޭރު ވަރަށް މަދު ބައެއްގެ ގަބޫލުކުރުން ނަމަވެސް 1999 ގެ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގެ ކެމްޕޭން ފެށުނު އިރު ނަޝީދު ވަނީ ވެރިރަށުގެ ރައްޔިތުންގެ ހިތްތަކުން ޖާގަ ހޯއްދަވައިފަ އެވެ. އޭރު އެކި ފަހަރު މަތިން ޖަލުގަ އާއި ރަށު ބަންދުގަ އާއި ގޭ ބަންދުގައި، އުމުރުގެ ގިނަ އަހަރުތަކެއް ހޭދަކުރައްވައިފި އެވެ. އޭރު މާލޭގެ ޒުވާން އާބާދީ އުއްމީދުކުރީ މައުމޫނުގެ ސަރުކާރާ ދެކޮޅަށް ކުޑަ ނަމަވެސް އަޑެއް އިއްވެވޭނެ ބޭފުޅަކަށް މަޖިލިހުން ގޮނޑިއެއް ދޭށެވެ.
- ފުރަތަމަ ފަހަރަށް ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާ އިން ޓެކްސް ތައާރަފުކުރި
- މުޅި ރާއްޖޭގައި ފެރީގެ ނިޒާމެއް ގާއިމްކުރި
- ދިވެހި ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސްކުރެވޭ "އާސަންދަ" ތައާރަފުކުރި
- އިންޑިއާގެ ޖީއެމްއާރަށް، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް، ދިގު މުއްދަތަކަށް ކުއްޔަށް ދިން
- އިކޮޅު ފަރާތްތަކާ ހެދި ސަރުކާރު ހިންގަން އުނދަގޫވާ ކަމަށް ވިދާޅުވެ، ހުރިހާ ވަޒީރުން އިސްތިއުފާ ދެއްވި
- އިދިކޮޅު ލީޑަރުން ކަމަށްވާ ގާސިމް އިބްރާހިމާއި އަބްދުﷲ ޔާމީނާއި ޑރ. މުހައްމަދު ޖަމީލް އަހުމަދު ހައްޔަރުކުރި
- ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި
- އެ ހައްޔަރުކުރާ ގުޅިގެން އުފެދުނު ސިޔާސީ ހަލަބޮލިކަމުގައި ފުލުހުންނާއި ސިފައިން ވެސް އެންމެ ފަަހުން ބައިވެރިވުމުން، ފެބްރުއަރީ 7، 2012 ގައި އިސްތިއުފާ ދެއްވި
- ނަޝީދުގެ އިސްތިއުފާއާ އެކު ފެބްރުއަރީ 8، 2012 ގައި މުޅި ރާއްޖޭގައި އެމްޑީޕީގެ ސަޕޯޓަރުން ނުކުމެ، އެތައް ތަނެއްގައި ހުޅުޖަހާ އަންދާލި
ރައްޔިތުންގެ މަޖިލިހުގައި ނަޝީދު ކަހަލަ އެންމެ މެމްބަރެއް ހުރެގެން ވެސް ސަރުކާރަށް ކެތްނުކުރެވޭނެ ކަން، ވެލާނާގޭ ތަޅާލަމުން ދިޔަ އިރު އުކާލަން ހުރި ކަރުދާސްތަކުން ކަރުދާސްކޮޅެއް ނެންގެވުމުގެ ނަތީޖާ ނުކުތް ގޮތުން އެނގެ އެވެ. އެހެން މީހަކު އެދުވަހު އެތަނުން އެއްޗެއް ގެންދިޔަ ނަމަ ސަރުކާރުން އަޅައެއް ނުލީހެވެ. އެކަމަކު އެމަނިކުފާނުގެ "އުނދަގުލުން" ސަލާމަތްވާނެ ހިސާބުތައް ޖަހަމުން ދިޔަ ސަރުކާރަށް ފެނުނީ އެއީ ވަރަށް ބޮޑު ވައްކަމެއްގެ ގޮތުގަ އެވެ. އަބަދުވެސް ރައްޔިތުންގެ މަޖިލިހުގައި މަސައްކަތްކުރައްވަން ލޯބިކުރައްވާ ނަޝީދުގެ ގޮނޑި 2001 ގެ ހުކުމާ އެކު ގެއްލުނީ އެވެ.
ފެބްރުއަރީ 7، 2012 ގައި ފުލުހުންނާއި ސިފައިންނާ ދެމެދު ކަރުނަ ގޭހުގެ "ހަނގުރާމައެއް" ހިނގަނީ: މި ހަމަނުޖެހުމަށް ފަހު ރައީސްކަމުން ނަޝީދު އިސްތިއުފާ ދެއްވި
އެކަމަކު އާންމުންގެ ހިތްތަކުން ނަޝީދެއް ނުގެއްލެ އެވެ. މައުމޫންގެ ވެރިކަމަށް ބޮޑު ގޮންޖެހުމާ ކުރިމަތިކުރުވި 2003 ގެ މާފުށީ ޖަލުގެ ލޭއޮހޮރުވުމަށް ފަހު އުފެދުނު ސިޔާސީ ހަލަބޮލިކަން މަގު ކޮށައިދިނީ ނަޝީދުގެ ސިޔާސީ ހަޔާތްޕުޅުގެ އެންމެ ކާމިޔާބު ދުވަސްވަރަށެވެ. ރާއްޖޭގައި ސިޔާސީ ޕާޓީ އުފައްދަން 2001 ގައި ރައްޔިތުންގެ މަޖިލިހުގައި އެމަނިކުފާނު އުފުއްލެވި އަޑު އެންމެ ފަހުން ހަގީގަތަކަށް ވެ، ގިނަ ޕާޓީތައް ވާދަކުރާ ނިޒާމެއް ވެސް ރާއްޖޭގައި ގާއިމްވީ އެވެ.
އެމްޑީޕީގެ ތެރެއިން ރިޔާސީ ކެންޑިޑޭޓް ލިބިވަޑައިގަންނަވާ ހިސާބަށް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅު އޮތީ ރައްޔިތުންގެ ތެރެއިން އެތައް ހާސް ބަޔަކު ބަލައިގެންފަ އެވެ. ޕާޓީގެ ތެރެއިން އެހެން އެއްވެސް މީހަކަށް ހުރަހެއް ނޭޅުނެވެ. ސިޔާސީ ދާއިރާއަކީ، ރާޒުވާ ކުޅިބައެއް ހެން، ކުޅިގަނޑެކެވެ. އެކަމުގައި ނަޝީދު ފަހަތަށް ޖައްސާލެވުނު އެހެން ލީޑަރަކު، އެމްޑީޕީގެ ތެރެއިން އަދި ނުފެނެ އެވެ.
ރިޔާސީ އިންތިހާބުގައި މައުމޫން ބަލިކޮށް، ނަޝީދުގެ ވެރިކަން 2008 ގައި ފެށުނީ ޒަމާނީ ޑިމޮކްރަސީގައި ރާއްޖެ އިން އެޅި ބޮޑު ފިޔަވަޅެއްގެ ސިފައިގަ އެވެ. އެކަމަކު 30 އަހަރު ރައީސްކަން ކުރެއްވި މައުމޫނާއި އެ ދިގު މުއްދަތުގައި އުފެދުނު ސިޔާސީ އެތައް ބަޔަކު ތިބީ އިދިކޮޅު ޕާޓީގަ އެވެ. އެހެންކަމުން ރީތި ހުވަފެނެއް ފަދައިން ވުޖޫދުވި ނަޝީދުގެ ވެރިކަމަށް ކުރިމަތިވީ، ތަޖުރިބާ ކުޑަ ލީޑަރަކު ޖެހިދާނެ ފަދަ މަޅިތަކެކެވެ. ގައުމު އޮތީ ދުވަހަކު ވެސް ނުދެކޭ ފަދަ ބައިބައިވުމެއްގެ ތެރޭގަ އެވެ.
އެމްޑީޕީގެ މަގުމަތީ ހަރަކާތެއްގައި ނަޝީދު ބައިވެރިވެވަޑައިގަންނަވަނީ: ސިޔާސީ ހަރަކާތުގައި ވަރުބަލިވުމެއް ނެތް -- ފޮޓޯ: ނިއުސް.ސީއެން
އެ ދަނޑިވަޅު ނަޝީދުގެ ފަރާތްޕުޅުން ވެސް ފެނުނީ ގޮތްދޫނުކުރެއްވުމާއި އޭރު އޮތް ހާލަތުގެ ހަގީގަތް ގަބޫލުނުކުރެއްވުމުގެ އުނި ސިފަ އެވެ. އިދިކޮޅު ލީޑަރުން ކަމަށްވާ ޖުމްހޫރީ ޕާޓީގެ ގާސިމް އިބްރާހިމާއި ޕީއޭގެ އަބްދުﷲ ޔާމީންގެ އިތުރުން ޑރ. މުހައްމަދު ޖަމީލް ހައްޔަރުކުރި އެވެ. އަދި އޭގެ ފަހުން، ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު، ސިފައިން ލައްވާ ހައްޔަރުކޮށް، އެކަހެރިކޮށް ބެހެއްޓި އެވެ.
މިއީ ނަޝީދަށް ތާއީދުކުރި ހުޅަނގުގެ ގައުމުތަކާއި ބައިނަލްއަގުވާމީ ބޮޑެތި ޖަމާއަތްތަކުން ވެސް ބަލައިގެން ކަމެއް ނޫނެވެ. އެކަމަކު އެއިން އެއްވެސް ބައެއްގެ ގޮވާލުމަށް އިޖާބަދެއްވައި، ސުލްހަވެރިކޮށް އެކަން ނިންމާލެއްވުމުގެ ވިސްނުންފުޅެއް ނެތެވެ. "އަބްދުﷲ ގާޒީއަށް ކޯޓާ 100 ފޫޓު ކައިރިއަށް ވެސް ނުދެވޭނެ" ކަމަށް ވިދާޅުވުން ފަދަ ހަރުކަށި ބަސްމަގު ކުރިއަށް ގެންދެވި އެވެ.
އަބްދުﷲ ގާޒީ ދޫކޮށްލަން ގޮވާލަން ފެށި ސިލްސިލާ އެއްވުންތައް ހުއްޓުމަކަށް ނަ އެވެ. އެކަން، ފެބްރުއަރީ 7 ގައި، ފުލުހުންނާއި ސިފައިންނާއި އާންމުންގެ ބައިވެރިވުން އޮތް ހަމަނުޖެހުމަކަށް ބަދަލުވެ، ނަޝީދު އިސްތިއުފާ ދެއްވުމަކީ، އާ ޑިމޮކްރަސީގެ ހަޔާތުގައި ވެސް ކަޅު ދުވަހެކެވެ. އެއީ ރާއްޖޭގެ ވެރިކަމެއް ނިމެން ޖެހޭނެ ގޮތް ނޫން ކަމަށް އެތައް ބަޔަކު މިހާރު ވެސް ގަބޫލުކުރެ އެވެ. އޭގެ ފަހުން 2013ގެ ރިޔާސީ އިންތިހާބާ ހަމައަށް ދެމިގެންދިޔައީ ރާއްޖެ ދުށް އެންމެ ބޮޑު ސިޔާސީ ހަމަނުޖެހުމެވެ.
އެ އިންތިހާބުގައި އެކަނިމާއެކަނި ވާދަކުރައްވައިގެން ބަލިވިޔަސް، ނަޝީދު ފެނުނީ ރާއްޖޭގައި އެންމެ ގިނަ ވޯޓު ހޯއްދެވޭނެ ޝަހުސިއްޔަތުގެ ގޮތުގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި، ރޭވިގެން އެމަނިކުފާނަށް އިއްވި ޓެރަރިޒަމްގެ 13 އަހަރުގެ ހުކުމުގެ ފޮރުވިފައިވާ ސިއްރަކީ، މި އަހަރުގެ ރިޔާސީ އިންތިހާބާ ދުރުގައި އެމަނިކުފާނު ބެހެއްޓުމެވެ. އެކަން ރައީސް ޔާމީނަށް ކާމިޔާބުވި އެވެ.
އެކަމަކު އަދިވެސް އެތައް ހާސް ދިވެހިންގެ ހިތްތަކުން ނަޝީދު ނަގައި އެއްލައިލެވޭކަށް ނެތެވެ. އަދިވެސް އެމަނިކުފާނު ފެންނަނީ ސިޔާސީ ގޮތުން ބާރުގަދަ ލީޑަރެއްގެ ގޮތުގަ އެވެ. ސިޔާސީ މަސައްކަތުގައި ވަރުބަލިކަމެއް ނެތެވެ. އާންމުންނާ ބައްދަލުކުރައްވާކަށް ފޫއްސެއް ނުވެ އެވެ. މަޝްހޫރު ނަމުން ނަމަ "އަންނި"ގެ ހުރިހާ ވިސްނުމެއް އަދިވެސް އޮތީ ސިޔާސީ ހަރަކާތުގަ އެވެ.
ރާއްޖޭގެ ފަނޑިޔާރުގެ، ތާރީޚީ ނަޒަރަކުން
މައުމޫން: ޚުދުމުޚުތާރުކަމުގައި ދިގު މުއްދަތެއް
ރައީސް މައުމޫންގެ 30 އަހަރު
ރައީސް ވަހީދު: ކެތްތެރިކަމުގެ ދޮޅު އަހަރު
ވެރިކަމުގެ ނިޒާމްގެ ތަޖުރިބާ: ބޭނުންވަނީ އިހުލާސްތެރިން
ނަޝީދުގެ ތާރީހު ފޮތް "ކިއްލާ މާލެ" ނެރެފި
ޝިމްހާގެ ފެންކުލައިން "މާލޭގެ ކިއްލާ"
ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުކޮށްލީ 48 ގަޑިއިރުން
ރައީސްގެ ހިތާބުން އަންނައަހަރުގެ މިސްރާބު ސާފު: ނަޝީދު
ޖުމްހޫރީ ވެރިކަން ފެށުމާއި ދައުރު ފެށުން ވެސް އޮޅިފައި