11 ނޮވެމްބަރ 2020
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ދެއްވި ހިތާބުން ކުރިއަށް އޮތް އަހަރުގެ މިސްރާބު ސާފުވެއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް ދެއްވި ހިތާބުގައި ވަނީ އަންނަ އަހަރު ކުރަން ރާވާފައިވާ ވަރަށް ގިނަ ކަންކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވައިފަ އެވެ. އެގޮތުން ވެރިކަމުގެ ފުރަތަމަ އަހަރު ގައުމުގައި އޮތް ސިޔާސީ އަދި އިޖްތިމާއީ ހަމަނުޖެހުން ހައްލުކޮށް، މިއަހަރު ކޮވިޑް-19ގެ ކަންކަމުން އަރައިގަތުމަށް ފަހު އަންނަ އަހަަރަކީ މީހުން ބިނާކުރުމާއި މަޝްރޫއުތަކުގެ އަހަރު ކަމަށް ރައީސް ވިދާޅުވި އެވެ.
ރާއްޖޭގެ 53 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދުކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައީސްގެ ހިތާބުން ރައްޔިތުންގެ އުންމީދު އާވާނެ ކަމަށެވެ.
މި ސަރުކާރުގެ ހުރިހާ ވައުދެއް ވެސް ފުއްދާނެ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ "މާތް ﷲ އިރާދަފުޅުން ހުރިހާ ވައުދެއް ރަނުން ރަނަށް ފުއްދޭނެ،" ކަމަށެވެ.
Raajjeyge 52 vana Jumhooree Dhuvahuge thahniya enme beyfulhunnah ariskuran. Miadhuge munaasbathgai RJ @ibusolih dhevvi khithaab in kuriyah oiy aharuge misraabu saafuve rayyithunge ummeedh aavaane. Maaiy Allah ge iraadhafulhun ranun ranah vaudhuthah fuhdheyne. Shukuriyya Raees pic.twitter.com/BUxlPhc0tE
— Mohamed Nasheed (@MohamedNasheed) November 11, 2020
ރައީީސް ވިދާޅުވި ގޮތުގައި އަންނަ އަހަރު ހުރިހާ ދާއިރާއެއްގެ ތަރައްގީއަށް ވެސް ޕްލޭންތައް އެބަހުއްޓެވެ. އެގޮތުން ސިއްހީ ދާއިރާ ލާމަރުކަޒުކުރުމުގެ 56 މަޝްރޫއަކާއި ފެނާއި ނަރުދަމާގެ މަސައްކަތް ނުފެށި ހުރި ހުރިހާ ރަށެއްގައި އަންނަ އަހަރު އެ މަޝްރޫއުތައް ފެށުމުގެ އިތުރަށް މަސްވެރިކަމާއި ދަނޑުވެރިކަން އިތުރަށް ތަރައްގީކޮށް އިގްތިސާދު ފުޅާކުރުމުގެ މަސައްކަތްތާއި ތައުލީމީ ދާއިރާ އަދި ކުޅިވަރުގެ ދާއިރާ އަށް ހުރި ކަންކަމުގެ ވާހަކަ ވެސް ދެއްކެވި އެވެ.
ރައްޔިތުންގެ ބާރުތައް ދަމަހައްޓަން މަސައްކަތްކުރަންޖެހޭ
ދެ ރައީސުން ވެސް ގުޅިގެން މަސައްކަތް ކުރަން ބޭނުން
ކުރީގެ ރައީސުން ވެސް އެދިވަޑައިގަތީ އަވަހަށް ވޯޓުލުމަށް
އެމްޑީޕީގެ ރައީސްގެ މަގާމަށް ކުރިމަތިލާން ހުޅުވާލައިފި
"ވެރިކަން ބަދަލުވުން އޮމާންކަމާ އެކު ދަނީ މިފަހަރު"
މަޖިލީހުގެ ރައީސްކަމުން ނަޝީދު ވަކިކުރަން ހުށަހަޅަނީ
"ނިޒާމީ ވޯޓަށް ތާއީދުކުރަން އެމްޑީޕީން އެއްބަސްވި"
ގައުމީ މަޖިލިސް ރޫހް ހުރީ ބަރުލަމާނީ ނުގެންނަން:ރައީސް
ނިޒާމީ ވޯޓަށް ގޮތް ނިންމަން ގައުމީ މަޖިލިސް ބާއްވަނީ
"ބަރުލަމާނީއޭ ކިޔައިގެން ނިންމުން ބޮލާލައި ނުޖެހޭނެ"