01 ނޮވެމްބަރ 2018
ކޮލަމްބޯ (ނޮވެމްބަރު 1) - ލަންކާ ޕާލަމެންޓް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިމުމަކަށް ގެންނަވައިފި އެވެ.
ކޮލަމްބޯ (ނޮވެމްބަރު 1) - ލަންކާ ޕާލަމެންޓް ސަސްޕެންޑް ކޮށްފައި އޮތް އޮތުން ރައީސް މައިތުރިޕާލާ ސިރިސޭނާ ނިމުމަކަށް ގެންނަވައިފި އެވެ.
ވާދަވެރި ދެ ބޮޑު ވަޒީރުންގެ މެދުގައި އުފެދިފައިވާ މައްސަލަ ހައްލު ކުރުމަށް ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންގެ ޖަލްސާއެއް ހޯމަ ދުވަހު ބޭއްވުމަށް ވެސް ވަނީ ހަމަޖައްސައިފި އެވެ.
ބޮޑު ވަޒީރުކަމުން ރަނިލް ވިކްރަމަސިންހަ ދުރުކުރުމަށް ފަހު އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސުމަށް ފަހު ސިރިސޭނާ ވަނީ މި މަހު 16 އާ ހަމައަށް ޕާލަމެންޓް ސަސްޕެންޑް ކޮށްފަ އެވެ. އެކަމަކު ރަނިލް ގެންދަވަނީ އޭނާ މަގާމުން ދުރުކުރެވޭނީ ޕާލަމެންޓަށް އެކަނި ކަމަށް ވިދާޅުވެ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުތުމަށް ދެކޮޅު ހައްދަވަމުންނެވެ.
"ޕާލަމެންޓުގެ ރައީސް އާއި ސިރިސޭނާއާ ދެމެދު ރޭ ވަނީ މަޝްވަރާތަކެއް ބާއްވާފައި. ދެ ފަރާތުން ވަނީ އެއްބަސްބުމަކަށް އާދެވިފައި،" މަޝްވަރާތަކުގައި ބައިވެރިވި އޮފިޝަލަކު މިއަދު ވިދާޅުވި އެވެ. "ރައީސް ސިރިސޭނާ އެއްބަސްވެވަޑައި ނުގެންނެވި ނަމަ ޕާލަމެންޓުގެ ރައީސް ނިންމާފައި ވަނީ ޕާލަމެންޓުގެ ޖަލްސާއެއް މާދަމާ ބާއްވާ ގޮތަށް."
ހޯމަ ދުވަހުގެ ބައްދަލުވުމުގައި ރަނިލްގެ އިތުބާރު ނެތް މައްސަލާގައި ވޯޓަށް އަހާނެ ކަމެއް އަދި ނޭނގެ އެވެ.
ބައެއް މެންބަރުން ޕާޓީ ބަދަލު ކުރުމުން 225 މެންބަރުން ހިމެނޭ ޕާލަމެންޓުގައި ރަނިލްގެ ޕާޓީގެ މެންބަރުންގެ ގޮތުގައި މިހާރު ތިބީ 104 އެވެ. ރާޖަޕަކްސާ އާއި ސިރިސޭނާގެ ޕާޓީގެ 99 މެންބަރުންނެވެ. ބާކީ ތިބި 22 މެންބަރުން ވެސް ވަކި ކޮޅެއް ނަގާނެ ކަމަށް ބެލެވެ އެވެ.
ރާޖަޕަކްސާ އަށް އިތުބާރު އޮތްތޯ ވޯޓެއް ނަގަނީ
ލަންކާ ޕާލަމެންޓުގެ ރައީސްގެ އިންޒާރެއް ސިރިސޭނާ އަށް
ޕާލަމެންޓުގެ ޖަލްސާތައް ފަށަން އެމެރިކާ އިން ގޮވާލައިފި
ރައީސް ސިރިސޭނާ ލަންކާ ޕާލަމެންޓް ސަސްޕެންްޑްކޮށްފި
ލަންކާ ޕާލަމެންޓް ސިރިސޭނާ ސަސްޕެންޑްކޮށްފި
ލޯނުގެ އެހީ އަށް ބަރޯސާވެގެން ތިބެވޭކަށް ނެތް: ރަނިލް
ލަންކާގެ ރައީސަށް ޕާލަމެންޓުގެ އަޣުލަބިއްޔަތު ގެއްލިއްޖެ
އީސްޓަ ބޮމުގެ ހަމަލާގައި ސިރިސޭނާ އަށް ދައުވާކުރަނީ
ލަންކާގެ ރައީސަށް އިތުރު ބާރުތައް ދޭން ފާސްކޮށްފި
ލަންކާގައި ރާމާމަކުނު ގިނަވެ، ބިރަކަށްވެއްޖެ: ސިރިސޭނާ