ވަގަށް އެތެރެކޮށްފައިވާ "ރައިޑާ" ބްރޭންޑް ސިގިރެޓުތަކެއް ހޯދައި އަތުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
28 އޮކްޓޯބަރ 2018
ވަގަށް އެތެރެކޮށްފައިވާ "ރައިޑާ" ބްރޭންޑް ސިގިރެޓުތަކެއް ހޯދައި އަތުލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ކަސްޓަމްސް އިން މިއަދު ބުނެފި އެވެ.
ކަސްޓަމްސް އިން ނެރުނު ބަޔާނެއްގައި ވަނީ ރައިޑާ ބްރޭންޑްގެ ސިގިރެޓު ގާނޫނާއި ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ކަމަށް ބެލެވޭ މައްސަލައެއް ބަލަމުން އަންނާތީ އެ ބްރޭންޑުގެ ސިގިރެޓުގެ ވިޔަފާރި އެއްވެސް ފަރާތަކުން ކުރަމުން އަންނަ ނަމަ އެކަން އެންގުމަށް އެދިފަ އެވެ.
"އަދި މި އެންގުމާ ހިލާފަށް މި ބްރޭންޑްގެ ސިގިރޭޓުގެ ވިޔަފާރީގެ މުއާމަލާތް ހިންގާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ވާހަކަ ވެސް ދެންނެވީމެވެ،" ބަޔާނުގައިވެ އެވެ.
ކަސްޓަމްސް އިން އާންމުކުރި ރައިޑާ ބްރޭންޑުގެ ސިގިރެޓު ފޮށިތަކުގެ ފޮޓޯއިން އެނގޭ ގޮތުގައި އެ ތަކެތި އެތެރެކުރީ "އެކިއުޓް ޓްރޭޑިން ޕްރައިވެޓް ލިމިޓެޑް" ކިޔާ ކުންފުންޏަކުންނެވެ. އެ ފޮށިތަކުގެ ބޭރުގައި، ދުންފަތުން ލިބޭ ގެއްލުމުގެ އިންޒާރު ވެސް ދިވެހި ބަހުން ލިޔެފައި ހުއްޓެވެ.
ރާއްޖެއަށް ސިގިރެޓު އެތެރެ ކުރެވެނީ އެކަމަށް ވަކި ހާއްސަ ހުއްދައެއް ނަގައިގެންނެވެ. އަދި ސިގިރެޓު އެތެރެކުރުމަށް ކޯޓާ ވެސް ހޯދަން ޖެހެ އެވެ.
ކަސްޓަމްސުން 1.3 މިލިއަން ސިނގިރޭޓް ނައްތާލައިފި
ވަގަށް އެތެރެކުރަނިކޮށް އެއްލައްކަ ސިނގިރޭޓު އަތުލައިފި
ދުންފަތުގެ ބާވަތްތައް ބޮންޑު ނުކުރެވޭ ގޮތް ހަދައިފި
ވަގަށް އެތެރެކުރި 13މިލިއަން ސިނގިރޭޓު އަތުލައިގެންފި
ރޯދަމަހު އެއް ބިލިއަން ރުފިޔާގެ ކާބޯތަކެތި އެތެރެކުރި
މިދިޔަ މަހު 223 މިލިއަނުގެ މުދާ އެކްސްޕޯޓު ކުރި
ވޭޕްޝިޕްމަންޓެއް އަނެއްކާވެސް އަތުލައިގެންފި
ވަގަށް އެތެރެކުރަން އުޅުނު ވޭޕް ސާމާނު އަތުލައިގެންފި
ވަގަށް އެތެރެކުރަން އުޅުނު 400 ވޭޕް އަތުލައިގެންފި
ބޮންޑެޑް ވެއާހައުސްއިން ސިނގިރޭޓު ނެރުމުން ދައުވާކުރަނީ