މިއާމީ (އޮކްޓޯބަރު 26) - ބޮމުގެ ޕާރުސަލްތަކާ ގުޅިގެން ފްލޮރިޑާގެ ޕޯސްޓް އޮފީސް އެފްބީއައިގެ ތަހުގީގު ޓީމަކުން ބަލައި ފާސްކޮށްފި އެވެ.
26 އޮކްޓޯބަރ 2018
މިއާމީ (އޮކްޓޯބަރު 26) - ބޮމުގެ ޕާރުސަލްތަކާ ގުޅިގެން ފްލޮރިޑާގެ ޕޯސްޓް އޮފީސް އެފްބީއައިގެ ތަހުގީގު ޓީމަކުން ބަލައި ފާސްކޮށްފި އެވެ.
ދާދި ފަހުން ގޮވާތަކެތީގެ ޕާރުސަލްތަކެއް ވަނީ އެމެރިކާގެ މަތީ ފެންވަރުގެ ބޭފުޅުންތަކަކަށް ފޮނުވައިފަ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސުން ކަމަށްވާ ބިލް ކްލިންޓަނާއި ބަރަކް އޮބާމާ އަދި ފިލްމީ ބަތަލާ ރޮބަޓް ޑި ނީރޯ ހިމެނެ އެވެ. މީގެ އިތުރުން ކުރީގެ ނައިބް ރައީސް ޖޯ ބައިޑަން އާއި ކުރީގެ ޚާރިޖީ ވަޒީރު އަދި ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ އަށް ވެސް ވަނީ އެފަދަ ޕާރުސަލް ބޮމް ފޮނުވައިފަ އެވެ. ބިލިއަނަރު ޖޯޖް ސޮރޯސްގެ ޕޯސްޓް ބޮކްސް އިން ވެސް ވަނީ ތުހުމަތު ކުރެވޭ ޕާރުސަލެއް ފެނިފަ އެވެ.
އެމެރިކާގެ ބައެއް އޮފިޝަލުން ބުނީ މީގެ ތެރޭން ބައެއް ޕާރުސަލްތައް ފޮނުވާފައި ވަނީ ފްލޮރިޑާ އިން ކަމަށެވެ. ތަހުގީގާ ގުޅޭ ގޮތުން އެފްބީއައި އިން އެއްވެސް މައުލޫމާތެއް އަދި އާއްމުކޮށްފައެއް ނުވެ އެވެ.
ތުހުމަތު ކުރެވޭ ޕެކޭޖަކާ ގުޅިގެން ބުރާސްފަތި ދުވަހު ވަނީ ނިއު ޔޯކުގެ ޓައިމް ވޯނާ ސެންޓަރު ހުސްކޮށްފަ އެވެ. މިއީ ސީއެންއެން ވެސް ހުންނަ އިމާރާތެވެ. އިމާރާތުން މީހުން ހުސްކުރުމުގެ އެއް ދުވަސް ކުރިން ސީއެންއެން އަށް ވެސް ވަނީ ގޮވާތަކެތި އަޅާފައިވާ ޕާރުސަލެއް ފޮނުވައިފަ އެވެ.
ނައިބު ރައީސް ދަތުރުކުރި ފްލައިޓަކަށް ބޮމުގެ އިންޒާރެއް
ކާކް މަރާލުމަށް ފަހު ފޮނުވި މެސެޖުތައް ހާމަކޮށްފި
ކާކް މަރާލި ކަމަށް ރޮބިންސަން އެއްބަހެއްނުވި
ޗާލީ ކާކް އަށް ހަމަލާ ދިނީ 22 އަހަރުގެ މީހެއް
ޗާލީ ކާކް މަރާލި ހަމަލާ ދިން މީހާ ހައްޔަރުކޮށްފި
ޓްރަމްޕުގެ އެކުވެރި އެކްޓިވިސްޓް ޗާލީ ކާކް މަރާލައިފި
ގަތަރަށް ދިން ހަމަލާގައި ހަމާސްގެ ލީޑަރުން ސަލާމަތްވި
ގަތަރަށް ދެން ހަމަލާއެއް ނުދޭނެ: އެމެރިކާ
ނޭވީ ސީލްގެ ނާކާމިޔާބު އޮޕަރޭޝަނެއް ފަޅާއަރުވާލައިފި
ޑިފެންސް ޑިޕާޓްމަންޓުގެ ނަން ޑިޕާޓްމަންޓް އޮފް ވޯ އަށް