12 އޯގަސްޓް 2016
ޓޫރިސްޓް ހޮޓާ ހިންގުމަށް ހުއްދަ ދޭ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަންތަން ހިންގޭނީ ސިއްހީ ހިދުމަތާއި 24 ގަޑިއިރު ކަރަންޓް އަދި ފުލުހުން ތިބޭ ރަށްރަށުގައި ކަމަށް ހަމަޖައްސައިފި އެވެ.
ޓޫރިސްޓް ހޮޓާ ހިންގުމަށް ހުއްދަ ދޭ ގަވައިދަށް ބޮޑެތި ބަދަލުތަކެއް ގެނެސް، އެތަންތަން ހިންގޭނީ ސިއްހީ ހިދުމަތާއި 24 ގަޑިއިރު ކަރަންޓް އަދި ފުލުހުން ތިބޭ ރަށްރަށުގައި ކަމަށް ހަމަޖައްސައިފި އެވެ.
ހޮޓާ ތަރައްގީކުރުމާއި ހިންގުމާ ބެހޭ ގަވައިދުގެ 18 ވަނަ މާއްދާއަށް ގެނައި އިސްލާހުގައިވާ ގޮތުން، ހޮޓާ ހިންގަން ހުއްދަ ދޭނީ ސިއްހީ ހިދުމަތާއި 24 ގަޑިއިރުގެ ކަރަންޓް އަދި ފުލުހުންގެ ހިދުމަތް ދެވޭ ގޮތަށް މަރުކަޒެއް ގާއިމުކޮށްފައިވާ ރަށްރަށުގަ އެވެ.
ޓޫރިޒަމް މިނިސްޓްރީން އެކުލަވައިލި އެ ގަވައިދުގައި ބުނެފައި ވަނީ އޭގެ ދަށުން ހުއްދަ ދީފައިވާ ކޮންމެ ޓޫރިސްޓް ހޮޓަލެއްގައި ވެސް ކަރަންޓް، ފެން، ނަރުދަމާ، ލޭންޑް ލައިން ފޯން، ފެކްސް، އަދި އިންޓަނެޓްގެ ހިދުމަތް 24 ގަޑިއިރު ލިބެން ހުންނަން ވާނެ ކަމަށެވެ. އަދި އެ ހިދުމަތްތަކުގެ ތެރެއިން ޓޫރިސްޓް ހޮޓަލަށް ބޭނުންވާ އިމަޖެންސީ ކަރަންޓް ފަދަ ހިދުމަތްތައް ދޭން ވާނީ އެ ސަރަހައްދަށް ޔުޓިލިޓީސް ހިދުމަތް ދިނުމަށް ކަނޑައަޅާފައިވާ ފަރާތުގެ ހުއްދައާއެކު، އެކަމަށް އެނާޖީ އޮތޯރިޓީން ކަނޑައަޅާފައިވާ މިންގަނޑަށް ވުރެ ދަށްނުވާ ގޮތަށް ކަމަށް ވެސް ގަވައިދުގައިވެ އެވެ.
ޓޫރިޒަމް މިނިސްޓްރީން އަލަށް އެކުލަވައިލި ގަވައިދަށް އިއްޔެއިން ފެށިގެން އަމަލުކުރަން ފަށަން ޖެހެ އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި މިދިޔަ އޭޕްރިލް މަހުގެ ނިޔަލަށް ހިންގަމުން ގެންދިޔައީ 12 ޓޫރިސްޓް ހޮޓަލެވެ. އެއީ 1،428 އެނދެވެ.
ޓޫރިޒަމް މިނިސްޓްރީން ގަވައިދަށް އިސްލާހު ގެނައިއިރު، ރާއްޖޭގައި ކުދި އާބާދީތައް ހިމެނޭ ބައެއް ރަށްރަށުގައި ޓޫރިސްޓް ހޮޓާ ހިންގަމުން އެބަ ގެންދެ އެވެ. އަދި އިތުރު ބައެއް ހޮޓާތައް އަންނަނީ ތަރައްގީ ކުރަމުންނެވެ.
ޓޫރިސްޓް ހޮޓަލާއި ގެސްޓް ހައުސް ހިންގުމަށް ދެނީ ތަފާތު ދެ ހުއްދައެކެވެ. އެގޮތުން ޓޫރިސްޓް ހޮޓަލެއް ނަމަ އެތަނެއްގައި 25 ކޮޓަރީގައި 50 އެނދު ހުންނަންޖެހެ އެވެ. އެކަމަކު ގެސްޓް ހައުސްއެއް ނަމަ އެ މިންވަރަށް ކޮޓަރި އަދި އެނދު ހުންނަން މަޖުބޫރެއް ނޫނެވެ.
ގެސްޓު ހައުސްތައް ހުޅުވަނީ – އަހަރެމެން ތައްޔާރުތަ؟
ވަކިވަކި ރަށްރަށް ޕްރޮމޯޓް ނުކޮށް ކާމިޔާބެއް ނެތް
ލަގްޒަރީ ޓޫރިޒަމަށް އަލުން އޮފުއެރުވުން: ވިސްނަންވެއްޖެ
އެންމެ މޮޅު ރިސޯޓަކަށް ޖޯލި މުރަވަންދޫ ހޮވައިފި
މީހުން ދިރިއުޅޭ ރަށްރަށުގައި އިންޓެގްރޭޓެޑް ރިސޯޓް!
ކާނި ހޮޓަލުގެ ސާވިސް ޗާޖަށް 1.1 މިލިއަން ރުފިޔާ
މިލިއަން ޑޮލަރުގެ ޓޫރިޒަމާއެކު ދިރިއުޅުން ފުނޑިއްޖެ!
ހޯމްސްޓޭ ވަޔަކު ނުހިފި، ނުވެސް ހިފާނެ!
ހޯމް ސްޓޭ: މެހުމާންދާރީން ރަށަށް ޑޮލަރު!
ގެސްޓްހައުސްތަކުގައި ތިބޭނަމަ ވެކްސިންގެ 2ޑޯޒް މަޖުބޫރު