22 އޮކްޓޯބަރ 2018
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ވެސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ނުކުރާތީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ރޭ ސުވާލު އުފައްދަވައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގެ ތަހުގީގު ނިމިފައިވާ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވިދާޅުވެ، ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރު ނިމިގެން ދާއިރު ވެސް އެކަމާ ބެހޭ އިތުރު މައުލޫމާތެއް ފުލުހުން ހާމަ ނުކުރާތީ ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު ރޭ ސުވާލު އުފައްދަވައިފި އެވެ.
އަފްރާޝީމް އަވަހާރަކޮށްލި އިރު ޕޮލިސް ކޮމިޝަނަރަކަށް ހުންނެވި ރިޔާޒް މިހެން ވިދާޅުވީ އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތު، އެކަމަށް އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައި ވިޔަސް އޭނާ މިއަދާ ހަމަޔަށް ވެސް އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކަވާތީ އަމާޒުވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުންނެވެ.
"ވީޓީވީ"ގެ ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން، ކިނބިދޫ ދާއިރާގެ މެންބަރު ރިޔާޒު ވިދާޅުވީ މަގާމެއްގައި ހުއްޓައި އެމީހަކަށް ލިބޭ މައުލޫމާތާއި ވާހަކަތަކަކީ ބޭނުން ކޮންމެ ގޮތަކަށް ހިއްސާކުރެވޭނެ ވާހަކަތަކެއް ނޫން ކަމަށެވެ. ސޯޝަލް މީޑިއާގައި އެންމެ ބޮޑަށް އަމާޒުވާ އެއް ސުވާލަކީ މިއީ ކަމަށާއި އެކަމަކު އެ ސުވާލުތަކަށް ސޯޝަލް މީޑިއާގައި ޖަވާބު ދެވެން ނެތް ކަމަށް ރިޔާޒް ވިދާޅުވި އެވެ.
"އެ މައްސަލައިގެ ތެރޭގައި ލިބިފައި ހުރި ހުރިހާ މައުލޫމާތެއް، ވަރަށް ގިނަ މައުލޫމާތު ހުންނާނެ، ލިބޭ ހުރިހާ މައުލޫމާތަކީ ސޯޝަލް މީޑިއާގައި ނޫނީ ޕަބްލިކްކޮށް އަޅުގަނޑަށް ދެއްކޭނެ ވާހަކަތަކެއް ނޫން. އަޅުގަނޑު ބުނެފައި ހުންނާނީ އަޅުގަނޑަށް ރަނގަޅު އެޕްރޮޕްރިއޭޓް ޓައިމެއްގައި އެޕްރޮޕްރިއޭޓް ތަނެއްގައޭ އެ މައްސަލައާ ބެހޭ ވާހަކަދެއްކޭނީ. އެއީކީ މީޑިއާގައި ދެއްކޭނެ ވާހަކަތަކެއް ނޫން. އެއީ ސަބަބަކީ އަދި ވެސް ކްލޯސްޑް ކޭސްއެއްގެ ގޮތުގައި އަޅުގަނޑު ގަބޫލެއްނުކުރަން،" ރިޔާޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި މިއީ "ކްލޯޒްޑް ކޭސް" އެއް ކަމަށް ނުވާއިރު މިދިޔަ ފަސް އަހަރު ތެރޭ އެ މައްސަލާގައި ތަހުގީގުކޮށް، އިތުރަށް ލިބުނު މައުލޫމާތަކީ ކޮބައިތޯ ސުވާލު އުފެދޭ ކަމަށެވެ.
"މީގެ އެންމެ ބޮޑު ސުވާލަކީ، ކީއްވެގެންހޭ ފުލުހުން މިދިޔަ ފަސް އަހަރު ތެރޭގައި ކުރެވުނު ޑިވެލޮޕްމަންޓަކީ، އެ ކޭހާ ބެހޭގޮތުން ކުރެވުނު ތަހުގީގުގެ މައުލޫމާތު ހާމަނުކުރަނީ ރައްޔިތުންނާ ހަމައަށް. އެއީ އެންމެ ބޮޑު އެއް ސުވާލު. އަޅުގަނޑެއް ނޫން މިދިޔަ ފަސް އަހަރު އެތަނުގައި ހުރީ،" ރިޔާޒު ވިދާޅުވި އެވެ.
ރިޔާޒް ވިދާޅުވި ގޮތުގައި އޭނާ އެ މަރާ ބެހޭ މައުލޫމާތު، މަޖިލީހުގެ ކޮމެޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް ދެއްވަން ހުންނެވީ ތައްޔާރަށެވެ. އަދި ވިދާޅުވީ ފުލުހުންގެ މުއައްސަސާއިން އެ ބެލި ކަމުގައި ވިޔަސް، އެކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.
"...އޭގައި އެއްވެސް ސަބަބެއް ނެތް. އަޅުގަނޑު ވަރަށް މާފަށް އެދެން، ސޯޝަލް މީޑިއާގައި އެ ސުވާލުކުރާ ފަރާތްތަކަށް ސޯޝަލް މީޑިއާ މެދުވެރިކޮށް އެއަށް ޖަވާބެއް ދެވޭނެކަމަށް އެއީ އެންމެ ޒިންމާދާރު ގޮތްކަމަށް އަޅުގަނޑު ނުދެކެން."
އެ ހާދިސީ ހިނގިއިރު ފުލުހުންގެ އެންމެ މަތީ މަގާމުގައި ހުރި މީހެއްގެ ހައިސިއްޔަތުން އެ މައްސަލަ ތަހުގީގުކުރަން އެއް އަހަރު ލިބިވަޑައިގެންނެވި ކަމަށާއި އޭރު އެ މައްސަލައިގެ ތަހުގީގާ ގުޅޭ ވަރަށް ތަފްސީލީ މައުލޫމާތު ހިއްސާކޮށްފައިވާނެ ކަމަށް ވިދާޅުވި އެވެ.
ރިޔާޒު ވިދާޅުވި ގޮތުގައި، މަގާމެއްގައި ހުއްޓައި ނަމަވެސް ލިބޭ މައުލޫމާތު ހިއްސާކުރާނީ އެ ބޭފުޅަކު އަމިއްލަ ހައިސިއްޔަތަކުން ނޫނެވެ. އެހެންވެ އަފްރާޝީމްގެ މަރުގެ މައްސަލާގައި ރައްޔިތުންގެ އެންމެ ބޮޑެތި ސުވާލުތަކަށް ޖަވާބު ދެވޭނެ އެންމެ މުހިއްމު ތަނަކީ ފުލުުހުންގެ މުއައްސަސާކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒު: އަފްރާޝީމްގެ މަރާ ގުޅޭ މައުލޫމާތު ހިއްސާކުރާނެ ވަގުތާ ގުޅޭ ގޮތުން އޭނާއަށް ދަނީ ސުވާލު ކުރަމުން.-- ފައިލް ފޮޓޯ: ހުސެއިން ވަހީދު/ މިހާރު
އޭނާ ވިދާޅުވީ މަޖިލީހުގެ ތެރެއިން ވެސް އަފްރާޝީމްގެ މަރުގެ މައްސަލާގައި މަސައްކަތްތަކެއް ކުރަން އުޅުނު ކަމަށާއި ނަމަވެސް އެކަން ކުރުމުގެ ފުރުސަތެއް ވެސް ނުދިން ކަމަށެވެ. އެގޮތުން ގައުމީ ސަލާމަތާ ބެހޭ ކޮމެޓީ، 241 ކޮމެޓީއަށް މުގައްރިރެއް އައްޔަންކުރަން ބޭއްވި ބައްދަލުވުން ފިޔަވައި އިތުރު ބައްދަލުވުމެއް އެތަނުގައި ބޭއްވިފައިނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑު އެ މަގާމުގައި ހުއްޓާ ހިނގާ ކަމަކީ، އަޅުގަނޑެއް ނޫން އެކަމުގެ މައުލޫމާތު ހިއްސާކުރާނީ، އެ އިންސްޓިއުޓް. އެ އިންސްޓިޓިއުޓުންނޭ އެއާ ބެހޭ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް އަދި މިހިސާބަށް ތަހުގީގުކުރެވިފައި ހުރިއިރު ތަހުގީގުކުރެވުނީ ކިހާ މިންވަރަކަށް ކަމާއި އެ މައްސަލާގައި އިތުރު ލީޑެއް ނުލިބިއްޖެއްޔާ އެ ނުލިބުނު ވާހަކަ ވެސް ހާމަކުރަން ޖެހޭނީ ވެސް އަޅުގަނޑު ދެކޭ ގޮތުގައި މުއައްސަސާއަކުން،" ރިޔާޒު ވިދާޅުވި އެވެ.
އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އެކަމަށް ރިޔާޒުގެ 100 ޕަސެންޓް އެހީތެރިކަން ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަފްރާޝިމްގެ މަރާއި ރައީސް އަބްދުﷲ ޔާމީނާ ގުޅުވައިގެން ވެސް ސޯޝަލް މީޑިއާގައި ވާހަކަދައްކަ އެވެ. ނަމަވެސް އެކަމާ ގުޅުވޭނެ ހެއްކެއް، އޭނާ ޕޮލިސް ކޮމިޝަނަރުގެ މަގާމުން ވަކިވިއިރު ލިބިފައިނުވާ ކަމަށް ރިޔާޒު ވަނީ 2016 ވަނަ އަހަރު ވިދާޅުވެފަ އެވެ. ރިޔާޒް އޭރު ވިދާޅުވީ މީހުން ކޮންމެ ގޮތަކަށް ގަބޫލުުރި ކަމުގައި ވިޔަސް ހެއްކެއް ނެތި އެއްވެސް މީހަކާ ބެހޭގޮތުން ވާހަކައެއް ދައްކަން އަދި ތުހުމަތެއް ކުރަން ވެސް ބޭނުންނުވާ ކަމަށެވެ.
އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށުގައި ހުސައިން ހުމާމުގެ މައްޗަށް ކުށް ސާބިތުވެ އޭނާގެ މައްޗަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ނަމަވެސް މަރުގެ މައްސަލާގައި ދައުވާ ލިބުނު އެހެން އެންމެން ވަނީ ސަލާމަތްވެފަ އެވެ.
މަރުތައް ބަލާ ކޮމިޝަނަށް ރިޔާޒު ހާޒިރު ކުރަނީ
އަފްރާޝީމްގެ މަރާ ބެހޭ އާ ވާހަކައެއް ނެތް: ރިޔާޒް
ފުލުހުންނޭ، ތިޔަ ވައްޓާލެވެނީ މުޅި މުއައްސަސާގެ އަގު!
"އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް"
ސަބް ކޮމިޓީގެ ރިޕޯޓުގައި ސަޓޯގެ ނަމެއް ނެތް
ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތުން: ރިޔާޒް
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
އަފްރާޝީމްގެ މަރުގެ މައުލޫމާތު ރިޔާޒް ކޮމިޝަނަށް ދީފި
އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރޭ: އާއިލާ
ރިޔާޒު ބަންދުގައި ބަހައްޓާފައިވަނީ ގާނޫނީ އަސާސެއް ނެތި