21 އެޕްރީލް 2019
މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހާޒިރު ކުރަން އެތަނުން ނިންމައިފި އެވެ.
މަރާލާފައިވާ ބައެއް މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނަށް ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހާޒިރު ކުރަން އެތަނުން ނިންމައިފި އެވެ.
ކޮމިޝަނަށް ރިޔާޒު ހާޒިރު ކުރަނީ ރަހުމުކުޑަ ގޮތަކަށް ގަތުލު ކޮށްލާފައިވާ ދީނީ އިލްމުވެރިޔާ އަފްރާޝީމް އަލީގެ މަރާ ގުޅޭގޮތުން މައުލޫމާތު ހޯދުމަށެވެ. އަފްރާޝީމް އަވަހަރާކޮށްލި އިރު ކޮމިޝަނަރަކަށް ހުންނެވީ ރިޔާޒެވެ.
އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ގުޅޭގޮތުން ސުވާލު ކުރުމަށް މަރުގެ ކޮމިޝަނަށް ރިޔާޒް ހާޒިރު ނުކުރަންތޯ މީހަކު ޓްވިޓާގައި ކުރި ސުވާލަކަށް ޖަވާބުދެމުން އެ ކޮމިޝަނުން ބުނީ އަދި ހާޒިރު ނުކުރާ ކަމަށާއި އެކަމަކު އެކަން ކުރާނެ ކަމަށެވެ.
ކޮމިޝަނުން އެހެން މި ބުނީ، އަފްރާޝީމް އަވަހާރަކޮށްލި ހާދިސާއާ ބެހޭ ގޮތުން ފުލުހުންގެ އިދާރާގައި ނެތް، އާ މައުލޫމާތެއް އެނގިވަޑައި ނުގަންނަވާ ކަމަށް އޭނާ ވިދާޅުވެފައި ވަނިކޮށެވެ.
ޓީވީއެމަށް ރޭ ދެއްވި އިންޓަވިއުއެއްގައި ރިޔާޒް ވިދާޅުވީ އޭނާ އަށް އެނގިވަޑައިގަންނަވާ ހުރިހާ މައުލޫމާތެއް ކޮމިޝަނާ ފުލުހުން ހިއްސާ ކޮށްފައިވާނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
Adhi hazir nukurey. Ekamaku haazir kuraane.
— Commission on Disappearances and Deaths (@DdcomMdv) April 21, 2019
"އަޅުގަނޑު އަބަދުވެސް ދަންނަވަމުން ދަނީ އަޅުގަނޑަށް ލިބިފައިވާ ހުރިހާ މައުލޫމާތެއް ހުންނާނެއޭ ފުލުހުންގެ އިދާރާގައި. އަޅުގަނޑު ދައްކާ އެއް ވާހަކަ މީޑިއާތަކުން ބައެއް ފަހަރަށް އެ ކަވާ ކުރައްވަނީ. އެހެންވީމާ އަޅުގަނޑަށް ލިބިފައި ހުންނަ ހުރިހާ މައުލޫމާތެއް ހުންނާނެ ފުލުހުންގެ އިދާރާގައި. އެއީ ފުލުހުންގެ ކޮމިޝަނާ އަކަށް ހުރެގެން އަޅުގަނޑަށް އެ މައްސަލައިގައިި ލިބިފައި ހުންނާނެ މައުލޫމާތު،" އޭނާ ވިދާޅުވި އެވެ.
އެކަމަކު ކުރިން ރިޔާޒު ވިދާޅުވި ގޮތުގައި އަފްރާޝީމްގެ މަރާ ބެހޭ މައުލޫމާތުތަކެއް އެނގިވަޑައިގަންނަވަ އެވެ. އަދި އެންމެ އެކަށީގެންވާ ވަގުތު ޖެހުމުން އެ މައުލޫމާތުތައް ހާމަކުރައްވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
މިދިޔަ އޮކްޓޫބަރު މަހު ރިޔާޒް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއެއްގައި، ޝަރުއީ ކޯޓެއްގައި ނުވަތަ ރިޔާސީ ކޮމިޝަނެއްގައި ވެސް އެ މައުލޫމާތުތައް ހިއްސާ ކުރައްވަން ތައްޔާރަށް ހުންނެވި ކަމަށެވެ. އަދި ފުލުހުންގެ މުއައްސަސާ އިން އެ ބެލި ކަމުގައި ވިޔަސް، އެ ކަންކަމުގައި ލިބިފައި ހުރި މައުލޫމާތުތައް ދެއްވާނެ ކަމަށް ވިދާޅުވެފައި ވެ އެވެ.
އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރައްވާނީ އެކަމަށް ރަނގަޅު ޕްލެޓްފޯމު ލިބިވަޑައިގަތުމުން ކަމަށް ރިޔާޒް ކުރިން ދެއްކެވި ވާހަކައާ ގުޅިގެން އަފްރާޝީމްގެ އާއިލާ އިން ވެސް ރިޔާޒަށް ގޮވާލާފައި ވަނީ މައުލޫމާތު ހާމަކުރުމަށެވެ.
އަފްރާޝީމްގެ މަރުގެ މައްސަލަ އަކީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން އެންމެ އިސްކަންދޭ އެއް މައްސަލަ އެވެ. އެކަމަކު، އަދި އެ މަރާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް ކޮމިޝަނުން އާންމެއް ނުކުރެ އެވެ.
އަފްރާޝީމްގެ މަރާ ބެހޭ އާ ވާހަކައެއް ނެތް: ރިޔާޒް
އަފްރާޝީމްގެ މަރުގެ ތަހުގީގެއް ނުނިމޭ: ރިޔާޒް
ސިޔާސީ ކަމެކޭ ބުނީ އޭރު ލިބުނު މައުލޫމާތުން: ރިޔާޒް
ރިޕޯޓް އާއްމުވި މައްސަލަގައިގައި ޝުމްބާއާ ސުވާލުކޮށްފި
އަފްރާޝީމްގެ މަރުގެ މައުލޫމާތު ރިޔާޒް ކޮމިޝަނަށް ދީފި
އަފްރާޝީމްގެ މަރުގެ މައުލޫމާތު ހާމަކުރޭ: އާއިލާ
އަފްރާޝީމްގެ މަރަށް މި ސަރުކާރުގައި އިންސާފު ނުލިބޭނެ
"އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް"
ހުމާމާ ހިސާބުން މައްސަލަ ނިމިގެން ނުވާނެ
"އަފްރާޝީމްގެ މަރާއި ރައީސްއާ ގުޅުވޭނެ ހެއްކެއް ނެތް"