Roadha Mihaaru
"އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް"

އަފްރާޝީމްގެ މަރާ ގުޅޭ ލިޔެކިއުންތައް ފުލުހަކު ނެތް: ރިޔާޒް ރަޝީދު

15 އޯގަސްޓް 2016

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ފުލުހުން ކުރާ ތަހުގީގުގެ ލިޔެކިއުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އަލީ ނާފިޒް އަލީ ނާފިޒް

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައިގައި ފުލުހުން ކުރާ ތަހުގީގުގެ ލިޔެކިއުންތައް ފުލުހުންގެ އިދާރާގައި ނެތް ކަމަށް މަޖިލީހުގެ ވިލުފުށީ ދާއިރާގެ ޕީޕީއެމް މެމްބަރު ރިޔާޒް ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް މަޖިލިހުގައި މިއަދު ދެއްކެވި ވާހަކައަކަށް ރައްދު ދެއްވައި ރިޔާޒް ރަޝީދު ވިދާޅުވީ އަބްދުﷲ ރިޔާޒް ފުލުހުންގެ ވެރިޔަކަށް ހުންނަވައިގެން ހިންގެވި ތަހުގީގުތައް ފުރިހަމަކޮށްފައި ނުވާ ކަމަށެވެ. އެ ގޮތުން، އަފްރާޝީމްގެ މަރުގެ ތަހުގީގުގެ "އެއްވެސް ލިޔެކިއުމެއް" ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"... [ރިޔާޒް] ހޯމް މިނިސްޓަރު ކަމަށް އައްޔަން ނުކުރަން ރައީސް ޔާމީން ނިންމެވީ ވެސް އޭނާގެ ނާގާބިލް ކަމުން،" ރިޔާޒް ވިދާޅުވި އެވެ.

ވެރިކަން ކުރާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕުގެ ނައިބު ލީޑަރުކަން ވެސް ކުރައްވާ ރިޔާޒްގެ އެ ވާހަކަތައް ކިނބިދޫ ދާއިރާގެ މެމްބަރު ރިޔާޒް ދޮގު ކުރެއްވި އެވެ.

އޭނާ "މިހާރު" އަށް ވިދާޅުވީ އަފްރާޝީމްގެ މަރުގެ ތަހުގީގުގައި އޭރު ގޮސްފައި އޮތް ހިސާބާ ގުޅޭ ހުރިހާ ލިޔެކިއުމެއް އޭނާ ފުލުހުންގެ ވަޒީފާ އިން ވަކިވެވަޑައިގެންނެވިއިރު ފުލުހުންގެ އިދާރާގައި ހުންނާނެ ކަމަށެވެ. އެއްވެސް ތަހުގީގެއްގެ ލިޔެކިއުންތައް ނައްތާލުން ނުވަތަ ފުލުހުންގެ އިދާރާ އިން ބޭރުކުރުން އެއީ އެ ތަނުގައި ގާއިމްކޮށްފައިވާ ހަރުދަނާ ނިޒާމުގެ ތެރެއިން ކުރެވޭނެ ކަމެއް ނޫން ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އެއީ ސިޔާސީ ގޮތުން ރައީސް [އަބްދުﷲ] ޔާމީންގެ ރުހުން ތަންކޮޅެއް ބޮޑަށް ހޯދަން ޖެހިފައިވާތީ ވިދާޅުވި އެއްޗެއް،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

ކުރީގެ ޕޮލިސް ކޮމިޝަނަރު، ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަނީ.-- ފޮޓޯ: މަޖިލިސް

އަފްރާޝީމްގެ މަރުގެ މައްސަލައިގެ ލިޔެކިއުންތައް ނެތް ކަމަށް ރިޔާޒް ވިދާޅުވި ވާހަކަ ފުލުހުން ވެސް ދޮގު ކުރި އެވެ. ފުލުހުންގެ ތަރުޖަމާނު އިސްމާއިލް އަލީ ވިދާޅުވީ އެއްވެސް ތަހުގީގެއްގެ ލިޔެކިޔުންތައް ނައްތާލާފައި ނުވާނެ ކަމަށެވެ.

"ފުލުހުން މިހާތަނަށް ނައްތާލާފައި ވާނީ ބަނގުރަލާއި މަސްތުވާތަކެތި. އެ ތަކެތި ނައްތާލާއިރު ނައްތާލާއިރު މީޑިއާ ވެސް ގެންގޮސްގެން ނައްތާލާނީ،" އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރީގެ ޕޮލިސް ކޮމިޝަނަރު ރިޔާޒް ވަނީ ފުލުހުންގެ މުއައްސަސާ އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ފުލުހުންނަށް ހުށަހެޅޭ މައްސަލަތައް މިނިވަންކަމާ އެކު ތަހުގީގު ކުރުމުގެ ބާރެއް ނެތް ކަމަށާއި ފުލުހުން ބޭނުންކޮށްގެން ބޮޑެތި ޖަރީމާތައް ވެސް ހިންގަމުން އަންނަ ކަމަށެވެ.