ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން އިއުލާންކޮށް، ހައުސިން މިނިސްޓްރީން ފޯމު ދޫކުރި ފަހުން، ކުއްލިއަކަށް ޝަރުތުތަކަށް ބަދަލު ގެނެސްފި އެވެ. އެކަމަކު އެ ބަދަލު، މިހާތަނަށް ވެސް ހައުސިން މިނިސްޓްރީން އާއްމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.
08 އޮކްޓޯބަރ 2018
ހުޅުމާލެ އިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން އިއުލާންކޮށް، ހައުސިން މިނިސްޓްރީން ފޯމު ދޫކުރި ފަހުން، ކުއްލިއަކަށް ޝަރުތުތަކަށް ބަދަލު ގެނެސްފި އެވެ. އެކަމަކު އެ ބަދަލު، މިހާތަނަށް ވެސް ހައުސިން މިނިސްޓްރީން އާއްމުންނާ ހިއްސާކޮށްފައެއް ނުވެ އެވެ.
ހުޅުމާލެ އިން 400،000ރ. އަށް ގޯތި ވިއްކަން ހުޅުވާލައި ފުރަތަމަ ދޫކުރި ފޯމުގައި ޝަރުތުކޮށްފައިވާ ގޮތުން ގޯއްޗަށް ކުރިމަތިލެވޭނީ ކައިވެނިކޮށްގެން އުޅޭ މީހުންނަށެވެ. އެކަމަކު، ފަހުން ދޫކުރި ފޯމުގައި އެ ޝަރުތު ވަނީ ބަދަލުކޮށްފަ އެވެ.
ފުރަތަމަ ދޫކުރަން ފެށި ފޯމު: މި ފޯމުގައި، ގޯއްޗަށް އެދޭއިރު ކައިވެނިކޮށްގެން އުޅުން ޝަރުތުކޮށްފައިވޭ.
ފަހުގެ ފޯމުގައިވާ ގޮތުން ވަރިވެފައިވާ މީހުންނަށް ނުވަތަ ފިރިމީހާ/އަނބިމީހާ މަރުވެފައިވާ މީހުންނަށް ވެސް ކުރިމަތިލެވެ އެވެ. ބަދަލުކުރި ޝަރުތުގައި ވަނީ، ފޯމު ހުށަހަޅާ ތާރީޚުގައި ވަރިވެފައިވާ ފަރާތެއް ނަމަ ނުވަތަ އަނބިމީހާ/ފިރިމީހާ މަރުވެފައިވާ ނަމަ، ގޯއްޗަށް އެދޭ މީހާގެ ދަރިއެއް/ދަރިން ތިބެން ޖެހޭނެ ކަމަށެވެ.
ޝަރުތު އިސްލާހުކޮށްފައި ދޫކުރި ފޯމު: މި ފޯމުގައިވާ ގޮތުން ކައިވެންޏެއްގައި ނެތަސް ޝަރުތު ހަމަވޭ.
ހުޅުމާލޭގެ ބިމުގެ އަގަށް ބަލާއިރު ނުއަގުގައި ވިއްކާ މިއިން ގޯއްޗެއްގެ އަގަކީ އެންމެ 400،000ރ. އެވެ. ހުޅުމާލެ އިން ގޯތި ވިއްކުމުގެ ގާނޫނީ ހައިސިއްޔަތެއް ހައުސިން މިނިސްޓްރީއަށް ނެތްއިރު ވެސް އެ މަޝްރޫއު ކުރިއަށްގެންދާތީ އޭސީސީން މައްސަލަ ބަލަން ފަށައި، ފޯމު ދޫކުރުމާއި ބަލައިގަތުން ވަނީ މަޑުޖައްސާލަން އަންގައިފަ އެވެ.
ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ފޯމު ބަލައިގަތުން މަޑުޖައްސާލީ އެ މިނިސްޓްރީގެ ފަރާތުން އޭސީސީއަށް ފޮނުވި ސިޓީގެ ޖަވާބު ލިބެންދެނެވެ.
މި މަޝްރޫއު ހުއްޓާލަން އަންގައި އޭސީސީން ފޮނުވި ސިޓީގައި ބުނެފައި ވަނީ، ހުޅުމާލޭން 400 ގޯތި ދޫކުރަން ހުޅުވާލި ފުރުސަތާ ގުޅިގެން އެ ކޮމިޝަނަށް ހުށަހެޅި ޝަކުވާތައް ބެލި އިރު ގާނޫނީ ގޮތުން ސުވާލު އުފެދޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. އަދި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތު ކުރެވިފައިވާތީ މައްސަލަ ތަހުގީގު ކުރަން ނިންމާފައިވާ ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.
ހުޅުމާލެ ދެ ވަނަ ފޭހުން މީގެ ކުރިން ވެސް ވަނީ ބިން ވިއްކައިފަ އެވެ. އެކަމަކު އޭރު ފެށޭ އަގަކަށް ހަމަޖެއްސީ އަކަފޫޓެއް 3،000ރ އަށެވެ. އެ އަގުން ބަލާ ނަމަ 1،000 އަކަ ފޫޓެއްގެ ގޯއްޗެއްގެ އަގު 3 މިލިއަން ރުފިޔާއަށް އަރަ އެވެ. އެފަހަރު ގޯތިތައް ވިއްކީ އަކަފޫޓެއް 3،000ރ އަށް ވުރެ މާ ބޮޑުކޮށެވެ.
ގޯތި ވިއްކުން ހުއްޓުވަން މުވައްޒަފުންތަކެއް އޭސީސީއަށް!
ގޯތި ވިއްކުން މެކުހުގައި، އޭސީސީ މަޑު ނިންޖެއްގައި!
ހައުސިންއަކަށް ހުޅުމާލެ އިން ގޯއްޗެއް ނުވިއްކޭނެ!
ގޯއްޗަށް ފޯމުލުމަކީ ކޮރަޕްޝަންގައި ބައިވެރިވުން: އަލީ
ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނެއް ނުހިންގާ: އޭސީސީ
ފްލެޓްތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!
ފްލެޓް ހަވާލުކުރިއިރު ވެސް އޭސީސީގެ ތަހުގީގު ނުނިމުނު!
ގޯތި ސްކީމްގެ ތަހުގީގަށް 16 މީހަކު މައުލޫމާތު ދީފި
ދައުވާކުރަން އުޅެނީ ހައުސިންގެ ކުރީގެ ވެރިންނަށް!
ގޯތި މައްސަލަ:އިލެކްޓްރޯނިކް ސާމާނުތަކެއް ހިފަހައްޓައިފި