11 އޮކްޓޯބަރ 2018
ހުޅުމާލެ އިން 400 ގޯތި ވަކި ބަޔަކަށް ދޭން ނިންމައި ހައުސިން މިނިސްޓްރީން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.
ހުޅުމާލެ އިން 400 ގޯތި ވަކި ބަޔަކަށް ދޭން ނިންމައި ހައުސިން މިނިސްޓްރީން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.
ވަޒީފާގެ ގެއްލިދާނެ ކަމުގެ ބިރަށްޓަކައި ނަން ހާމަނުކޮށް، ހައުސިން މިނިސްޓްރީގެ މުވައްޒަފުންތަކެއް އޭސީސީ އަށް ފޮނުވި ސިޓީގައި، ހުޅުމާލެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމުގައި އެ މިނިސްޓްރީން އަމަލުކުރަމުންދާ ގޮތް ތަފްސީލުކޮށްދީފައިވެ އެވެ. އޭގެތެރޭގައި ގާނޫނާ ޚިލާފު އަމަލުތަކެއް ހިމެނޭއިރު ހުއްޓުވުމަކީ އޭސީސީގެ ޒިންމާއެއް ކަން ހަނދާންކޮށްދީ، އެކަން ލަސްވެ ރައްޔިތުން ތަކުލީފު އުފުލަން ޖައްސާފައިވާތީ، އޭސީސީ އަށް ވަނީ ފާޑުކިއުން ވެސް އަމާޒުކޮށްފަ އެވެ.
ގޯތި ވިއްކާ ގޮތާ ގުޅިގެން ހައުސިން މިނިސްޓްރީގެ މުވައްޒަފުންގެ ކަންބޮޑުވުންތަކަކާ އެކު ޝަކުވާތަކެއް ހުށަހަޅާފައިވާ ކަން އޭސީސީން ކަށަވަރުކޮށްދެ އެވެ.
މުވައްޒަފުންތަކެއްގެ ސިޓީގައި ބުނެފައި ވަނީ، އޭސީސީގެ ފަސް މެމްބަރުންގެ ފަރާތުން ވެސް ފެންނަނީ، ރައްޔިތުންގެ ތެރެއިން އެތައް ބައެއްގެ ހައްގު ގެއްލެމުންދާއިރު ފިޔަވަޅު އަޅަން ފަސްޖެހި ވަކި ބަޔަކަށް ނާޖާއިޒު މަންފާތަކެއް ލިބިދޭ ތަން ބަލަހައްޓައިގެން ތިއްބެވި މަންޒަރު ކަމަށެވެ. މުވައްޒަފުން މިހެން ބުންޏަސް، އޭސީސީން ވަނީ ގޯތި ދޫކުރަނީ ގާނޫނާ ޚިލާފަށް ކަމަށް ބުނެ އާ އުސޫލެއް އެކުލަވާލައިގެން ކުރިއަށް ގެންދަން ހައުސިން އަށް އަންގައިފަ އެވެ. އެކަން އެގޮތަށް ނުކޮށްފި ނަމަ ކޯޓަށް ގޮސްގެން ހުއްޓުވާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.
ގޯތި ގަންނަން، ފޯމު ހުށަހަޅަން ހައުސިން މިނިސްޓްރީގައި ކިޔޫ ހަދާފައި. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު
- އޭސީސީން އެންގުމުން ވެސް ގޯތި ވިއްކުން ގާނޫނާއި ގަވާއިދާ ޚިލާފަށް ކުރިއަށް ގެންދިއުން.
- ދެ ވަނަ ފަހަރަށް އިއުލާން ކުރިއިރު ވަކި ބަޔަކަށް ފުރުސަތު ދޭން ޝަރުތުތަކަށް ބަދަލު ގެނެސްފައި ވުން. މާލޭގެ ދަފްތަރުގައި ރަޖިސްޓްރީވެފައި ނުވި ނަމަވެސް ދަފްތަރުގައި ރަޖިސްޓްރީ ވާން ހުށަހަޅާ ފަރާތްތަކަށް ވަގުތީ ލިޔުމެއްދީ އެ ފަރާތްތައް ޝަރުތު ހަމަވާ ކަމަށް ބަދަލުކޮށްފައި ވުން. ވޭތުވެދިޔަ ފަސް ދުވަހުގެ ތެރޭގައި އާދަޔާޚިލާފަށް ގިނައިން، ދަފްތަރުގައި ރަޖިސްޓްރީވާން ހުށަހަޅާފައިވާއިރު އޭގެތެރޭގައި ދައުލަތުގެ އެކި މަގާމްތަކުގައި ތިއްބެވި ބޭފުޅުންނާއި ވެރިކަން ކުރާ ޕީޕީއެމްގެ ހަރަކާތްތަކުގައި އިސްކޮށް އުޅޭ މީހުން ހިމެނުން.
- އާއްމުކޮށް އެންގުމަކާ ނުލައި ދަފްތަރުގައި ޖެހުމުގެ ފުރުސަތު ވަކި ބަޔަކަށް ދިނީ ނާޖާއިޒު މަންފާ ހޯދައިދޭން ކަން. އޭގެ ސަބަބުން ގޯތި އެންމެ ހައްގުވާ މީހުންނަށް ފުރުސަތު ގެއްލުން.
- ގޯތި ވިއްކުން ހުޅުވާލީ މާލޭގެ ރަށްވެހިންގެ ތެރެއިން ގޯތިގެދޮރުގެ ދަތިކަން އެންމެ ބޮޑަށް ކުރިމަތިވެފައިވާ މީހުންނަށް ހައްގު ހޯދަން ކަމަށް ބުނެފައިވިޔަސް އެއާ ޚިލާފަށް ގޯތި ދޫކުރަން ނިންމާފައި ވުން.
- މާލޭގައި ގޯތި ނުލިބި 50 އަހަރު ތިބި މީހުންނާއި ދަފްތަރުގައި މިއަދު ދަފްތަރުގައި ޖެހިގެން ކުރިމަތިލާ މީހުން ޕޮއިންޓުގެ ގޮތުން އެއްވަރުވުމަކީ އިންސާފުވެރި ގޮތަކަށް ނުވުން.
އޭސީސީ އަށް ހުށަހެޅި ސިޓީގައި މުވައްޒަފުން ބުނެފައިވާ ގޮތުގައި ގޯތި ދޫކުރުމުގެ ގުރުއަތުލާ ގޮތަށް ހަމަޖައްސާފައި ވަނީ ހައުސިން މިނިސްޓްރީގެ އިސް ފަރާތްތަކުން ވަކި ބަޔަކަށް ގޯތި ހޯދައިދޭން ކަން ވަނީ ޔަގީން ކުރެވިފަ އެވެ.
"ގުރުއަތުލާއިރު ވަކި ބަޔަކު ހޮވޭ ގޮތަށް އެކަން ކުރަން ރޭވިފައިވާއިރު، މިހާރު ވެސް ހޮވޭނެ ފަރާތްތަކުގެ ލިސްޓެއް ހަދައި މިނިސްޓްރީގެ ސިޔާސީ މަގާމްތަކުގައި އުޅޭ އިސް ފަރާތްތަކަކުން އެ ލިސްޓު ބަލަހައްޓަމުން ދެ އެވެ،" މުވައްޒަފުންގެ ސިޓީގައިވެ އެވެ.
އެ ލިސްޓުގައި ގިނަ އަދަދަކަށް ޕީޕީއެމްގެ އެކްޓިވިސްޓުން ހިމެނޭ ކަމަށާއި އޭގެތެރެއިން ގިނަ މީހުން ދަފްތަރުގައި ޖެހުނީ ރިޔާސީ އިންތިޚާބުގެ ފަހުން ކަމަށް ވެސް މުވައްޒަފުންގެ ސިޓީގައިވެ އެވެ.
"ކޮމިޝަންގެ މެމްބަރުންނަށް އަޅުގަނޑުމެން އެދެނީ މާލޭގެ ނިކަމެތި އެތައް ރައްޔިތުންގެ ހައްގުތަކެއް ސިޔާސީ ވަކި ބަޔަކު އަމިއްލަ ފައިދާތަކަކަށް ނަގަމުންދާއިރު އެކަމާ ފިޔަވަޅު ނާޅައި ތި ބޭފުޅުން [އޭސީސީގެ މެމްބަރުން] ތިބުމަކީ ގާނޫނީ ގޮތުން ކުރައްވާ ކުށެކެވެ. މިކަމުގެ ފުރިހަމަ ޒިންމާ ކޮމިޝަންގެ 5 މެމްބަރުން ވަކި ވަކިން ނަގަން ޖެހޭނެ އެވެ،" ސިޓީގައިވެ އެވެ.
މުވައްޒަފުން އެދިފައި ވަނީ ގޯތި ވިއްކުމުގެ މައްސަލަ ބަލަން އެ ކޮމިޝަންގެ ޓީމެއް ހައުސިން މިނިސްޓްރީ އަށް ފޮނުވައިގެން ނަމަވެސް އެކަން ހުއްޓުވައި ދިނުމަށެވެ.
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން
ދިރިއުޅުމުގެ ހާލަތު ބެލި ގޮތުގެ މައްސަލަ އޭސީސީ އަށް
ނާޅާކަމަށް އަސްލަމް ވިދާޅުވި ފްލެޓުގެ މަސައްކަތް އެބަދޭ
"ހިޔާގައި ތާއްޓެއް ނުވޭ، ލިސްޓު މިމަހު ނެރެންފަށާނެ"
އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓްތަކެއް ނާޅާ: އަސްލަމް
ހިޔާ ފްލެޓުތައް ނިމެން އަށް މަސް ނަގާނެ: އަސްލަމް
ދެ ފޯމެއް، އެއް ފޯމުގައި، ކައިވެނި ޝަރުތެއް ނޫން!
ހައުސިންއަކަށް ހުޅުމާލެ އިން ގޯއްޗެއް ނުވިއްކޭނެ!
ގޯއްޗަށް ފޯމުލުމަކީ ކޮރަޕްޝަންގައި ބައިވެރިވުން: އަލީ
ހުޅުމާލެއިން 400 ގޯތި ވިއްކުން އޭސީސީން ހުއްޓުވައިފި