Roadha Mihaaru
ފްލެޓްތައް ދޫކުރުން މަޑުޖައްސައިލަން އޭސީސީން އަންގައިފި

ހިޔާ މަޝްރޫއުގެ ފްލެޓްތައް ދޫކުރުން މަޑުޖައްސައިލަން އޭސީސީން އަންގައިފި

01 އޮކްޓޯބަރ 2018

އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަމުންދާތީ، އެ ތަންތަން އާންމުންނަށް ދޫކުރުން މަޑުޖައްސަލައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހައުސިން މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.

އޭސީސީގެ އެ ނިންމުން އައިއިރު، ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާތީ، ވަރަށް ގިނަ ބަޔަކު ވަނީ ފޯމު ހުށަހަޅައިފަ އެވެ. ބެލެވޭ ގޮތުގައި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް 25،000 އަށް ވުރެ ގިނަ މީހުން ވާނީ ފޯމު ހުށަހަޅައިފަ އެވެ.

އޭސީސީގެ ނައިބު ރައީސް މުއައްވިޒް ރަޝީދު ސޮއިކުރައްވައި، ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒަށް ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ، ފްލެޓަށް އެދި ހުށަހެޅި ފޯމުތައް މިހާތަނަށް ވެރިފައިކޮށް، އިވެލުއޭޓް ވެސް ކޮށްފައި ނުވާ ކަމަށާއި ފްލެޓަށް އެދުނު މީހުންނަށް ފްލެޓް ލިބުނު ކަމުގެ ލިޔުން ދޫކުރާ ކަމަށް ބުނެ އެ ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ބެލުމަށް ފަހު، އޭސީސީން ވަކި ގޮތެއް އަންގަންދެން، ފްލެޓް ދޫކުރުމާ ގުޅޭ އެންމެހައި މަސައްކަތްތައް ކުރިއަށް ނުގެންދަން އެ ކޮމިޝަނުން ވަނީ ހައުސިން މިނިސްޓްރީއަށް އަންގައިފަ އެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރޭގައި ވާހަކަ ދައްކަވަމުން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައި ވަނީ ފްލެޓަށް ފޯމު ހުށަހަޅާ ކޮންމެ މީހަކަށް ވެސް ފްލެޓް ދޭން ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށެވެ.