09 އޯގަސްޓް 2016
ދިރިހުރުމާއި މަރާ ގުޅިފައިވާ ކަންކަމުގައި ފަހު ބަސް ބުނުމުގެ ފުރުސަތު ރާއްޖެ ފަދަ އިންސާފުން އެއްކިބާވެ، ސިޔާސީ ވެފައިވާ ޝަރުއީ ދާއިރާއަަކަށް ދީގެން ނުވާނެ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
ދިރިހުރުމާއި މަރާ ގުޅިފައިވާ ކަންކަމުގައި ފަހު ބަސް ބުނުމުގެ ފުރުސަތު ރާއްޖެ ފަދަ އިންސާފުން އެއްކިބާވެ، ސިޔާސީ ވެފައިވާ ޝަރުއީ ދާއިރާއަަކަށް ދީގެން ނުވާނެ ކަމަށް އދ. އިން މިއަދު ބުނެފި އެވެ.
އިންސާނީ ހައްގުތަކާ ބެހޭ އދ.ގެ އެންމެ އިސް ވެރިޔާ ޒައިދު ރާއިދު އަލް ހުސައިން ނެރުއްވި ބަޔާނެއްގައި ވިދާޅުވި ގޮތުގައި މިދިޔަ 60 އަހަރު ވަންދެން ރާއްޖޭން މަރުގެ އަދަބު ތަންފީޒު ކޮށްފައެއް ނުވެ އެވެ. އެކަމަކު، މަރުގެ ހުކުމް އުމުރު ދުވަހުގެ ޖަލު ހުކުމަކަށް ރައީސަށް ބަދަލުކުރެވޭ ގޮތަށް އޮތް އޮތުން ބާތިލު ކުރުމާއި ދަން ޖައްސައިގެން މެރުން ގަވާއިދުގައި ހިމެނުން ފަދަ ކަންބޮޑުވާން ޖެހޭ އެތައް ކަމެއް މި ފަހުން ހިނގާފައިވާކަން އޭނާ ފާހަގަކުރެއްވި އެވެ.
"ގާނޫނުގެ ތެރެއިން ކުރިޔަސް، މީހެއްގެ ފުރާނަ ނެގުމަކީ އަނބުރާ ނުގެނެވޭނެ ފަދަ ބޮޑު އަދަބެއްކަން ރާއްޖޭން ވަނީ ގަބޫލުކޮށްފައި،" ބަޔާނުގައިވެ އެވެ.
ޒައިދު ވިދާޅުވި ގޮތުގައި މަރުގެ އަދަބަކީ ކުށުން މީހުން ދުރުހެލި ކުރުވާ ކަމެއް ނޫނެވެ. އެހެންވެ، އެއްވެސް ހާލަތެއްގައި މަރުގެ އަދަބު ދިނުމާ އދ. އިން ދެކޮޅު ހަދާ ކަމަށާއި އެކަމަކު އެ އަދަބު ދޭ ގައުމުތަކުގައި ވެސް މައާފަށް އެދުމާއި އަދަބު ލުއިކުރުމުގެ ފުރުސަތު އޮންނަ ކަމަށް އޭނާ ވިދާޅުވި އެވެ.
ރާއްޖޭގައި މިހާރު އެ ފުރުސަތު ނެތް ކަމަށާއި، ޖުމްލަ 17 މީހަކު މަރަން ހުކުމް ކޮށްފައިވާކަން ޒައިދު ފާހަގަކުރެއްވި އެވެ. އަދި އޭގެ ތެރެއިން ބައެއް މީހުންގެ މައްޗަށް ވަރަށް އަވަހަށް ހުކުމް ތަންފީޒުކޮށްފާނެ ކަމުގެ ބިރު އެބައޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
"މަރުގެ އަދަބު ނުދީ އޮތް އޮތުން އެ ގޮތުގައި ދެމެހެއްޓުމަށާއި އެ އަދަބު ދިނުން މުޅިން އެއްކޮށް ހުއްޓާލަން ރާއްޖޭގެ ވެރިންނާއި ރައްޔިތުންނަށް ގޮވާލަން،" ބަޔާނުގައިވެ އެވެ.
ތިން މީހަކަށް ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވައި ހުކުމް ތަންފީޒު ކުރުމުގެ ކުރިން ފުރިހަމަ ކުރަންޖެހޭ އިޖުރާއާތު ފުރިހަމަ ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އެ މަސައްކަތް ހުއްޓާލަން ހައި ކޯޓުން މިދިޔަ މަހު ވަގުތީ އަމުރެއް ވެސް ނެރުނެވެ. އެކަމަކު، ސުޕްރީމް ކޯޓުން ވަނީ އެ އަމުރު ބާތިލްކޮށްފަ އެވެ.
ސުޕްރީމް ކޯޓުން މަރުގެ ހުކުމް އިއްވާފައިވަނީ މަޖިލީހުގެ ކުރީގެ މެމްބަރު އަފްރާޝީމް އަލީގެ ގާތިލް ހުސައިން ހުމާމަށާއި ގާނޫނީ ވަކީލް އަހުމަދު ނަޖީބުގެ ގާތިލް އަހުމަދު މުއްރަތަށާއި ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލްގެ މައްޗަށެވެ. އޭގެ ތެރެއިން ހުމާމް މެރުން ފަސްކުރަން އދ. އިން ވަނީ އަންގައިފަ އެވެ.
މަރުގެ ހުކުމްތައް އަލުން ދިރާސާ ކުރަން ގޮވާލައިފި
މަރުގެ ހުކުމް ތަންފީޒު ކުރާނެ އިތުރު ތަނެއް ހަދަނީ
"ހުމާމް ނުމަރަން އދ. އިން ނާންގާ، ފޮނުވީ ނޯޓެއް"
ނަބީލަށް މަރުގެ ހުކުމް އިއްވީ ގޯސް ހެއްކަށް ބިނާކޮށް
ހުމާމް މަރަން ކުރި ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓަށް
މަރުގެ އަދަބު ހުއްޓުވުމާ ދެކޮޅަށް ރާއްޖެއިން ވޯޓު ދީފި
މަރުގެ އަދަބު ނުދޭނެކަން ހާމަކުރި ޓުވީޓް ޑިލީޓްކޮށްފި
މަރުގެ ހުކުމް ތަންފީޒުކުމަކީ ބޮޑު ގޯހެއް: އދ
ހުމާމްގެ މައްސަލަ ބަލަމުންދަނިކޮށް މަރާލައިގެންނުވާނެ
އަރާމުކޮށް ނިދަން ބޭނުންވަނީ ލޯބި