09 ޖޫން 2016
ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު މަރަން ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލު އަލީ ޝާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ސ. ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދުގެ ގާތިލް މުހައްމަދު ނަބީލު މަރަން ދަށު ކޯޓާއި ހައި ކޯޓުން ހުކުމްކޮށްފައިވަނީ ގާނޫނާ ޚިލާފް ހެކިތަކެއްގެ މައްޗަށް ބިނާކޮށް ކަމަށް އޭނާގެ ވަކީލު އަލީ ޝާހު ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
ފަރުހަދު މަރުވީ، މާޗް، 2009 ގައި މަޖީދީ މަގު ސޯސަން ސްޓޯރު ކުރިމަތީގައި ގްރޫޕަކުން އައިސް ފަރުހަދަށް ހަމަލާ ދީ، އޭނާގެ ބުރަކަށްޓަށް ވަޅިހެރުމުގެ ސަބަބުންނެވެ. އެ މައްސަލައިގައި ކުށްވެރިވެ ގ. ރީފް، ނަބީލް މަރަން ދަށު ކޯޓުން ކުރި ހުކުމަށް މިދިޔަ އަހަރު ހައި ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
ހަައި ކޯޓުގެ ހުކުމުގެ ސައްހަކަން ކަށަވަރުކޮށްދޭން ދައުލަތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ މިއަދު ބޭއްވި އަޑުއެހުމުގައި ނަބީލްގެ ވަކީލު ވިދާޅުވީ ނަބީލްގެ މައްޗަށް ކުށް ސާބިތު ކުރުމުގައި މުޅިން ވެސް ބޭނުން ކޮށްފައިވަނީ ގާނޫނާ ޚިލާފަށް ހޯދާފައިވާ ހެކިތަކެއް ކަމަށެވެ. އެގޮތުން މަޖުބޫރު ކޮށްގެން ތަހުގީގުގައި ނަބީލް ލައްވައި ކުށަށް އެއްބަސް ކުރުވާފައިވާ ކަމަށާއި ތަހުގީގު ކުރީ ވެސް ވަކީލެއްގެ އެހީތެރިކަން ނަބީލަށް ނުލިބެނީސް ކަމަށް ޝާހު ވިދާޅުވި އެވެ.
ހެކިން ހެކިބަސް ދީފައިވަނީ މުޅިން ވެސް ތަހުގީގު ބަޔާނަށް ހަވާލާދީފައި ކަމަށާއި އެއީ ހެކިބަސް ދިނުމުގެ އުސޫލާ ޚިލާފް ކަމެއް ކަމަށް ޝާހު ވިދާޅުވި އެވެ. އަދިި ފަރުހަދު މަރުވީ އޭނާއާ ދިމާލަށް ނަބީލް އެއްލި ކަޓަރެއް އޭނާގެ ބުރަކަށްޓަށް ހެރިގެން ކަމަށް ދައުވާގައި އޮތަސް ކަޓަރެއް އެއްލުމުން ގޮސް ބުރަކަށްޓަށް ހެރިގެން އިންސާނެއްގެ އެތެރެ ހައްޓަށް ގެއްލުން ވެދާނެ ކަމާ މެދު ޝާހު ސުވާލު އުފެއްދެވި އެވެ.
މީގެ އިތުރުން ފަރުހަދު މަރުވީ އޭނާ އަށް ފަރުވާ ދިނުމުގައި އަމަލުކުރި ގޮތުގެ ސަބަބުން ކަމަށް ބެލުމުގެ ފުރުސަތު އޮތް ކަމަށް ވިދާޅުވެ، ބައެއް ކަންކަން ޝާހު ފާހަގަ ކުރެއްވި އެވެ.
ޝާހު ވިދާޅުވި ގޮތުގައި ބޮޑެތި ޝައްކުތަކެއް އެ މައްސަލާގައި އެބަހުރި ކަމަށާއި އެފަދަ ކަންތައްތަކެއް ހުރިއިރު "އެކަމުގެ މައްޗަށް ބިނާކޮށް ދިރިހުރި ފުރާނައެއް ނަގާލުމަކީ،" ރަނގަޅު ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މިއަދުގެ އަޑުއެހުން ނިންމާލީ ޝާހުގެ ވާހަކަތަކަށް ޖަވާބުދޭން ދައުލަތަށް ފުރުސަތު ދިނުމަށް ފަހު އެވެ.
ހަނާގެ މަރުގެ ހުކުމުގެ މައްސަލައިގެ އަޑުއެހުމެއް މާދަމާ
ޝަހުމް މަރަން ކުރި ހުކުމް ދަމަހައްޓަން އެދިއްޖެ
ޝަހުމް މަރަން ހުކުމްކުރި މައްސަލަ ސުޕްރީމްކޯޓުން ފަށަނީ
މަންމަ މައާފް ދިނުމުން މަރުގެ އަދަބުން ސަލާމަތްވެއްޖެ
މަރުގެ އަދަބަށް ގާނޫނުން އެޅި ހުރަސް ނިމުމަކަށް!
މަރުގެ އަދަބަށް ގޮތް ނިންމަން ޖެހޭނީ ސަރުކާރުން: ޕީޖީ
ޝައިފަންގެ މަރުގެ ހުކުމް ސުޕްރީމް ކޯޓުން ދަމަހައްޓައިފި
މިރުޒާގެ މަރު: މަރުގެ އަދަބުން ސަލާމަތްވެއްޖެ
ސަމާހު ހިތްހަމަނުޖެހުމުން ވަކީލު މައްސަލައިން ވަކިކޮށްފި
"ކުޑަކުއްޖަކު" މަރަން ކުރި ހުކުމް ސުޕްރީމް ކޯޓަށް