Roadha Mihaaru
ޑީޖީޓީގެ މަގާމަށް ސީވީޑް ލަތީފް އައްޔަންކޮށްފި

ޑައިރެކްޓަ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ސީވީޑް ލަތީފް އައްޔަންކޮށްފި

01 އޮކްޓޯބަރ 2018

އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ފަރާތުން ޑިރެކްޓާ ޖެނެރަލް އޮފް ޓްރާންސިޝަން (ޑީޖީޓީ)ގެ މަގާމަށް ހ. ސީވީޑް، އަހުމަދު ލަތީފް (ސީވީޑް ލަތީފް) ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އައްޔަންކޮށްފި އެވެ. އެ ކޮމިޝަންގައި ބޭއްވި ރަސްމިއްޔާތެއްގައި، ޑީޓީޖީގެ މަގާމަށް ހަމަޖެއްސި ކަމުގެ ލިޔުން، ލަތީފާ ހަވާލުކުރެއްވީ ސީއެސްސީގެ ރައީސް އަލީ ޝަމީމެވެ.

ސީވީޑް ލަތީފަކީ ރާއްޖެއިން ޗައިނާއަށް ކުރިން ކަނޑައަޅާފައި ހުރި ސަފީރެވެ. މިހާރު އޮލިމްޕިކް ކޮމެޓީގެ ނައިބު ރައީސެވެ. އަދި އެމްޑީޕީ ޗެއާޕާސަން ހަސަން ލަތީފުގެ ބޭބެ އެވެ.

ޑީޖީޓީ ވާނީ ސިވިލް ސާވިސްގެ މުވައްޒަފަކަށެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާއާ ގުޅޭ ގާނޫނުގައި ބުނެފައިވާ ގޮތުން، އިންތިހާބީ ރައީސަށް މަސައްކަތް ކުރައްވާނެ އޮފީހަކާއި ފަންނީ މާހިރުންނާއި ކެއުންބުއިމާއި ދިރިއުޅުއްވުމުގެ ހަރަދު ހަމަޖައްސައި ދިނުމަކީ ޑީޖީޓީގެ ޒިންމާއެކެވެ. ވެރިކަން ބަދަލު ކުރުމުގެ މަރުހަލާގައި، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ފަރާތްޕުޅުން ސިޔާސީ ކަންކަމުގައި އެންމެ އިސްކޮށް އުޅުއްވުމަށް ހަމަޖައްސަވާފައި ވަނީ ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަބްދުﷲ ޝާހިދެވެ.