05 ސެޕްޓެމްބަރ 2018
އިސްކަންދަރު ސްކޫލުގެ 20 ޓީޗަރަކު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މިރޭ ބައްދަލުކޮށް، ތާއީދުކުރާކަން ހާމަކޮށްފި އެވެ.
އިސްކަންދަރު ސްކޫލުގެ 20 ޓީޗަރަކު އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އާ މިރޭ ބައްދަލުކޮށް، ތާއީދުކުރާކަން ހާމަކޮށްފި އެވެ.
އިބޫއާ އިސްކަންދަރު ސްކޫލުގެ ގިނަ އަދަދެއްގެ ޓީޗަރުން ބައްދަލުކޮށްފައިވާކަން ހާމަކުރީ އެމްޑީޕީން މިރޭ ކުރި ޓްވީޓެއްގަ އެވެ. އެ ބައްދަލުވުމާ ބެހޭ އިތުރު މައުލޫމާތެއް އެމްޑީޕީން ހާމައެއް ނުކުރެ އެވެ.
އިދިކޮޅު ރިޔާސީ ކެންޑިޑޭޓާ ޓީޗަރުންތަކެއް ބައްދަލުކޮށްފައި ވާއިރު އެމްޑީޕީ އަދި އިދިކޮޅު އިއްތިހާދުގެ ބައެއް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވި ކަމަށް ބުނެ މީގެ ކުރިން ސިވިލް ސާވިސްގެ މުވައްޒަފުންގެ އެތައް ބަޔަކަށް ފިޔަވަޅު އަޅައި ވަޒީފާއިން ވަކިކޮށްފައިވެ އެވެ.
މިރޭ މާލޭގައި ޖަގަހައެއް ހުޅުވުމުގެ ހަފުލާއެއްގައި ވާހަކަ ދައްކަވަމުން އިބޫ ވަނީ އިދިކޮޅު ސަޕޯޓަރުންނަށް ބިރު ދެއްކި ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވިދާޅުވެ، ސިވިލް ސާވަންޓުން ވެސް އިދިކޮޅު ހަރަކާތާ ގުޅޭނެ ކަމުގެ އިޝާރާތެއް ދެއްވައިފަ އެވެ.
"އަޅުގަނޑުމެން މި ކުރި ދަތުރުތަކުގައި ރަށް ރަށުން މި މަންޒަރު ފެންނަމުން އެބަ ދޭ. ސިވިލް ސާވަންޓުން، ސަރުކާރުގެ ކުންފުނިތަކުގައި މަސައްކަތްކުރާ މުވައްޒަފުން ބިރު ފަހަނައަޅައި ގޮސް އަޅުގަނޑުމެންގެ ކެމްޕެއިނާ ޖޮއިން ކުރަން ފައްޓައިފި،" އޭނާ ވިދާޅުވި އެވެ. "އަޅުގަނޑު ދިޔަ އެއް ރަށަކުން ސްކޫލުގެ ހުރިހާ ޓީޗަރުން ނިކުމެ އަޅުގަނޑުމެންނާ ބައިވެރިވި."
އެ ހަފުލާގައި އިބޫ ވިދާޅުވީ ބިރު ދައްކައި ބަންދުކުރުމުގެ ވާހަކަތަކެއް އެބަ ދެކެވޭ ކަމަށާއި ނަމަވެސް ސަޕޯޓަރުން ތިބީ ގޮތް ދޫކުރާ ގޮތަކަށް ނޫން ކަމަށެވެ.
ސިވިލް ސާވިސްގެ ވަޒީފާ ދިނުން މެދުކަނޑާލައިފި
ޑީޖީޓީގެ މަގާމަށް ސީވީޑް ލަތީފް އައްޔަންކޮށްފި
އާސަރުކާރަށް އެއްބާރުލުން ދޭން ޕީއެސްއިންނަށް އަންގައިފި
އިބޫގެ ކެމްޕޭނަށް ޓީޗަރުން، ނިހާން ހިތްހަމަނުޖެހިއްޖެ!
ރެހެންދި ސްކޫލްގެ ގިނަ ޓީޗަރުންތަކެއް ވެސް އިބޫއާ އެކު
ސިވިލް ސާވިސްގެ މުސާރަ ބޮޑު ކުރާނަން: އިބޫ
ޓީޗަރުންގެ މުސާރަ ބޮޑު ކުރާނަން: އިބޫ
އިބޫގެ މައްޗަށް ތަހުގީގެއް ހިންގަން އުޅެނީ ބިރުދައްކަން
ކުރިމަތިން ފެންނަނީ ނާމާން، ބަނަ ދުވަސްތަކެއް: އިބޫ
ފާޑުކިޔުން ކުށަކަށް ހެދުމަކީ ކަންބޮޑުވާކަމެއް: އިބޫ