20 ސެޕްޓެމްބަރ 2018
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް އަންނަ ހަފުތާގައި ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލޭ ހޮސްޕިޓަލުން އެމްއާރުއައިގެ ޚިދުމަތް އަންނަ ހަފުތާގައި ދޭން ފަށާނެ ކަމަށް އެ ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި އަލަށް ގާއިމު ކުރި ރޭޑިއޮލޮޖީ ޑިޕާޓްމަންޓްގައި އެމްއާރުއައި ހިދުމަތުގެ އިތުރުން ސީޓީ ސްކޭނާއި މެމޯގްރާމް ހެދުމުގެ އިންތިޒާމުތައް ވަނީ ހަމަޖައްސައިފަ އެވެ. އަދި މި ހިދުމަތްތައް ދިނުމަށް ބޭނުންވާ މުވައްޒަފުން ތަމްރީނުކޮށް ނިމިފައިވާ ކަމަށް ވެސް ހުޅުމާލެ ހޮސްޕިޓަލުން ބުންޏެވެ.
ހުޅުމާލޭގައި ގާއިމު ކުރި ކާޑިއޮލޮޖީ ޑިޕާޓްމަންޓު. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުޅުމާލެ ހޮސްޕިޓަލްގައި އެމްއާރުއައިގެ ހިދުމަތް ފަށަން ތައްޔާރުވެފައި ވާއިރު، މާލޭގައި ހުންނަ އައިޖީއެމްއެޗާއި އޭޑީކޭ ހޮސްޕިޓަލުން ވެސް އެ ހިދުމަތް ލިބެ އެވެ. އަދި ހުޅުމާލޭގައި ހުންނަ ޓްރީ ޓޮޕް ހޮސްޕިޓަލުން ވެސް އެމްއާރުއައިގެ ހިދުމަތް ދަނީ ލިބެމުންނެވެ.
ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެލްތު މިނިސްޓަރު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވީ، ހުޅުމާލެ ސިޓީއެއްގެ ގޮތުގައި ތަރައްގީ ކުރަމުން އަންނައިރު، ސިއްހީ ހިދުމަތްތައް ފުޅާވެގެން ދިއުމަކީ ރައީސް އަބްދުﷲ ޔާމީންގެ ވަރަށް ބޮޑު އަމާޒެއް ކަމަށެވެ. ރޭޑިއޮލަޖީ ޑިޕާޓްމަންޓެއް ގާއިމް ކުރުމަކީ ހުޅުމާލޭގައި ދިރިއުޅޭ މީހުންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
"މާލެއަށް ނުގޮސް، އެމްއާރުއައިގެ ހިދުމަތް ސަރުކާރުގެ ހޮސްޕިޓަލެއްގައި ހެދޭނެ މަގު ތަނަވަސްވެގެން މިދަނީ،" ހުޅުމާލެ ހޮސްޕިޓަލްގެ ވެރިންނާ މުވައްޒަފުން ބައިވެރިވި ބައްދަލުވުމުގައި ނާޒިމް ވިދާޅުވި އެވެ.
ހެލްތު މިނިސްޓަރު ނާޒިމް މިރޭ މީޑިއާ އަށް އިންޓަވިއު ދެއްވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
ހުޅުމާލެ ހޮސްޕިޓަލް ތަރައްގީ ކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަން ފާހަގަ ކުރައްވައި ނާޒިމް ވިދާޅުވީ، ރައީސް ޔާމީންގެ ވައުދުތަކުގެ ތެރޭގައި ސިއްހީ ކަންކަން ކުރިއެރުވުމަށް ވަރަށް ބޮޑު އަހަންމިއްޔަތު ކަމެއް ދެއްވާ ކަމަށެވެ. އަދި ހުޅުމާލެ ހޮސްޕިޓަލް ތަރައްގީވާ އިރު، މިހާރު ނުލިބޭ އެތައް ހިދުމަތެއް ތައާރަފް ވާނެ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ހުޅުމާލެ ހޮސްޕިޓަލް ހިންގަމުން އަންނަ އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އަޒީމް ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު އެމްއާރުއައި މެޝިން ޓެސްޓު ކުރާނެ ކަމަށެވެ. އަދި އަންނަ މަހު މެމޯގްރާމް، ނޮވެމްބަރު މަހު ސީޓީ ސްކޭން ހިދުމަތް ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"މި ކަމަށް ބޭނުންވާ ތަމްރީންތަކެއް، މުވައްޒަފުން ހަދާ ނިމިފައި ވަނީ،" އަޒީމް ވިދާޅުވި އެވެ.
"އާސަންދަ ލިބުމުގައި ނާންނާނެ އެއްވެސް ބަދަލެއް. މިއަދު ލިބޭ ގޮތަށް މާދަމާ ވެސް ލިބޭނެ."
ހުޅުމާލެ ހޮސްޕިޓަލްގައި މަސައްކަތް ކުރާ މުވައްޒަފުންނާ ނާޒިމް މިރޭ ސަލާމް ކުރައްވަނީ. ---ފޮޓޯ: ނިޝާން އަލީ/ މިހާރު
އަޒީމް ވިދާޅުވި ގޮތުގައި މާލޭގައި ބޭނުންކުރާ އެމްއާރުއައި މެޝިންތަކުގެ ތެރެއިން އެންމެ އެޑްވާންސް މެޝިނެއް ހުންނާނީ ހުޅުމާލެ ހޮސްޕިޓަލްގަ އެވެ.
ހުޅުމާލެ ހޮސްޕިޓަލްގައި މިދިޔަ އަހަރު ވަނީ ކެންސަރަށް ފަރުވާ ކުރެވޭ އޮންކޮލަޖީ ސެންޓަރެއް ހުޅުވައިފަ އެވެ. އޮންކޮލަޖީ ސެންޓަރުން ކެންސަރު ބައްޔަށް ކީމޯތެރަޕީގެ ގޮތުގައި ބޭސް ކުރުމާއި ކެންސަރު ދެނެގަތުމަށް ޓެސްޓް ކުރުމާއި ކެންސަރަށް ކުރާ ފަރުވާގެ މުހިންމު ބަޔަކަށްވާ ދިރިއުޅުމުގެ އާދަތައް ދަސްކޮށް ދިނުމާއި ކެންސަރަށް މީހުން ހޭލުންތެރި ކުރުން ފަދަ ހިދުމަތްތައް ލިބޭނެ އެވެ.
ކެންސަރަކީ ރާއްޖޭގައި މީހުން އެންމެ ގިނަ އިން މަރުވާ ތިން ބަލީގެ ތެރެއިން އެއް ބައްޔެވެ. އެ ބަލީގެ ސަބަބުން ގިނަ ދުވަހު، ވޭނުގައި އުޅެން މަޖުބޫރުވެ އެވެ. އެއީ ބަލި ޖެހޭ މީހާގެ އާއިލާގެ މެމްބަރުންނަށް ހިތާމައާ ކުރިމަތިލާން ޖެހޭ ފަދަ ނުރައްކާތެރި ބައްޔެކެވެ.
ކެންސަރަށް ފަރުވާކުރެވޭ ތަނެއް ހުޅުމާލޭގައި ހުޅުވައިފި
ކެންސަރު ފަރުވާގެ ހިދުމަތް ހުއްޓައެއް ނުލަން: އާސަންދަ
ހިތާނީ ކޭމްޕް ނިމުނު އިރު އައިސީޔޫ ވީތަނެއް ނޭނގޭ!
މަރުވި އަންހެންމީހާގެ މައުލޫމާތު ލިސްޓް ހެދިއިރު ނުލިބޭ
ހުޅުމާލޭ ހޮސްޕިޓަލް ހިންގަނީ އާސަންދަ އިން: އަމީން
ހުޅުމާލެ ހޮސްޕިޓަލުގެ ރޭޑިއޮލޮޖީ ޑިޕާޓްމެންޓް ހުޅުވައިފި
އާސަންދަ އިން ހުޅުމާލެ ހޮސްޕިޓަލަށް 193 މިލިއަން!
މަރުވި ޒުވާނާ އަށް އަވަސް ފަރުވާ ދިނިން: އާސަންދަ
ފުލުހުން/ސިފައިންނަށް ކުރިއެކޭ އެއްގޮތަށް އާސަންދަލިބޭނެ
އަމިއްލަ އިންޝުއަރެންސުން ފުރަތަމަ ކެނޑުން މިއަހަރު