18 ސެޕްޓެމްބަރ 2018
މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ފޮނުވި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ އަދަދު 108 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭސީސީން ބުނެފި އެވެ.
މިއަހަރުގެ ފުރަތަމަ ހަ މަހު އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދައުވާކުރަން ފޮނުވި މައްސަލަތަކުގައި ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާގެ އަދަދު 108 މިލިއަން ރުފިޔާއަށް އަރާ ކަމަށް އޭސީސީން ބުނެފި އެވެ.
އޭސީސީން އާންމުކުރި މި އަހަރުގެ ހަ މަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އެ މުއްދަތުގައި ފަސް މައްސަލައެއްގައި ނުވަ ދައުވާއެއް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ވަނީ ފޮނުވައިފަ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތުގައި ދައުވާކުރަން ފޮނުވި މައްސަލަތަކަށް ވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ދެ މައްސަލައަކަށް ބިނާކޮށް ފަސް ބާވަތެއްގެ ދައުވާކުރަން ޕީޖީގައި އެދުނެވެ.
އެ ހިސާބުތައް ދައްކާ ގޮތުން މި އަހަރުގެ ފުރަތަމަ ހަ މަހު ދައުވާ ކުރަން ފޮނުވި މައްސަލަތަކުގައި ހިމެނޭ 130 މިލިއަން ރުފިޔާގެ ތެރެއިން 108 މިލިއަނަށް ވުރެ ގިނަ ރުފިޔާއަކީ ދައުލަތަށް އަނބުރާ ލިބެން ޖެހޭ ފައިސާ އެވެ.
އޭސީސީން ބުނިގޮތުގައި މި އަހަރުގެ ދެވަނަ ކުއާޓާގައި އެންމެ ގިނައިން ބަލާފައިވަނީ އަދި ދައުވާކުރަން ފޮނުވީ ނާޖާއިޒް ފައިދާ ހޯދައި ދިނުމުގެ މައްސަލަތަކެވެ. އެފަދަ 332 މައްސަލައެއް އެ މުއްދަތުގައި ކޮމިޝަނުން ބަލައި ނިންމިއިރު، މިދިޔަ އަހަރުގެ އެ މުއްދަތުގައި ނިންމީ އޭގެ 140 މައްސަލައެކެވެ.
މިއަހަރު ބެލި މައްސަލަތަކުން 188 މިލިއަން ލިބެންޖެހޭ
ދެ ކޮމިޝަނަށް ދޭ ބާރުތައް: ކަންބޮޑުވުންތަކާ ދިމާލަށް؟
ނުހައްގު މުއްސަނދިކަން ކުށަކަށް ނުހަދަނީ ކީއްވެ؟
ފެނަކައިގެ ކުރީގެ އެމްޑީ ސައީދަށް ދައުވާކޮށްފި
ހިޔާނާތުގެ މައްސަލައެއްގައި އޭސީސީގެ ވެރިއަކު ސަސްޕެންޑް
އޭސީސީ އާއި ހޮންކޮންގެ އައިސީއޭސީ ދެމެދު އެއްބަސްވުމެއް
ދައުލަތުގެ ފާރަވެރިޔާ:ދަތް ނެތް ސިންގާއެއް؟!
ހެލްތު މިނިސްޓްރީގެ ކުރީގެ އިސްވެރިންތަކަކަށް ދައުވާ
ހޯދަން އެންގީ 2018 ގެ ކުރިން ދޫކުރި ފައިސާތައް
ވެންޓިލޭޓަރު މައްސަލައަށް މި ހަފުތާގައި ގޮތެއް ނިންމަނީ