Roadha Mihaaru
ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ސީރިއާގައި ގެއްލިއްޖެ

ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ސީރިއާގައި ގެއްލިއްޖެ

18 ސެޕްޓެމްބަރ 2018

މޮސްކޯ (ސެޕްޓެމްބަރު 18) - ސީރިއާގެ މަތިން 14 މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

މޮސްކޯ (ސެޕްޓެމްބަރު 18) - ސީރިއާގެ މަތިން 14 މީހުންނާ އެކު ދަތުރުކުރި ރަޝިޔާގެ އަސްކަރީ މަތިންދާ ބޯޓެއް ރާޑަރުން ގެއްލިފައިވާ ކަމަށް ޑިފެންސް މިނިސްޓްރީން ބުނެފި އެވެ.

ބޯޓު ގެއްލިފައި ވަނީ ސީރިއާގެ ހުޅަނގު އުތުރުގެ ލަޓަކިއާ ސިޓީއާ ކައިރީގައިވާ ވައިގެ މަރުކަޒަކަށް ޖައްސަން ދަނިކޮށެވެ. ރަޝިޔާގެ ޓާސް ނިއުސް އެޖެންސީން ބުނީ ބޯޓު ރާޑަރުން ގެއްލިފައި ވަނީ ލަޓްކިއާ ޕްރޮވިންސްގައިވާ ސީރިއާގެ އަމާޒުތަކަށް އިޒްރޭލުގެ އެފް-16 ގެ ހަނގުރާމަ މަތީ ބޯޓުތަކުން ހަމަލާ ދެމުން ދިޔަ ވަގުތެއްގައި ކަމަށެވެ. ނަމަވެސް ލަޓަކިއާ އަށް ހަމަލާ ދިން މައްސަލާގައި އިޒްރޭލުގެ އަސްކަރިއްޔާ އިން ކޮމެންޓް ކޮށްފައެއް ނުވެ އެވެ.

ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނީ ބޯޓު ހޯދުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އެމެރިކާގެ އޮފިޝަލުން ބުނަނީ ރަޝިޔާގެ ބޯޓަށް ސީރިއާ ސަރުކާރު ސިފައިންގެ އެންޓި-އެއާކްރާފްޓް އާޓިލަރީން ހަމަލާދީ ވައްޓާލީ ކަމަށް ބެލެވޭ ކަމަށެވެ.

ރަޝިޔާގެ ހަނގުރާމަ މަތީ ބޯޓުތަކުން ދަނީ ރައީސް ބައްޝާރުލް އަސަދުގެ އެދިވަޑައިގަތުމަކާ ގުޅިގެން 2015 ވަނަ އަހަރުން ފެށިގެން ސީރިއާގައި ވައިގެ ހަމަލާތައް ދެމުންނެވެ.