17 ސެޕްޓެމްބަރ 2018
ބާލިން (ސެޕްޓެމްބަރު 17) – ބާލިން މެރެތަންގައި 2 ގަޑި 1:39 މިނެޓުން ދުވެ ކެންޔާގެ އެލިއޫޑް ކިކޯޖް ދުނިޔޭގެ މެރެތަން ރެކޯޑް މުގުރާލައިފި އެވެ.
ބާލިން (ސެޕްޓެމްބަރު 17) – ބާލިން މެރެތަންގައި 2 ގަޑި 1:39 މިނެޓުން ދުވެ ކެންޔާގެ އެލިއޫޑް ކިކޯޖް ދުނިޔޭގެ މެރެތަން ރެކޯޑް މުގުރާލައިފި އެވެ.
މިއީ 2014 ވަނަ އަހަރުގެ ބާލިން މެރެތަންގައި ކެންޔާގެ ޑެނިސް ކިމެޓޯ 2 ގަޑި 2:57 މިނެޓުން ހެދި ރެކޯޑަށް ވުރެ 1 މިނެޓު 20 ސިކުންތުގެ އަވަސްވުމެކެވެ.
"މި ދުވަސް ސިފަކޮށްދޭނެ ބަސްތަކެއް އަހަރެންގެ ދުލަކަށް ނާދޭ. އަހަރެން ވަރަށް ބޮޑަށް ޝުކުރުވެރިވަން. ދުނިޔޭގެ ރެކޯޑް މުގުރާލެވުނީތީ އުފާކުރަން،" އޭނާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ކިކޯޖަކީ މެރެތަންގެ އޮލިމްޕިކްސް ޗެމްޕިއަނެވެ. އަދި އޭނާ ވަނީ ބާލިން މެރެތަން އާއި ލަންޑަން މެރެތަން، ކޮންމެ އިވެންޓެއް ތިން ފަހަރު ކާމިޔާބުކޮށްފަ އެވެ.
"ވަރަށް އުނދަގޫކޮށް ދިޔައީ. އަހަރެން ދުވީ އަހަރެންގެ އަމިއްލަ ރޭހެއް. އަހަރެން އަހަރެންގެ ޓްރެއިނަރުންނާއި ޕްރޮގްރާމާއި ކޯޗަށް އިތުބާރުކުރިން. އެއީ ފަހު ކިލޯމީޓަރުތަކުގައި އަހަންނަށް ހިތްވަރުލެވުމުގެ ސިއްރަކީ،" ކިކޯޖް ބުންޏެވެ.
ކިކޯޖް ވަނީ ދެ ގަޑިއިރުގެ ތެރޭ ނުވަތަ އެއަށް ވުރެ އަވަހަށް މެރެތަން ރޭހެއް ނިންމާ ފުރަތަމަ ދުވުންތެރިޔާ އަށް ވުމާ މިދިޔަ އަހަރު ވަރަށް ގާތަށް ޖެހިލައިފަ އެވެ. އެ ފަހަރު އޭނާ ލަސްވީ 26 ސިކުންތެވެ. އެއީ ވޯލްޑް ރެކޯޑް ޓައިމިން އެއް ކަމަށްވީ ނަމަވެސް ޓެކްނިކަލް މައްސަލަތަކާ ހެދި ރެކޯޑެއް ކަމަށް ބަލައިގެންފައެއް ނުވެ އެވެ.
ބާލިން މެރަތަންއަށް ރާއްޖޭގެ ޝަމްހާ ކޮލިފައިވެއްޖެ
ބާލިން މެރެތަންގައި ކިޕްޖޯގޭ ރެކޯޑް މުގުރާލައިފި
ޝަމްހާ އާއި ރިޝްމީގެ ޓާގެޓް ވެސް ރެކޯޑަށް
ނަސްރު އާއި މޯޑު ދުނިޔޭގެ އެންމެ ބޮޑު މެރަތަންއަށް
އެމްއެންޔޫ މެރެތަންގެ ޕްލެޓިނަމް ޕާޓްނަރަކަށް ބީއެމްއެލް
އުރީދޫގެ ދޯހާ މެރަތަންގައި ބައިވެރިވާން ފުރުސަތު ދެނީ
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ޝަމްހާގެ ޓައިމިން ރެކޯޑެއް ކަމަށް ބަލައިނުގަތް!
ނިޔާވީ ދުވުމެއްގައި ބައިވެރިވާން އައިސް އުޅުނު ޒުވާނެއް
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް