ތުރުކީގެ އަންޓާލިޔާގައި ބޭއްވި ރަންޓާލިޔާ މެރަތަންގައި ވާދަކޮށް ރާއްޖޭގެ ޝަމްހާ އަހްމަދު ދެ ވަނަ ހޯދައިފި އެވެ.
08 އެޕްރީލް 2025
ތުރުކީގެ އަންޓާލިޔާގައި ބޭއްވި ރަންޓާލިޔާ މެރަތަންގައި ވާދަކޮށް ރާއްޖޭގެ ޝަމްހާ އަހްމަދު ދެ ވަނަ ހޯދައިފި އެވެ.
މިދިޔަ އާދިއްތަ ދުވަހު ބޭއްވި މެރަތަން އަކީ، މިހާރު ދިގު ދުވުމަށް ހާއްސަ ކުރީގެ ސްޕްރިންޓް ދުވުންތެރިޔާ މި އަހަރު ވާދަކުރި އެންމެ ބޮޑު މެރަތަން އެވެ.
އަންޓާލިޔާ މެރަތަންގެ އަންހެނުންގެ ބައިން ދެ ވަނަ ޝަމްހާ ހޯދީ 3 ގަޑިއިރާއި 11 މިނެޓް 53 ސިކުންތުން ރޭސް ނިންމައިގެންނެވެ.
އަންޓާލިޔާ މެރަތަންގައި ޝަމްހާ އާ ވަދަކޮށް އެއް ވަނަ ހޯދީ ރަޝިއާގެ ނަޓޭލިޔާ ކާރްމަން އެވެ. އޭނާ ރޭސް ނިންމީ 2 ގަޑިއިރާއި 59 މިނެޓް 57 ސިކުންތުންނެވެ. ތިންވަނަ ހޯދީ 3 ގަޑިއރާއި 14 މިނެޓާއި 6 ސިކުންތުން ރޭސް ނިންމި ޔޫލިއާ ފާނެސް އެވެ. އޭނާ އަކީ ރަޝިއާ ދަރިކޮޅު ކިރިގިސްތާނުގެ ދުވުންތެރިޔެކެވެ.
އަންޓާލިޔާ މެރަތަންގައި، ޝަމްހާގެ ކޯޗު ނަސްރުﷲ އަހްމަދު (ނަސްރު) ވެސް ވާދަ ކުރި އެވެ. ތަޖުރިބާކާރު މެރަތަން ދުވުންތެރިޔާ ވަނީ އާދިއްތަ ދުވަހު އޭނާގެ 99 ވަނަ މެރަތަން އެ ރޭހުގައި ފުރިހަމަކޮށްފަ އެވެ.
ޝަމްހާ އަކީ ރާއްޖޭގެ އަންހެން މެރެތަން ރެކޯޑް ހޯލްޑަރު ވެސް މެ އެވެ. އެ ރެކޯޑް ޝަމްހާ ހެދީ އޭނާ ދިރިއުޅެމުން އަންނަ ޖަރުމަނުގެ ބާލިން މެރަތަންގައި ސެޕްޓެމްބަރު 2022 ގަ އެވެ. އޭނާ ރެކޯޑް ހެދީ 3 ގަޑިއިރާއި 2 މިނެޓް 41 ސިކުންތުންނެވެ.
ޝަމްހާ އަކީ އެންމެ ކުރިން ސްޕްރިންޓް ދުުވުންތެރިއެކެވެ. އެކަމަކު ފަހުން ދިގު ދުވުންތަކަށް ހާއްސަވެ އޭނާ އަންނަނީ އެ އިވެންޓްތަކުން ވެސް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ.
ޝަމްހާގެ ޓައިމިން ރެކޯޑެއް ކަމަށް ބަލައިނުގަތް!
ބާލިން މެރަތަންއަށް ރާއްޖޭގެ ޝަމްހާ ކޮލިފައިވެއްޖެ
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް
ކުޅިވަރުގެ ރެކޯޑް ފޮތުން ޝަމްހާގެ ނަން ފޮހެވޭކަށް ނެތް
ޝަމްހާ، މަރީ، ޔޫސުފް، ފަވާޒް ޑާކާ މެރަތަން އަށް
މެރަތަންގެ ގައުމީ ރެކޯޑް ވެސް ޝަމްހާ މުގުރާލައިފި
އޮސްލޯ މެރަތަންގައި ޝަމްހާ އަށް އިތުރު ރެކޯޑްތަކެއް
ޝަމްހާ އާއި ރިޝްމީގެ ޓާގެޓް ވެސް ރެކޯޑަށް
ސްޕްރިންޓް ޓްރެކުން ފައިބައި ޝަމްހާ މެރަތަން އަށް
ނަސްރުގެ ކޯޗުކަމުގެ ދަށުން މެރަތަން ޓީމެއް ތުރުކީ އަށް