އެންމެ ގިނަ މެރަތަންގައި ދުވުމުގެ ރެކޯޑް އަންނަ ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު)ގެ ކޯޗުކަމުގައި މެރަތަން ޓީމެއް ތުރުކީގެ އަނަޓޯލިޔާގައި ބާއްވާ މެރަތަންގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެންމެ ގިނަ މެރަތަންގައި ދުވުމުގެ ރެކޯޑް އަންނަ ރާއްޖޭގެ ތަޖުރިބާކާރު ދުވުންތެރިޔާ ނަސްރުﷲ އަހްމަދު (ނަސްރު)ގެ ކޯޗުކަމުގައި މެރަތަން ޓީމެއް ތުރުކީގެ އަނަޓޯލިޔާގައި ބާއްވާ މެރަތަންގައި ވާދަކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ރަނަޓޯލިޔާގެ ނަމުގައި ބާއްވާ މެރަތަންގައި ނަސްރު ވެސް ދުވާނެ އެވެ. މީގެ ކުރިން ވެސް އަނަޓޯލިޔާ މެރަތަންގައި ވާދަކުރި ނަސްރުގެ މި ފަހަރުގެ މެރަތަން ވާނީ އޭނާ ވާދަކުރާ 79 ވަނަ މެރަތަން އަށެވެ. ދެކުނު އޭޝިއާގެ ދުވުންތެރިންގެ ތެރެއިން އެންމެ ގިނަ މެރަތަންގައި ވާދަކުރި ދުވުންތެރިންގެ ތެރޭގައި ވެސް ނަސްރު ހިމެނެ އެވެ.
މެރެތަންގައި އޭނާގެ އެންމެ ހާއްސަ އަހަރަކީ 2018 ވަނަ އަހަރެވެ. އެ އަހަރު އޭނާ ވަނީ 13 މެރެތަން ދުވެފަ އެވެ. އެ 13 މެރެތަން ވެސް އޭނާ ވަނީ ހަތަރު ގަޑިއިރަށް ވުރެ އަވަހަށް ނިންމައިފަ އެވެ. ނިމިދިޔަ 2021 ގައި ނަސްރު ވަނީ 12 މެރެތަން ފުރިހަމަކޮށްފަ އެވެ.
ރަނަޓޯލިޔާ މެރަތަންގައި ނަސްރުގެ ކޯޗުކަމުގެ ދަށުން ދުވާ އެތުލީޓުންނަކީ ޑިސެމްބަރު މަހު ބޭއްވި ގްރޯން ޕްރީގައި ބޮޑު ކުރިއެރުމެއް ހޯދި މުހައްމަދު އިރުފާން، އަހްމަދު ޒިޔާން، ރިޒާން ރަޝީދު، އަހްމަދު ޒިޔާން މުުހައްމަދު އަދި ޔޫސުފް އިބްރާހިމް އެވެ.
ނަސްރުގެ ކޯޗު ކަމުގެ ދަށުން ތުރުކީ އަށް މިއަދު ފުރި ދުވުންތެރިންގެ ޓީމު
ނަސްރު އާއި އިރުފާން ދުވާނީ ފުލް މެރަތަންގަ އެވެ. އަނެއް ހަތަރު ދުވުންތެރިން ވާދަކުރާނީ ހާފް މެރަތަންގަ އެވެ.
މީގެ ކުރިން ރަނަޓޯލިޔާ މަރަތަންގައި ވާދަކޮށް ނަސްރުގެ ކޯޗު ކަމުގެ ދަށުން ތަމްރީން ހަދަމުން އަންނަ މުހައްމަދު ރަޝީދު (މޯޑް) ވަނީ އެއްވަނަ ހޯދައިފަ އެވެ. މި ފަހަރު މެރަތަންގައި މޯޑް ނުދުވެ އެވެ.
"މި އެތުލީޓުންގެ މަސައްކަތާ މެދު ކޯޗެއްގެ ހައިސިއްޔަތުން އަހަރެން ހިތްހަމަޖެހޭ. މި އެތުލީޓުން މި އިވެންޓުން ގައުމީ ލެވަލްގެ ކާމިޔާބީއެއް ހޯދާނެ ކަމުގެ އުންމިދު އެބައޮތް،" ނަސްރު ބުންޏެވެ.
"އެ މީހުން ދުވާ އިވެންޓްތަކުން ރަނގަޅު ޓައިމިންއެއް އެޗީވް ކުރެވޭނެ."
ތުރުކީ އަންޓާލިޔާ މެރަތަންއިން ޝަމްހާ ދެ ވަނަ ހޯދައިފި
ދިގު ބްރޭކަށް ފަހު އެނބުރި އައި ޝިފާޒަށް ކުރިއެރުން
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބު ރައީސަށް
މެރަތަން ރަނާސްގެ ދުވުންތެރިންގެ ކާމިޔާބު ފާހަގަކޮށްފި
ނަސްރުގެ 95 ވަނަ މެރަތަންގެ މެޑަލް ނައިބުރައީސަށް
ނަސްރުގެ މެރަތަން 100 އާގާތަށް، 95 ތުރުކީގައި
ނަސްރު 90ވަނަ މެރަތަންގެ މެޑަލް މިލްޓަރީ ކޮމާންޑަރަށް
ނަސްރުގެ މެރަތަންގެ އަދަދު 90 އަށް
ނަސްރުގެ ހާއްސަ މެރަތަން ތުރުކީގައި ފުރިހަމަކޮށްފި
ހަތް އަހަރަށް ފަހު ޝަމްހާ ގައުމީ ޓީމުގެ އިވެންޓަކަށް